ޢާންމު މަޢުލޫމާތު
ނަންބަރު: 480/IUL/2023/16
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 29 މާރިޗު 2023 15:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ދާއިމީ ސަބްކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

 ޤާނޫނު ނަންބަރު: 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގައި ބަޔާންކުރާ އަންނަނިވި ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަޤާމުތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ.

 

މަޤާމް:

ދާއިމީ ސަބް ކޮމިޓީގެ މެންބަރު

މެންބަރުން ބޭނުންވާ ކޮމިޓީ(ތައް) އަދި ބޭނުންވާ ޢަދަދު:

 

  • އިސްތިއުނާފު ކޮމިޓީ (ބޭނުންވާ ޢަދަދު: 1)
  • އެތިކްސް ކޮމިޓީ (ބޭނުންވާ ޢަދަދު: 4)
  • ލައިސެންސިންގ ކޮމިޓީ (ބޭނުންވާ ޢަދަދު 3)
  • ޤާނޫނީ ތަޢުލީމު ކޮމިޓީ (ބޭނުންވާ ޢަދަދު: 2)
  • ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީ (ބޭނުންވާ ޢަދަދު: 2)

އަސާސީ ޝަރުތުތައް:

 

  • ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކު ކަމުގައިވުން؛
  • ޤާނޫނީ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ އަދި
  • ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާޙަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

އިސްތިއުނާފު ކޮމިޓީގެ މަސްއޫލިއްޔަތުތައް:

  • ބާ ކައުންސިލުން ޤާނޫނީ ވަކީލަކާމެދު އަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހިގެން، އެ ނިންމުން އިސްތިއުނާފު ކޮށްފި ނަމަ، އެ މައްސަލަ ބަލައި، ގޮތެއް ނިންމުން؛
  • އިސްތިއުނާފު ކުރެވޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ އުސޫލުތައް އެކުލަވައިލުމާއި، އެ އުސޫލަށް އިޞްލާޙު ގެންނަން ޖެހޭކަމަށް ފާހަގަވާނަމަ، އެކަމާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  • އިސްތިއުނާފު ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

އެތިކްސް ކޮމިޓީގެ މަސްއޫލިއްޔަތުތައް:

 

  • ޤާނޫނީ ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ސުލޫކީ މިންގަނޑު ބަޔާންކުރާ ގަވާއިދުތަކާއި އުސޫލުތަކާއި ސިޔާސަތުތައް އެކަށައެޅުމަށްޓަކައި އެކަމުގެ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  • ޤާނޫނީ ވަކީލުންގެ ޚިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތައް ހަރުދަނާ ކުރުމާ ގުޅޭގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުން؛
  • ޤާނޫނީ ވަކީލުންގެ ޚިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ މައްސަލަތައް ބަލައި، އެ ފަރާތްތަކާމެދު އަޅަންވީ ފިޔަވަޅުތަކާގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  • އެތިކްސް ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

ލައިސެންސިންގ ކޮމިޓީ ގެ މަސްއޫލިއްޔަތުތައް:

  • ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދެވޭނެ އުސޫލުތައް ބަޔާންކުރާ ގަވާއިދުގައިވާ ގޮތުގެ މަތިން ހުއްދަ ދިނުމާއި، ހުއްދަ ހިފެހެއްޓުމާއި، ހުއްދަ ބާޠިލުކުރުމާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  • ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދެވޭނެ އުސޫލުތައް ބަޔާންކުރާ ގަވާއިދަށް ގެންނަންޖެހޭ އިޞްލާޙުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  • ޤާނޫނީ ވަކީލުކަމުގެ ހުއްދައާ ގުޅޭ ފަންނީ މިންގަނޑުތައް އެކަށައެޅުމާއި، އެ މިންގަނޑުތައް މުރާޖަޢާކޮށް ގެންނަންޖެހޭ އިޞްލާޙުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  • ޤާނޫނީ ޚިދުމަތަކީ، ހަމައެކަނި ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ފަރާތަކުން ފޯރުކޮށްދޭ ޚިދުމަތެއްކަން ކަށަވަރުކުރެވޭނެ އިންތިޒާމުތައް ހަރުދަނާ ކުރުމާ ގުޅޭގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުން؛
  • ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރާ ފަރާތްތައް، ތަފާތު ދަރަޖަތަކުގެ ކޯޓުތަކަށް ހާޒިރުވެ ވަކާލާތު ކުރުމުގެ ބޭނުމަށްޓަކައި، ޤާނޫނީ ވަކީލުންގެ ދަރަޖަތަކުގެ ފެންވަރާއި ޝަރުޠުތައް ކަނޑައެޅުމުގައި ބަލަންވީ މިންގަނޑުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  • ލައިސެންސިންގ ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

ޤާނޫނީ ތަޢުލީމު ކޮމިޓީގެ މަސްއޫލިއްޔަތުތައް:

 

  • ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކުރިޔަށް ގެންދާ ޤާނޫނީ ތަޢުލީމު ކުރިއެރުވުމުގެ ގޮތުންނާއި، އެ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  • ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޤާނޫނު ކިޔަވައިދޭ ކޯސްތަކުގެ މުޤައްރަރާއި، ކޯހުގެ މުއްދަތާއި، އެ ކޯސްތަކުގައި ބައިވެރިވުމުގެ
    ޝަރުޠުތަކާ ބެހޭގޮތުން ހަދަންޖެހޭ ގަވާއިދު އެކުލަވައިލުމަށްޓަކައި، އެކަމާގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  • ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޤާނޫނު ކިޔަވައިދޭ ކޯސްތަކުގެ ކިޔަވައިދިނުން ބަލައި، އިޞްލާޙު ގެންނަންޖެހޭ ކަންކަމާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  • ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޤާނޫނު ކިޔަވައިދޭ ކޯސްތަކާއި ޕްރޮގްރާމްތަކުގެ އިމްތިޙާނުތަކުގެ އެސެސްމަންޓް ހަދައި، އިމްތިޙާނުތަކުގެ ފެންވަރު ހަރުދަނާ ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  • ބާ ކައުންސިލުން ޤަބޫލުކުރާނެ މަތީ ތަޢުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުމާގުޅޭ ގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާ ދިނުން؛
  • ބާ ކައުންސިލުން ޤަބޫލުކުރާނެ ލޯ ޕްރޮގްރާމްތަކާއި ގުޅޭގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާ ދިނުން؛
  • ޤާނޫނީ ތަޢުލީމު ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީގެ މަސްއޫލިއްޔަތުތައް

 

  • ޤާނޫނީ ޚިދުމަތާ ގުޅުންހުރި އެކިއެކި ކަންތައްތަކުގައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެގޮތުން ކުރެވޭ ދިރާސާތަކުގެ ރިޕޯޓު، އެގްޒެކެޓިވް ކޮމިޓީއާ ހިއްސާކުރުން؛
  • އާންމު މަޞްލަޙަތާ ގުޅުންހުރި ޤާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި، ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނާއި ގަވާއިދުތައް ބަލައި ދިރާސާކުރުމަށްފަހު، އެފަދަ ކަންކަމާ ގުޅިގެން، ބާ ކައުންސިލުގެ ރަޢުޔާއި މަޢުލޫމާތު ހާމަކުރުމާ ގުޅޭގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުން؛
  • ޤާނޫނާއި ގަވާއިދުތައް އެކުލަވައިލުމާއި އިޞްލާޙުކުރުމުގައި ދައުލަތުގެ އިދާރާތަކުން، ބާ ކައުންސިލުގެ ލަފާ ބޭނުންވެއްޖެ ހިނދެއްގައި، އެކަމަށް އެއްބާރުލުން ދިނުމަށްޓަކައި، ބާ ކައުންސިލުން ދޭންޖެހޭ ލަފާ ތައްޔާރުކޮށް، އެގްޒެކެޓިވް ކޮމިޓީއާ ހިއްސާކުރުން؛
  • ޝަރުޢީ ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ކުރިއަށްދާ މައްސަލައަކީ، އާންމު މަޞްލަޙަތު ހިމެނޭ ނުވަތަ މުޖުތަމަޢުގެ ބޮޑު ބައެއްގެ މަޞްލަޙަތާގުޅޭ ޤާނޫނީގޮތުންނާއި ދުސްތޫރީގޮތުން މުހިންމު ނިންމުމެއް ނިންމުމުގެ  އިހްތިމާލު އޮތް މައްސަލައެއް ނަމަ، އެ މައްސަލައަށް ތަދައްޚުލުވުމާ ގުޅޭގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުން؛
  • ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި  އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

 

ކޮމިޓީގެ މެންބަރުކަމަށް އެދި ސިޓީއަކުން ހުށަހަޅުއްވާނަމަ އަންނަނިވި ލިޔެކިޔުންތައް ބާ ކައުންސިލުގެ[email protected] އަށް 29 މާރިޗު 2023 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލް ކުރެއްވުން އެދެމެވެ.

 އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.

  1. ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަހަޅާ ސިޓީ (ކުރިމަތިލާ ކޮމިޓީ ވަކިން އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ)؛
  1. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު؛
  2. ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ؛ އަދި
  3. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ.

ކޮމިޓީގެ މެންބަރުކަމަށް އެދި އޮންލައިންކޮށް ހުށައެޅުއްވުމަށް ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް ފުރުއްވައި، މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރާއި، ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ، އަޕްލޯޑް ކުރެއްވުން އެދެމެވެ.

ގޫގްލް ފޯމް އެޕްލިކޭޝަން: Application Form

ސުންގަޑި

މި އިޢުލާނުގައިވާ މަޤާމުތަކަށް އެކަށީގެންވާ ޤާބިލު މީހުން ލިބުމާއި ހަމައަށް އިޢުލާނުގައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނެއެވެ.

16 މާރިޗު 2023