ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)238-B/238/2023/5
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 22:19
ސުންގަޑި: 30 މާރިޗު 2023 14:00
ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. އަތޮޅުކައުންސިލްގެ ލޯގޯ ފަރުމާކުރުން

އިއުލާން

ދ. އަތޮޅުކައުންސިލްގެ ލޯގޯ ފަރުމާކުރުން :

 

ސުރުޚީގައި ދަންނަވާފައިވާ މިކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ، ލޯގޯ ފަރުމާކުރުމަށްފަހު ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ބޭނުންވާ މައުލޫމާތު ، މި އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. ހުށައަޅާ ހުށައެޅުންތަކުގެ ތެރެއިން މިކައުންސިލުން ލޯގޯއެއްގެ ގޮތުގައި ބޭނުންކުރުމަށް ހޮވޭ ލޯގޯ ފަރުމާކުރެއްވި ފަރާތަކަށް 7000.00 ( ހަތްހާސް ރުފިޔާގެ ) ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން މިއިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.  އީ - މެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

14 މާރިޗު 2023