ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)364-CAS/364/2023/23
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 10:49
ސުންގަޑި: 21 މާރިޗު 2023 12:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކެހުމަށް ވޭޖު އުޞޫލުން މުވައްޒަފުން ނެގުން

އިޢުލާނު

= ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކެހުމަށް ވޭޖު އުޞޫލުން މުވައްޒަފުން ނެގުން:

މަޤާމް:

ކޮމިއުނިޓީ ކައުންސިލް އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

6 (ހައެއް)

މަޤާމުގެ ގިންތި

ވަގުތީ (ވޭޖް)

މަޤާމުގެ މުއްދަތު

1 (އެކެއް) އަހަރު.

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ

މަސައްކަތް ކުރަން ހަމަޖެހިފައިވާ ދުވަހާއި، ވަގުތާއި އަދި އުޖޫރަ:

ހ- މަސައްކަތް ކުރަންހަމަޖެހިފައިވަނީ އާއްމުގޮތެއްގައި ކޮންމެހަފްތާއެއްގެ 5 ދުވަހު ދުވާލަކު 3 ގަޑިއިރު ކައުންސިލުން ކަނޑައަޅާ ސްޕަވައިޒަރ ( އތމ ކޮމެޓީން )  ކަނޑައަޅާ ސަރަޙައްދުތަކެވެ.

ށ- ޚާއްޞަ ހާލަތްތަކުގައި ކައުންސިލުން ކަނޑައަޅާ ސަރަހައްދެއް ސާފުކުރަންޖެހިއްޖެނަމަ މިހާލަތުގައިކުރާ މަސައްކަތައްވެސް އުޖޫރަ ހަމަޖައްސާނީ އާއްމުކޮށް ދުވަހު އުޖޫރަ ދިނުމަށް މި އުސޫލުގެ (ބ) ގައި ބަޔާން ކުރެވިފައިވާ ގޮތަށެވެ.

ނ- އިޖްތިމާއީ ސަރަހައްދުތަކުގައި ހުރި ގަސްގަހާގެހިން ކޮށާލަން ޖެހޭ ބައިތައް ކޮށާ އުކާލުމުގެ މަސައްކަތްވެސް ކުރަންވާނީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު ތަކުގައެވެ.

ރ- މިކައުންސިލުގެ ފަރާތުން ރަށުގެ އެކިސަރަހައްދުގައި ޑަސްބިން ބަހައްޓައިފި ނަމަ އެޑަސްބިންތަކުގައި ހުންނަ ކުނިތައް އުކާލުމާއި އެޑަސްބިންތައް ބަލަހައްޓަންވާނެއެވެ.

ބ- އުޖޫރަ ދިނުމަށް ކަނޑައަޅާފައިވާ ގޮތް:

#

މަޤާމު

ދުވަހުއުޖޫރަ

01

މަސައްކަތައް ނިކުންނަ ކޮންމެ ދުވަހަކަށް

-/90 ރ

 

 

ޅ- މި މަސައްކަތަށް މީހުން ނަގަނީ ވޭޖު އުސޫލުން ކަމަށްވާތީ އުޖޫރަ ދެވޭނީ މަސައްކަތު ނުކުންނަ ދުވަހަކަށް-/90 ރ އެވެ. އަދި ޗުއްޓީގެ އެންމެހައި ކަންކަން ހަމަޖެހިފައިވާނި ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތަށެވެ.

ނ- މި މަސައްކަތްކުރުމަށް ނެގޭ ކޮމިޔުނިޓީ ކައުންސިލް އެސިސްޓެންޓުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ އިނާޔަތް ދޭވޭނެ އެވެ.

ކޮމިއުނިޓީ ކައުންސިލުގެ އެސިސްޓެންޓުގެ މައިގަޑު މަސްއޫލިއްޔަތު:

ހ- ސުޕަވައިޒަރު ( އތމ ކޮމެޓީން ) އަންގާ ގަޑިއަކަށް، ސަރަހައްދަށް ނުކުމެ ކުނިކެހުމުގެ މަސައްކަތް އަމަލީގޮތުން ކުރުން.

ށ- ކައުންސިލުގެ ބެލެހެއްޓުމުގެ ދަށުގައިވާ އިޖުތިމާޢީ ސަރަހައްދުގައި ހުރި ގަސްގަހާގެހިން ހިނގާބިނގާވާ މީހުނަށް ދަތިވާގޮތައް ހުންނަ ގަސްގަހާގެހީގެ ގޮފިތައް، ފަންތައް ސުޕަވައިޒަރު ( އތމ ކޮމެޓީން ) އަންގާ ގޮތަކަށް ކޮށާ އުކާލުން.

ނ- އެކި މުނާސަބަތާއި، ޚާއްސަ ހާލަތްތަކުގައި އިޖުތިމާއީސަރައްދު ކުނިކަހާ ސާފުކޮށްލަން ކައުންސިލް އިދާރާއިން ބޭނުންވެއްޖެ ހާލަތެއްގައި އެ މަސައްކަތައް ނުކުމެ ސުޕަވައިޒަރު އަންގާގޮތެއްގެ މަތިން އެމަސައްކަތް ކުރުން.

މީހުން ހޮވުމުގައި ޢަމަލުކުރާނެ ގޮތް:

ހ- އުމުރުން 15 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކަށްވުން.( 18 އަހަރުންދަށުގެ ކުއްޖަކުނަމަ ބެލެނިވެރިޔާ އިޢުތިރާޒު ނުކުރާކަމުގެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.)

ށ- ޖިސްމާނީގޮތުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި މީހަކު ކަމުގައިވުން.

ނ- މަގާމުގެ އަސާސީ ސަރުތު:

  • ދިވެހި ބަހުން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގުން
  • ދިވެހިބަހުން ލިޔަން އެނގުން.

ރ- މަގާމަށް އެދި ހުށަހަޅަން ޖެހޭތަކެތި:

  • އައިޑީ ކާޑު ކޮޕީ
  • ވަޒީފާއަށް އެދޭ ފޯމް
  • މިގޭ ކުރިން މިބާވަތުގެ މަސައްކަތެއްގައި މިއިދާރާގައި މަސައްކަތްކޮށްފައި ނުވާނަމަ ތަޖުރިބާގެ ލިޔުން.

ކ- ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

                                                                ބެލެވޭނެ ބައިތައް

ޕޮއިންޓް

އަސާސީ ޝަރުޠު ހަމަވުން

40

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

20

އިންޓަވިއު

40

ޖުމްލަ ސްކޯ:

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަސައްކަތަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 މާރިޗް 21 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 މާރިޗް 25 އިން 28 މާރިޗް 2023 އާ ދެމެދު، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6720601 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

މި މަޤާމުތަކުގެ މަސްއޫލިއްޔަތު ތަކާއިގުޅޭ އުޞޫލު މިއިދާރާގެ ވެބްސައިޓު http://www.mulah.gov.mv/gavaadhu-view/52 ގައި ޢާއްމުކުރެވިފައިވާނެ އެވެ.

އަދި މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މުލަކު ކައުންސިލު އިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުން (http://www.mulah.gov.mv/Uploads/Downloads/1663584527.pdf) ޑައުންލޯޑު ކުރެއްވޭނެއެވެ.

16 މާރިޗު 2023