ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)369-AS/369/2023/17
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 28 މާރިޗު 2023 13:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓްގެ މަގާމަށް މުވައްޒަފެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާނު

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

J-335879

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޯޕަރޭޓް އެފެއާޒް / މ.މަޑުއްވަރީ ކައުންސިލްގެ އިދާރާ

މުސާރަ:

-/3100 ( ތިންހާސް އެއްސަތޭކަ ރުފިޔާ ) ( މަހަކު )

ސަރވިސް އެލަވަންސް:

-/1000 ( އެއްހާސް ރުފިޔާ ) ( މަހަކު )

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސް މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ސަޕޯޓިން ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/1200 ( ބާރަ ސަތޭކަ ރުފިޔާ ) ( މަހަކު )

މިނިމަމް ވޭޖް -/1917 ( ނަވާރަ ސަތޭކަ ސަތާރަ ރުފިޔާ ) ( މަހަކު )

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަސްމީ ކޮންމެ ދުވަހަކު ކައުންސިލް އިދާރާގެ ހުރިހާ ކޮޓަރިއެއް ކުނިކަހާ ސާފުކުރުން
  2. ހަފުތާއަކު 2 ދުވަހު އޮފީހުގެ ހުރިހާ ގޮނޑިތަކާއި މޭޒު ، ކަބަޑު ، ފައިލް ކެބިން ، ފައިލް ބަހައްޓާ ހަރުގަނޑުތަކާއި ، ފެކްސް މެޝިނާއި ، ފޮޓޯ ކޮޕީ މެޝިން ބަހައްޓާފައި ހުރި މޭޒު ހިރަފުސް ފިލާވަރަށް ރަނގަޅަށް ސާފުކުރުމާއި ، ދެ ދުވަހުން އެއް ދުވަހު ކައުންސިލް އިދާރާގެ ހުރިހާ ކުޑަދޮރުފަތްތަކާއި ، ބޮޑު ދޮރުފަތްތަކުގެ ބިއްލޫރިތައް ހިރަފުސް ފިލުވައި ރަނގަޅަށް ސާފުކުރުމާއި ، އަދި ބިއްލޫރި ސާފުކުރުމުގައި ވިންޑޯރ ކްލީނަރ ބޭނުންކުރުމާއި ކޮންމެ ހަފުތާއަކު ދެ ދުވަހު އޮފީހުގެ ހުރި ކޮޓަރިތަކުގެ ތަޅުމުގެ މުށިތައް ސާފުކޮށް ހިރަފުސް ފިލާވަރަށް ރަނގަޅަށް މޮޕްލައި ސާފުކުރަންވާނެއެވެ. މޮޕް ކުރަންވާނީ ޓައިލްސް ކްލީނަރ އަޅައިގެންނެވެ.
  3. ކައުންސިލް އިދާރާގެ ހުރިހާ ފަންކާތަކެއްވެސް މަހަކު އެއްފަހަރު ހިރަފުސް ފިލާވަރަށް ފޮހެ ސާފުކުރުމާއި ، ފަންކާތަކުގައި ފެންފޮތިލުމާއި ، ކައުންސިލް އިދާރާގެ އިމާރާތުގައި ހުންނަ ގުދަންތައް ރަނގަޅަށް ސާފުކޮށް ގުދަނުގައި ބަހައްޓާ ތަކެތި ތަރުތީބު އޮޅުނަ ނުދީ ރަނގަޅަށް ބެލެހެއްޓުން
  4. ކޮންމެ 6 ( ހައެއް ) މަހުން އެއް މަހު ކައުންސިލް އިދާރާގެ ހުރިހާ ފޮތްތަކާއި ފައިލްތައް ހިރަފުސް ފިލާވަރަށް ފޮހެ ސާފުކުރުމާއި ، ހަރުގަނޑުތަކުގެ އެތެރެވެސް ހިރަފުސް ފިލާވަރަށް ރަނގަޅަށް ފޮހެ ސާފުކުރުމާއި ކޮމްޕިއުޓަރތަކާއި ފެކްސް މެޝިނާއި ފޮޓޯކޮޕީ މެޝިން ފިހި ބޭނުންކޮށްގެން ވަރަށް ބޮޑަށް ފަރުވާ ބަހައްޓައިގެން ހިރަފުސް ފިލާވަރަށް ރަނގަޅަށް ސާފުކުރަންވާނެއެވެ. މިކަން ކުރާނީ އެކަމާއި ބެހޭ މުވައްޒަފުގެ ބެލުމުގެ ދަށުންނެވެ.
