ޢާންމު މަޢުލޫމާތު
ނަންބަރު: OM/IUL/2023/003
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 17:10
ސުންގަޑި: 16 މާރިޗު 2023 00:00
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އަހަރީ ޢާންމު ޖަލްސާ 2023، 20 މާރިޗު 2023 ގައި

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އަހަރީ ޢާންމު ޖަލްސާ 2023

 

1 މާރިޗު 2023 ވީ ބުދަ ދުވަހު ބޭއްވުނު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ ހިންގާ ކޮމިޓީގެ 2023 ވަނަ އަހަރުގެ 02 ޖަލްސާގައި

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ އަހަރީ ޢާއްމު ޖަލްސާ 20 މާރިޗް 2023 ވާ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ޖަލްސާ އޮންނާނި 20 މާރިޗު 2023 ވާ ހޯމަ ދުވަހު 20:30 ގައި ވިލާ ކޮލެޖް ހޯލުގައެވެ.

ވީމާ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ މެންބަރުންގެ ތެރެއިން މި ޖަލްސާގައި ބައިވެރިވުމަށް އެދޭ މެންބަރުން 16 މާރިޗު 2023 ގެ، މެންދުރުފަހު 14:00ގެ ކުރިން

އެސް-އޯ މޯލްޑިވްސް އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތަނުގެ ޖާގައަށް ބަލައި، ޖަލްސާއަށް ވަޑައިގެން ބައިވެރި ވުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ 70 ބޭފުޅުންނަށެވެ.

70 މެންބަރުންނަށްވުރެ އިތުރަށް ރަޖިސްޓްރީ ވެފައިވާނަމަ، ފަހުން ރަޖިސްޓަރވާ މެންބަރުންނަށް އޮންލައިންކޮށް ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.

އަދި ރަޖިސްޓަރ ވަމުންދާ ތަރުތީބުން އެ ބޭފުޅުންނަށް އެކަން އެންގޭނެއެވެ.

 ރަޖިސްޓްރީ ކުރެއްވުމަށް މި ލިންކް ބޭނުން ކުރައްވާ.

 މިކަމާ ގުޅިގެން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ އެސް–އޯ މޯލްޑިވްްގެ ރަސްމީ ނަންބަރު 7939944 އަށް ގުޅުއްވުން އެދެމެވެ.

13 މާރިޗު 2023