ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23/23/2023/69
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 08:47
ސުންގަޑި: 14 އޭޕްރިލް 2023 00:00
ދަމަނަވެށި
ދިވެހިރާއްޖެ
1444 ވަނަ އަހަރު ރަމަޟާން މަހު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ފަރާތްތަކައް ދޭންޖެހޭ ޕޯލިއޯ ވެކްސިން ދިނުމާއި ގުޅޭ

1444 ވަނަ އަހަރު ރަމަޟާން މަހު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ފަރާތްތަކައް ދޭންޖެހޭ ޕޯލިއޯ ވެކްސިން ދިނުމާއި ގުޅޭ

 

ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ފުރާވަޑައިގަންނަވާ ބޭފުޅުން ޖަހަންޖެހޭ ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ޕޯލިއޯ ވެކްސިންއަކީ އަނގައަށް ދޭންޖެހޭ ވެކްސިންއެއް ކަމަށްވެފައި، މިއީ ރޯދަ މަހު ދުވާލުގަޑީގައި ދެވޭ ވެކްސިންއަކަށް ނުވާތީވެ، ޢުމްރާއަށް އަދި އެހެނިހެން ބޭނުންތަކުގައި ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން މި ވެކްސިން ނަންގަވަން ޖެހޭ ބޭފުޅުންނަށް މިވެކްސިން ދިނުމަށް ތިރީގައި މިދަންނަވާ ތާވަލާއި އެއްގޮތަށް އޮފީސް ހުޅުވާ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

އޮފީސް ހުޅުވާ ތާރީހް / ދުވަސް

ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑި

30 މާރޗް 2023 (ބުރާސްފަތި)

ރޭގަނޑު 9:00 އިން 10:30 އަށް

06 އޭޕްރީލް 2023 (ބުރާސްފަތި)

ރޭގަނޑު 9:00 އިން 10:30 އަށް

 

އަދި 1444 ވަނަ އަހަރު ރަމަޟާން މަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން 22 މާރޗް 2023 ގެ ކުރިން ޢުމްރާ ވެކްސިންޖަހާ ނިންމެވުމަށް ސަމާލުކަން ދެއްވުންވެސް އެދެމެވެ. 1444 ވަނަ އަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ވެކްސިންޖަހަން ފެށުމަށް ހަމަޖެހިފައިވަނީ 30 އޭޕްރީލް 2023 އިން ފެށިގެން ކަމުގައި ދަންނަވަމެވެ.

14 މާރިޗު 2023