  5. ކޮންމެ ހަފުތާއަކު އެއް ދުވަހު ކައުންސިލް އިދާރާގެ ހުރިހާ ކޮޓަރިތަކެއްގެ ސީލިންގާއި ފާރުތަކުން މަކުނުވާ ، ހިރަފުސް ފިލާވަރަށް ފޮހެ ސާފުކުރުމާއި ، ކައުންސިލް އިދާރާގެ ފާޚާނާގެ ތަޅުން މުއްޓާއި ބިތު މުށިތަކާއި ، ފާޚާނާތަށި ކޮންމެ ހަފުތާއަކު އެއް ދުވަހު ދޮވެ ސާފުކުރަންވާނީ ޓައިލްސް ކްލީނަރ ބޭނުންކޮށްގެންނެވެ. އަދި ކައުންސިލް އިދާރާގެ ގޯތިތެރެ ވިނަ ނޮޅާ ކުނިކަހާ ސާފުކުރުމާއި ، އެ ކުނިތައް އަޅަން ހަމަޖައްސާފައިވާ ކުނިގޮނޑަށް އުކާލުމާއި ، ކަރުދާސް އަޅާ ޑަސްބިނުގައި ހުންނަ ކަރުދާސްތައް ރައްކާތެރިކަމާއި އެކު އެންދުން
  6. އެކި ފަރާތްތަކަށް ކައުންސިލް އިދާރާގެ ފަރާތުން ހަވާލުކުރަންޖެހޭ ސިޓީ ފަދަ ތަކެތި އެ ފަރާތްތަކަށް ރައްދުކުރުމާއި ، އެ ފަދަ ކަމަކަށް ކައުންސިލަށް ގެންނަންޖެހޭ މީހުންނަށް އަންގަންގޮސް އެންގުމާއި ، ކައުންސިލް އިދާރާގެ ފަރާތުން ޖަލްސާތަކަށާއި ބައްދަލުވުންތަކަށް މީހުންނަށް ކިޔުމަށް ދިޔުމާއި އެ ފަރާތްތަކަށް އަންގައި ސޮއިކުރުވުމާއި ، ޖަލްސާތަކަށް ހޯލް ތައްޔާރުކުރުމުގައި ސްޕަވައިޒަރު އަންގާ ގޮތެއްގެ މަތީން މަސައްކަތް ކުރުން
  7. ކައުންސިލްގެ އިދާރާ އާއި ދުރުގައި ހުރި ކައުންސިލް އިދާރާގެ ގުދަން ސާފުކޮށް ބެލެހެއްޓުމާއި ، ގުދަނުގައި ހުންނަ އެންމެހާ ތަކެތި ތަރުތީބުކޮށް ރައްކާތެރިކަމާއި އެކު ބެލެހެއްޓުމާއި ގުދަނުގައި ހުންނަ ތަކެތި ދޫކުރުމާއި ދޫކުރިތަކެތި ބަލައިގަތުމުގައި ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވެ ދިނުމާއި ، ދޫކުރި ތަކެތި ސްޓޮކް ބަލަހައްޓާ މުވައްޒަފަށް ވަގުތުން އެންގުމާއި ކައުންސިލް އިދާރާއިން ބެލުމުގެ ދަށުގައި ހުރި އެންމެހާ އިމާރާތްތައް ސާފުކޮށް ބެލެހެއްޓުމާއި ކައުންސިލުން އަދި ސްޕަވައިޒަރު އަންގާ ގޮތެއްގެ މަތީން ކުރަންޖެހޭ މަރާމާތުތައް ކުރުން
  8. ކައުންސިލްގެ އިދާރާއިން ބަލަހައްޓަމުން ގެންދާ އާންމު ފެންތާނގީތައް ސާފުކޮށް ބެލެހެއްޓުމާއި ، ފެންތާނގީތަކަށް ވިއްސާރަ ދުވަސް ދުވަހު ފެން އެޅުމަށް ވޭލު ދޫކޮށް ސާފުކުރުމާއި ، ފެން އަޅާ ނިމުމުން ވޭލް ބަންދުކުރުން އަދި ތާނގީތަކަށް އެޅެނީ ބޯންކަމުދާ ސާފު ފެންތޯ ބަލާ ކަށަވަރުކުރުމާއި ފެންތާނގީތަކަށް ފެން ނެގުމަށް ހިޔާކޮށްފައިވާ ފުރާޅާއި ދިޔަ ދޮވި ވާރޭވެހޭ ދުވަސްތަކުގައި ސާފުކޮށް ބެލެހެއްޓުމާއި ، ހަންތަކުގެ މަތިތައް 6 މަހުން އެއް ފަހަރު ވަރަށް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން
  9. ދައުލަތުގެ އޮފީސްތަކުން ކައުންސިލްގެ އިދާރާއަށް ފޮނުވާ ތަކެއްޗާއި ، އަދި އެކި ރަށްރަށުންނާއި މާލެއިން ކައުންސިލްގެ އިދާރާއަށް ގެންނަ ތަކެތި ، ބަނދަރުން ކައުންސިލްގެ އިދާރާއަށް ނުވަތަ ގުދަނަށް ގެނައުމާއި ކައުންސިލް އިދާރާގެ ބޭނުންތަކަށް ރަށަށް އަންނަ ވަފުދުތައް ގެންނަ ލަގެޖް އެބައިކަލުން ތިއްބަވަން ހަމަޖައްސާފައިވާ ކޮޓަރިތަކަށް ގެންދިޔުމާއި އެ ތަކެތި ފުރާ ގަޑިއަށް ބަނދަރަށް  ގެންދިޔުމާއި އެތަކެތި އަރުވަން ކައުންސިލް އިދާރާގެ ފަރާތުން ރަށުން ބޭރަށް ( އަތޮޅު ކައުންސިލަށް ، މާލެއަށް ، އެހެން ރަށަކަށް ) ފޮނުވަންޖެހޭ ތަކެތި ކައުންސިލް އިދާރާގެ ބަރޯގައި ބަނދަރަށް ގެންދިޔުމާއި އެތަކެތި އަރުވަންޖެހޭ އުޅަނދަކަށް އެރުވިކަން ކަށަވަރުކޮށް މަސައްކަތް ހަވާލުކުރި މުވައްޒަފަށް އެކަން ނިމުނުކަން އެންގުން

