ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 113-PRC/I-2014/147
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 06 ޖަނަވަރީ 2015 11:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ޔުނިޓްތަކެއް ގަންނަން

މިކުންފުނީގެ ބޭނުމަށް (gigabit Portފ24) HP 1920 Switch ގެ 5 ޔުނިޓް އަދި (gigabit portފ48) HP 5500 EI Switch ގެ 1 ޔުނިޓް ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު:PRC/I-2014/137-ފ113 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިތަކެތި ސަޕްލައިކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

06 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް

12 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

09 ރަބީޢުލްއައްވަލް 1436

31 ޑިސެންބަރު 2014