ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 60/2014/319
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 21 ޖަނަވަރީ 2015 11:00
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
850 ކިލޯގެ ޕިކަޕެއް ގަންނަން

850 ކިލޯގެ ޕިކަޕެއް ގަންނަން ބޭނުންވެއްޖެ.

މިއިދާރާއަށް ބްރޭންޑް ނިއު ނުވަތަ ރިފަރބިޝްޑް (850 ކިލޯގެ) ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ. މި ޕިކަޕަށް އަންދާސީހިސާބު ހުށަހަޅުއްވާނީ ބްރޭންޑް ނިއު އަދި ރިފަރބިޝްޑް ތަކެތީގެ އަގު އަދި ސްޕެސިފިކޭޝަން ވަކިން އެނގޭގޮތަށެވެ.

އަންދާސީހިސާބުތައް އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފުސީލު

އަގަށް:    80 ޕޮއިންޓް (އެންމެ އަގުހެޔޮ ފަރާތަކަށް ގިނަ މާކްސް ލިބޭ އުސޫލުން)

މުއްދަތު:   10 ޕޮއިންޓް (އެންމެ ކުރު މުއްދަތަކަށް ގިނަ މާކްސް ލިބޭ އުސޫލުން)

ތަޖުރިބާ:   10 ޕޮއިންޓް (މިފަދަ ތަކެތި ސަޕްލައިކޮށްފައިވާނަމަ މަސައްކަތްކުރިކަމުގެ ލިޔުންތަކަށް ބެލޭނެ)

ހުށަހަޅަންވީ ތަކެތި:

ޕިކަޕް ވިއްކޭނެ އަގު

ސަޕްލައިކޮށްދެވޭނެ މުއްދަތު

ޓެކްނިކަލް ސްޕެސިފިކޭޝަން

ވޮރެންޓީ އޮތްކަމުގެ ލިޔުން

ކުންފުނީގެ މަޢުލޫމާތު (ޕްރޮފައިލް، ރެޖިސްޓްރޭޝަންގެ ކޮޕީ، ޖީ އެސް ޓީ ރެޖިސްޓްރޭޝަން) އެހެން ފަރާތަކަށް ޕިކަޕެއް ވިއްކާފައިވާނަމަ، ވިއްކިކަމުގެ ލިޔުން، ޖީ އެސް ޓީ ގެ ކޮޕީ، އަދި މާލީ ޤާބިލުކަން އަންގައިދޭ ލިޔުން.

ވީމާ، މިއިދާރާއަށް ޕިކަޕް ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާގެ ޖަލްސާކުރާ ހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަނުގައި ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ 6600056، 7468150، 7903030 ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

06 ރަބީޢުލްއައްވަލް 1436

28 ޑިސެންބަރު 2014