10. ކައުންސިލް އިދާރާގެ ފަރާތުން ބަލަހައްޓާ ދަބަރުޖަހާ ފަދަ އެންމެހާ ތަކެތި ދަބަރު ވިޔަ ނުދީ ފޮހެ ސާފުކޮށް ތެޔޮ ލާއި ބެލެހެއްޓުމާއި އިޖުތިމާޢީ މަސައްކަތްތައް ރަށުގައި ކުރާ ދުވަސްތަކުގައި އެ މަސައްކަތްކުރުމަށް ބޭނުންވެގެން ހޯދަންޖެހޭ ކައުންސިލް އިދާރާގައި ނެތް ހުރިހާ ތަކެތި ހޯދުމުން އެތަކެތި ސައިޓަށް ގެނައުމާއި ، ގެނަ ތަކެތި މަސައްކަތް ނިމުމުން ރަނގަޅަށް ސާފުކޮށް ތެޔޮ ލާންޖެހޭ އެއްޗެއް އޮތް ނަމަ ، ތެޔޮލުމަށްފަހު މީހުން އަތުން ގެނަ ހުރިހާ ތަކެތި ހަމަ ވަގުތުން އެ ފަރާތްތަކާއި ހަވާލުކޮށް ކަމާއި ބެހޭ މުވައްޒަފަށް އެކަން އެންގުން

11. ފާހަގަކުރަންޖެހޭ ދުވަސްތަކުގައި ރަށުތެރެ ޒީނަތްތެރިކުރުމަށް ދިދަ، ފޮތި ދެމުމާއި ދިދަ ޖަހަންޖެހޭ ސަރަހައްދުތަކުގައި ދިދަ ޖެހުމުގެ މަސައްކަތްކުރުމާއި ، އެތަކެތި ނަގާ ހަމަކުރުމަށްފަހު ގުދަނުގައި ރައްކާތެރިކުރުން

12. ކައުންސިލް އިދާރާގެ ގޯތީތެރޭގައި ގަސް އިންދާ ފެންދީ ހެއްދުމާއި ، ރަށު ކައުންސިލުން ޖަހާ ހައްދާ ރުއް ގަހަށް ފެންދީ ބެލެހެއްޓުމާއި ކައުންސިލް އިދާރާގެ ވަޅު 3 މަހުން އެއް ދުވަހު ފެއްސާ ލޮނދި ފިލާވަރަށް ސާފުކޮށް ވަޅުދިޔަ ހިއްކުމާއި ، ކައުންސިލް އިދާރާގެ ބޭރު ދިއްލާ ނިއްވުން

13. ރަށުކައުންސިލުން އާންމުކޮށް އަންގަންޖެހޭ އެންގުންތަކާއި ، އިޢުލާންތައް ހޭލުންތެރިކަމުގެ ބޯޑުގައި ތަތްކުރުމާއި ، މީހުން ގިނައިން އެއްވެ ތިބޭ ސަރަހައްދުން ކަނޑައަޅާފައިވާ ތަންތާނގައި ތަތްކުރުމާއި ، މުއްދަތު ހަމަވުމުން އެތަކެތި ނަގާ ސާފުކުރުމާއި ރަށުތެރޭގައި މެގަފޯން ބޭނުންކޮށްގެން އަންގަންޖެހޭ އެންގުންތައް އެންގުމާއި  ކަމާއި ގުޅޭ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން

14. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުން ދީ ، އެ ފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަ އާއި އިރުޝާދުގެ މަތިން ކުރުން

15. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއި ގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން

16. ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމާއި އޮފީހުން އަންގާ އެންމެހާ މަސައްކަތްތައް ސްޕްވައިޒަރުގެ ލަފަ އާއި އިރުޝާދުގެ ދަށުން ކުރުން

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެނގުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް : ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުތު ހަމަވުން %50
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5
  • އިންޓަރވިއު %40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ ގެ 13:00 ގެ ކުރިން، މ.މަޑުއްވަރީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 30 މާރިޗު 2023 އާ 06 އޭޕްރީލް 2023 ދެމެދު، މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ފޭސްބުކް ޕޭޖް އަދި ވައިބަރ ކޮމިއުނިޓީ ގުރޫޕް އަދި ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720039 ، 9775694 އަށެވެ.

 އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

15 މާރިޗު 2023