ޢާންމު މަޢުލޫމާތު
ނަންބަރު: S2C-A/2023/45
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 30 މާރިޗު 2023 13:00
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ޝަރުޢީ މައުޒޫނުން ހޯދުމަށް ކުރެވޭ އިޢުލާން

 

                                          ނަންބަރު: S2c-A/2023/45 

 

 

ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ފުރުޞަތު

 

    ކޮންޓްރެކްޓް އުޞޫލުން ކައިވެނި ޢަޤުދުކޮށްދޭނެ ޝަރުޢީ މަޢުޛޫނުން ބޭނުންވެއެވެ.            

ބޭނުންވާ ޢަދަދު:

03

ކޯޓު

އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓް

އެލަވަންސް:

-/250ރުފިޔާ (އަޤުދުކޮށްދޭ ކޮންމެ ކައިވެންޏަކަށް)

މަޤާމުގެ ޝަރުތު:

ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

- ޝަރުޢީ މައުޛޫނުކަމަށްއެދި ހުށަހަޅާ ސިޓީ

- ވަނަވަރު

- އައިޑީކާޑުގެ ކޮޕީ

- ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ

ކައިވެނިކޮށްދޭންޖެހޭ ގަޑި:

-  ރަސްމީ އަދި ނުރަސްމީ ގަޑީގައި ކޯޓުން ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ޙަވާލުކުރެވޭނެއެވެ.

ސުންގަޑި:

    30 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން.

އިތުރު މަޢުލޫމާތު:

 

  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރަކީ:   6880008
  •  މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ލިޔުންތައް ބަލައިގަނެވޭނީ އެއް ޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (PDF) ފޯމެޓުގައި ފޮނުވާ ލިޔުންތައް ކަމުގައި ދެންނެވީމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ލިޔުންތައް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

 

23  ޝައުބާން  1444

15   މާރިޗް   2022

15 މާރިޗު 2023