މަސައްކަތް
ނަންބަރު: (IUL)380/2023/12
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 26 މާރިޗު 2023 13:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢްލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

      ދ.މާއެނބޫދޫ ކައުންސިލުން ދެއްވާ މަޢުލޫމާތާ އެއްގޮތަށް ދ.މާއެނބޫދޫ މަސްޖިދުލް ޛިކުރާ މިސްކިތުގައި ކުރަންބޭނުންވާ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮއްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

 އިތުރު މަޢުލޫމާތު

  • އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 2023 މާރިޗު 26 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލްގެ އިދާރާގައެވެ.
  • އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފޯމާއި، މަޢުލޫމާތުޝީޓް މިއަދުންފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް މިއިދާރާއިން ލިބެން ހުންނާނެއެވެ.
  • އަންދާސީ ހިސާބު ހުށަހަޅާއިރު ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
  • މަސައްކަތް ހަވާލްކުރެވޭނީ ކައުންސިލްއިދާރާގެ އިވެލުއޭޝަން ކޮމެޓީން ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެގިނަ މާކްސްލިބޭ ފަރާތަކަށެވެ.
  • ލިބޭމާކްސް އެއްވަރުވެއްޖެނަމަ މާކްސް އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުލައި ލިބުނު ފަރާތަކަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ.

 

  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތުގެ އަގަށް

% 80

މުއްދަތަށް

% 10

މަސައްކަތުގެ ތަޖުރިބާއަށް (ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މިފަދަ މަސައްކަތްތައްކޮށް ތަޖުރިބާގެ ގޮތުގައި ހުށަހަޅާ ކޮންމެ ލިޔުމަކަށް 2 މާކުސް ގިނެވެގެން ދެވޭނީ 5 ލިޔުމަށް 10 މާކުސްއެވެ.)

% 10

އިތުރުމަޢުލޫމާތު، މަޢްލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

15 މާރިޗު 2023