ދިވެހިރާއްޖެ
މި ސްކޫލްގެ ބީ ބްލޮކް އަދި ސީ ބްލޮކަށް ފަންކާ އިތުރުކުރުމަށް ބޭނުންވެއެވެ.
ވީމާ ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝަޥްޤުވެރިވާ ފަރާތްތަކުން މި އިޢުލާނާ އެކު މިވާ ފޯމުން ރެޖިސްޓަރ ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ރެޖިސްޓަރ ކުރައްވާ ފަރާތްތަކަށް މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޯށްދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ރެޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ.
މި މަސައްކަތަށް ކުރިމަތި ލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ރެޖިސްޓްރީ ކުރުމުގެ ސުންގަޑި: 2023 މާރިޗު 16 ވާ ބުރާސްފަތި ދުވަހުގެ 14:00
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި: 2023 މާރިޗު 20 ވާ ހޯމަ ދުވަހުގެ 11:00
ހުށަހަޅުއްވާ އަންދާސީ ހިސާބާއެކު ، ވިޔަފާރި ރެޖިސްޓްރީގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވަނީ ވިޔަފާރީގެ ވެރި ފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއް ނަމަ ވިޔަފާރީގެ ވެރިފަރާތުގެ ލިޔުމެއްގެންނަންވާނެއެވެ. މި ލިޔުމާއި އެކު ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަން ވާނެއެވެ.
ރަޖިސްޓްރޭޝަން ފޯމްގެ ލިންކް: