ދިވެހިރާއްޖެ
އިންނަމާދޫ ސްކޫލް
ރ.އިންނަމާދޫ، ދިވެހިރާއްޖެ ނަމްބަރ: GS123/RENO/IUL/2023/01
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިސްކޫލުގެ މިދަންނަވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. އެގޮތުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
- ސްކޫލުން ދޭ ކުރެހުމަކާއި އެއްގޮތަށް ސްޓާފް ފާޚާނާއެއް އެޅުން
މިމަސައްކަތް ތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު ތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 16 މާރިޗް 2023 އިން 21 މާރިޗް 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރު 12:00 އަށް މިސްކޫލުގެ އިދާރާގައި ނަންނޯޓު ކުރެއްވުން އެދެމެވެ.
- މި މަސައްކަތްތަކާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2023 މާރިޗް 22 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ. މިއީ ބަންދު ދުވަހެއްނަމަ، މަޢުލޫމާތު ދިނުން އޮންނާނީ 2023 މާރިޗް 26 ވާ އާދީއްތަ ދުވަހުގެ ހެނދުން 10:00 ގައެވެ.
- މި މަސައްކަތްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، 2023 މާރިޗް 26 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 2023 މާރިޗް 28 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މިސްކޫލުގެ އިދާރާގައެވެ.
- މި މަސައްކަތްތަކާއި ގުޅޭ ބީލަންފޮތް މަޢުލޫމާތު ދިނުމުގެ ސެޝަނަށްފަހު ސްކޫލުން ދޫކުރާނެއެވެ.
- ނަންނޯޓު ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
އިދާރީ އޮފީސް
އިންނަމާދޫ ސްކޫލް / ރ. އިންނަމާދޫ
ފޯނު ނަމްބަރ: 6580359/7835011
އީމެއިލް އެޑްރެސް: [email protected]
މިހެންވެ މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.
23 ޝަޢުބާން 1444
15 މާރިޗް 2023