ދިވެހިރާއްޖެ
ރަށުގެ ނަން ޖަހާދޭނެ ފަރާތެއް ހޯދުމަށް
މިކައުންސިލުން ދައްކާ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ރަށުގެ ނަން ހަދާދޭނެ ފަރާތެއް ހޯދުމަށް 30 ޖަނަވަރީ 2023 ގައި ކުރެވުނު ނަންބަރު:(IUL)300-EC/300/2023/5 ޢިއުލާންއަށް ހުށަހަޅާފައިވާ އަގުބޮޑުވުމުން ޢިއުލާން ބާތިލުކޮށް އަލުން އެމަސައްކަތްކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2023 މާރޗު 26 ވާ އާދިއްތަ ދުވަހުގެ 13:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2023 މާރޗު 30 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ 18/2014 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ އެއްވެސް ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލާގަނެވެންނެތް ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
1444 H 23
15 މާރޗު 2023