ދިވެހިރާއްޖެ
އިޢުލާން |
|
ނަމްބަރު:(IUL)257/257/2023/29 |
އައިޑީ. ކާޑު ހެދުމަށް އައި ބަދަލާގުޅޭ: |
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ ޚިދުމަތް ފުޅާކޮށް އަވަސްކަމާއެކު ރައްޔިތުންނާ ވީހާގާތުން ފޯރުކޮށް ދިނުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އެގޮތުން އައު އޮންލައިން ޕޯރޓަލްއެއް މިހާރު ވާނީ ޤާއިމު ކުރެވިފައި ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ވަނީ އަންގަވާފައެވެ.
މިހާރު އައިޑީ. ކާޑު ހައްދަން ހުށަހެޅުއްވުމަށް dnr.gov.mv އަށް ލޮގިން ވުމަށްފަހު، އެޕްލިކޭޝަން ހުށަހެޅުއްވުމަށް އޭގައިވާ ( އޮންލައިން ޕޯރޓަލްއަށް ޒިޔާރަތް ކުރެއްވުމަށް ފިއްތަވާލައްވާ ) ބަޓަން އަށް ފިއްތަވާ ލެއްވުމުން ޕޯރޓަލް އަށް ވަދެވޭނެއެވެ. މި ޕޯރޓަލް އިން ކޮންމެ ދިވެހިރައްޔިތަކަށްވެސް އެމީހަކު ހުރި ކޮންމެ ތާކުން ކާޑު ހެއްދުމަށް އެދި އެޕްލިކޭޝަން ހުށަހަޅާލެވޭނެއެވެ. އަދި، ކޮންމެ ރައްޔިތަކުވެސް ކާޑު ހައްދަން ހުށަހަޅަން ވާނީ މި ޕޯރޓަލް އިންނެވެ. ޕޯރޓަލް އިން މަޢުލޫމާތު ފޮނުއްވާއިރު މަޢުލޫމާތު ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި، ކޮންމެ މީހަކަށްވެސް އެމީހެއްގެ ކާޑު ހެއްދުމަށް ހުށަހެޅުމުގެ އިތުރުން، އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ފަރާތްތަކުގެ ކާޑު ހައްދަންވެސް ހުށަހަޅާލެވޭނެއެވެ. ކާޑު ހައްދަން ހުށަހަޅާއިރު ކާޑު ނަގަން ބޭނުންވާ ރަށެއް ޕޯރޓަލް އިން ސެލެކްޓް ކުރަން ވާނެއެވެ. އަދި، ކާޑުގެ ސްޓޭޓަސް ޕޯރޓަލް އިން ބަލައިލެވޭނެއެވެ.
މިގެނައި ބަދަލާ ގުޅިގެން ކަލެކްޓިންގ ސެންޓަރތަކުން (ކައުންސިލުން) ދެމުން ގެންދިޔަ ކާޑު ހަދައިދިނުމުގެ ޚިދުމަތްތައްވެސް ކައުންސިލުން ދެމުންނުދާނެއެވެ. މި ޕޯރޓަލް އިން ކާޑު ހެއްދުމުގެ ކަންކަން ކުރިއަށްދާން ފެށިފައިވާތީ، މީގެފަހުން ކަލެކްޓިންގ ސެންޓަރތަކުން ހަމައެކަނި ފޮނުވާނީ ފިންގަރޕްރިންޓާއި ސޮއި ނަގަންޖެހޭ ޙާލަތްތަކުގައި އެފަރާތެއްގެ ސޮޔާއި، ފިންގަރޕްރިންޓް އެކަންޏެވެ.
ކާޑު ހަދައިދިނުމުގެ އުޞޫލަށް މިއައި ބަދަލާއެކު ކާޑު ޙަވާލު ކުރެވޭނީ ބަނޑޭރި ޕޯރޓަލް އިން ފައިސާ ދެއްކި ސްލިޕް ދެއްކުމުން ކާޑުގެ ވެރިފަރާތަށެވެ. ނިމިފައިވާ ކާޑުތައް ޙަވާލު ކުރުމަށްޓަކައި އެ ޑިޕާޓްމަންޓުން ފޮނުވާނީ ކާޑުގެ ވެރިފަރާތުން ކާޑު ނެގުމަށް ކަނޑައަޅާފައިވާ ރަށެއްގެ ކައުންސިލްގެ އިދާރާއަށް ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ވަނީ އަންގަވާފައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.