ދިވެހިރާއްޖެ
ނަންބަރު:A/IUL/344/2023/42
އިޢުލާން
ބަނދަރު ސަރަހައްދުގައި ހުއްދަނެތި ބަހައްޓާފައިވާ އަދި އެ ސަރަހައްދަށް ދޫކޮށްލެވިފައިވާ ތަކެތި ނެގުމާއި ބެހޭ:
ބަނދަރު ސަރަޙައްދުގައި ހުއްދަނެތި ބަހައްޓާފައިވާ އަދި އެ ސަރަހައްދަށް ދޫކޮށްލެވިފައިވާ އެކިއެކި ފަރާތްތަކުގެ ތަކެތި މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. 15ދުވަހުގެ ތެރޭގައި ނުނަގައި ހުންނަ ތަކެތި ގަވާއިދު ނަންބަރު: 2019/R-532 އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއި ބެހޭ ޤަވައިދުގެ ދަށުން ކައުންސިލުން ނަގާނެ ވާހަކަ ދަންނަވަމެވެ.
އަދި ދަންނަވަމެވެ. ބަނދަރު ސަރަޙައްދުގައި ތަކެތި ބަހައްޓަންވާނީ މިކައުންސިލްގެ ހުއްދަ ލިބިގެންނެވެ.
މިފަދަ ކަންކަމުގައި ތިޔަ ރައްޔިތުން، ދެއްވާ އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.