މަސައްކަތް
ނަންބަރު: (IUL)417-IMS/417/2023/28
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 09:32
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުރީގެ ބަނދަރު ސަރަޙައްދުގައި ހުރި ބައްތިތައް ހޮޅިދަނޑި ބުޑާއެކު ނަގައި އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް؛
މިރަށުގެ ކުރީގެ ބަނދަރު ސަރަޙައްދުގައި ހުރި ބައްތިތައް ހޮޅިދަނޑި ބުޑާއެކު ނަގައި އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދެވޭނެ އަގެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި އިޢުލާނާއެކު އާންމުކުރެވިފައިވާ މަޢުލޫމާތަށް ބައްލަވައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 މާރިޗު 26 ވަނަ ދުވަހުގެ 10:30 ގައި މިކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 މާރިޗު 2023