ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: URH/IUL/2014/50
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 06 ޖަނަވަރީ 2015 14:00
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ބައެއްތަކެތި ހޯދުން

ރ.އަތޮޅުގެ ހެލްތު ސެންޓަރުތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުން

މި ހޮސްޕިޓަލުން ދޭ މަޢުލޫމާތާ އެއްގޮތަށް ރ.އަތޮޅުގެ ހެލްތު ސެންޓަރުތަކަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް އަދި ފަރުނީޗަރާއި އެހެނިހެން ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: URH/IUL/2014/46ފ(18 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތު އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާތީ އެ އިޢުލާނު ބާޠިލު ކުރުމަށްފަހު، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިތަކެތި ހޮސްޕިޓަލުން ދޭ ސްޕެސިފިކޭޝަންތަކާ އެއްގޮތަށް ސަޕްލައިކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ޖަނަވަރީ 2015 ވަނަ ދުވަހުގެ 14:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ޖަނަވަރީ 2015 ވަނަ ދުވަހުގެ 14:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކަނޑައެޅިފައިވާ ގަޑިޔަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

09 ރަބީޢުލްއައްވަލް 1436

31 ޑިސެންބަރު 2014