ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/258/2023/57
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 04 އޭޕްރިލް 2023 10:30
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލް އިދާރާގެ ބޭނުމަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

(IUL)258/258/2023/57ނަންބަރު:                                   

 

އިޢުލާން

    

ހަނިމާދޫ ކައުންސިލް އިދާރާގެ ބޭނުމަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ހަނިމާދޫ ކައުންސިލް އިދާރާގެ ބޭނުމަށް އެކްސްކަވޭޓަރެއް ހޯދަންކުރި ނަންބަރު: (IUL)258/258/2023/31 އިޢުލާނަށް އެކަށީގެންވާ އެއްބާރުލުމެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އެކްސްކަވޭޓަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މި  އެކްސްކަވޭޓަރ ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފްކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.

 

ތަފްސީލް

ތާރީޙް

ގަޑި

މަޢުލޫމާތު ސާފުކުރުން

26 މާރިޗު 2023

10:30

އަންދާސީ ޙިސާބުހުޅުވުން

04 އޭޕްރިލް 2023

10:30

 

ބީލަން ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

22 ޝައުބާން 1444

14 މާރިޗު 2023

14 މާރިޗު 2023