ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 113-PRC/I-2014/146
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 06 ޖަނަވަރީ 2015 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ހައިޕްރެޝަރ ކްލީނަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

މި ކުންފުނީގެ ބޭނުމަށް ހައިޕްރެޝަރ ކްލީނަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: PRC/I-2014/139-ފ113 އިޢުލާނުގައި، މަޢުލޫމާތު ސާފުކުރަން އޮތް ބައްދަލުވުމަށް އެންމެ ފަރާތަކުން ވަޑައިގެންނެވުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، ހައިޕްރެޝަރ ކްލީނަރެއް ސަޕްލައިކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

06 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް

13 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް

މިކަމަށް އެދި މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

09 ރަބީޢުލްއައްވަލް 1436 

31 ޑިސެންބަރު 2014