ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-PRM/320/2023/49
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި:
18 މާރިޗު 2023 18:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޭދަފުށީ ގައި ގާއިމުކޮށްފައިވާ ފެންޕްލާންޓްގެ އުތުރުން އިންވެގެން ބަހައްޓާފައިވާ ދަގަނޑު ފްރޭމްގެ ވެރިފަރާތް ހޯދުމާއި ބެހޭ
އިޢުލާނު
އޭދަފުށީ ގައި ގާއިމުކޮށްފައިވާ ފެންޕްލާންޓްގެ އުތުރުން އިންވެގެން ބަހައްޓާފައިވާ ދަގަނޑު ފްރޭމްގެ ވެރިފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.
ވިމާ، ދެންނެވިފައިވާ ސަރަހައްދުގައި ބަހައްޓާފައިހުރި ދަގަނޑު ފްރޭމްގެ ވެރިފަރާތެއްވާނަމަ 2023 މާރޗް 14 ވާ އަންގާރަ ދުވަހުން ފެށިގެން 2023 މާރޗް 18 ވާ ހޮނިހިރު ދުވަހުގެ 18:00 ގެ ކުރިން ދަގަނޑު ފްރޭމް އެސަރަހައްދުން ނެގުމަށް އަންގާ އިޢުލާން ކުރަމެވެ. އަދި ދެވިފައިވާ މުއްދަތުގެ ފަހުން އެސަރަހައްދުގައި ބަހައްޓާފައިހުރި ދަގަނޑު ފްރޭމް ވެރިފަރާތެއް ނެތް އެއްޗެއް ކަމަށް ބަލައި ކައުންސިލުން ނައްތާލެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
22 ޝަޢުބާން 1444 ހ.
14 މާރިޗު 2023