ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2023/79
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 15:33
ސުންގަޑި: 27 މާރިޗު 2023 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ލޮޖިސްޓިކް އޮފިސަރ

މަޤާމް :ލޮޖިސްޓިކް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                                   

މަޤާމް

ލޮޖިސްޓިކް އޮފިސަރ

މަޤާމުގެ ރޭންކް

އޭ.އެސް 8

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ކޯޕަރޭޓް ސާރވިސް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު

އަސާސީ މުސާރަ

-/5,300 ރުފިޔާ

ސަރވިސް އެލަވަންސް

-/2,520 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ,
  • ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން 4 (ހަތަރު) މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ,
  • ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކުންފުނީގެ ލޮޖިސްޓިކްސްގެ މަސައްކަތްތައް ރާވައި ހިންގުމާއި، ކަނޑައަޅައިފައިވާ ނިޘާމުގެ ތެރެއިން ކުންފުނީގެ ދަތުރުތަށް ކުރަމުންދާ ގޮތް ދުވަހުން ދުވަހަށް ތަފްޞީލުކޮށް  ލޮގްކުރުމާއި، ގުޅުންހުރި ރިޕޯޓުތައް ހެދުން؛
  • ލޮޖިސްޓިކްސްގެ ސްޓޭންޑާރޑް އޮޕަރޭޓިން ޕްރޮސީޖަރ (އެސް އޯ ޕީ) އަދި ޑިޕާޓުމަންޓުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް ކުންފުނީގެ ވެހިކަލްތައް ބަރާބަރަށް ޗެކްކުރަމުން ގެންދިއުން؛
  • ކުންފުނީގެ ޤާނޫނާއި، ސިޔާސަތުތަކާއި އުޞޫލުތައް ތަންފީޒުކުރުމުގައި ޑިޕާރޓުމަންޓުގެ އިސް ވެރިޔާއާއި، ސުޕަވައިޒަރަށް ބޭނުންވާ އެންމެހާ ކަންކަމުގައި  އެހީތެރިވެ، އެއްބާރުލުން ދިނުން؛
  • ޑިއުޓީ ގަޑީގައި ހުށައެޅޭ ލޮޖިސްޓިކްސްއާއި ގުޅުންހުރި އެންމެހާ ކަންކަން ލޮގުކުރުމާއި އެކަންކަން ގުޅުންހުރި ސްޕަވައިޒަރުންގެ ސަމާލުކަމަށް ގެނައުން؛
  • ކުންފުނީގެ ބޭނުންތަކަށް ކުރަންޖެހޭ އެއްގަމު ދަތުރުތަކުގެ އެންމެހާ ކަންތައްތައް ތާވަލް ކުރެވިފައިވާ ގޮތުގެމަތިން ކުރިޔަށް ގެންދިއުމާއި، ވެހިކަލްތައް މަރާމާތު ކުރުމުގެ އެންމެހާ ކަންތައްތަކާއި، އަޅަންޖެހޭ ތެލާއި، (ޑީސަލް، ޕެޓްރޯލް، އަޑީތެޔޮ ޕަވަރ ސްޓިއަރިނގ، ބުރަކި ތެޔޮ، ގިޔަރު ތެޔޮ އަދި ރޭޑިއޭޓަރ ފެން) އެހެނިހެން ބާވަތްތަށް ހަމަޔަށް ހުރިތޯބަލާ ރަނގަޅު ކުރަންޖެހޭ އެންމެހާ ކަންކަން ރަނގަޅުކުރުން؛
  • ލޮޖިސްޓިކްސް ގެ ދަތުރުތަކަށާއި، ވެހިކަލްތަކަށް ދިމާވާ ކުދިކުދި މަރާމާތުތަކަށް ޚަރަދުކުރުމަށް ޙަވާލުކޮށްފައިވާ ޕެޓީ ކޭޝް ނަޒާހަތްތެރި ކަމާއިއެކު ޚަރަދުކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލުން؛
  • ޑުރައިވަރުން މަދުވާ ޙާލަތުގައާއި، އެނޫންވެސް މުހިންމު ޙާލަތް ތަކުގައި އޮފިސަރުގެ މަސްއޫލިއްޔަތު އަދާކުރަމުން ކުންފުނީގެ ދަތުރުތައް ބަރާބަރަށް ކުރަމުން ގެންދިއުން؛
  • ކޮންމެ ޑިއުޓީގަޑިއެއް ފެށޭއިރު އެ ޑިއުޓީއަކަށް ނުކުންނަ ޑްރައިވަރުން މެދުވެރިކޮށް ކުންފުނީގެ ވެހިކަލްތައް ޗެކް ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ ވެހިކަލް އޭރުއޮތް ޙާލަތުދެނެގަނެ ފުރަންޖެހޭ ފޯމުތަކުގައި ވާއެންމެހާ މަޢުލޫމާތު ފުރިހަމަކޮށް ޑްރައިވަރުންގެ ސޮއި ކުރުވާ، ފޯމާއި ޙަވާލުވެ ސޮއިކުރުމަށްފަހު، ވަގުތުން ޙައްލު ކުރެވެން ހުރިމައްސަލަތައް ޙައްލު ކުރުމާއި، ސުޕަވައިޒަރަށް އަންގަންޖެހޭ އެންގުންތައް އަންގަމުން ދިއުން؛
  • ކޮންމެ ޑިއުޓީގަޑިއެއް ނިމޭއިރު ޑިއުޓީ ނިންމާ ޑްރައިވަރުންނާއި، އޮފިސަރުންނާއި، ކުރިޔަށް އޮތް ޑިއުޓީއަށް ނުކުންނަ ޑްރައިވަރުންނާއި އޮފިސަރުން ގެ ޙާޟިރުގައި، ކުންފުނީގެ ވެހިކަލްތައް ޗެކްކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ ވެހިކަލް އޭރުއޮތް ޙާލަތުދެނެގަނެ ފުރަންޖެހޭ ފޯމުތަކުގައިވާ އެންމެހާ މަޢުލޫމާތު ފުރިހަމަކޮށް ޑްރައިވަރުންނާއި، އޮފިސަރުން ސޮއިކޮށް ހުރިމައްސަލަތައް ކިޔައިދީ އަލުން ޑިއުޓީ ފަށާފަރާތްތަކަށް ޙަވާލުކުރުން؛
  • ލޮޖިސްޓިކްގެ މުވައްޒަފުން މަސައްކަތް ކުރާތަން ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ބޭކާރު ގޮތްނޭނގޭ ތަކެތި ނެރެ ތަރުތީބުކުރުމާއި، ޑިޕާޓުމަންޓުންނާއި، ކުންފުނިން އަންގާ އެންގުންތައް ތަންފީޒުކުރުމާއި، ނޯޓިސްބޯޑު ބެލެހެއްޓުން؛
  • ލޮޖިސްޓިކްސްގެ ވެހިކަލްތަކުގެ މަރާމާތަށާއި އެކިކަންކަމަށް ބޭނުކުރާ ތަކެތި ރައްކާކޮށް ބަލަހައްޓާ ގުދަނުގެ އިންވެންޓްރީ ތަފްޞީލުކޮށް ބެލެހެއްޓުމާއި، އިތުރަށް ބޭނުންވާތަކެތި ހޯދުމަށް ސުޕަވައިޒަރުންނަށް ރިކުއެސްޓް ކުރުމާއި، ކޮންމެ މަހަކު އެއްފަހަރު ތަނުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ތަފްޞީލް ސުޕަވައިޒަރުންނަށް ފޮނުވުން؛
  • ކުންފުނީގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރަށްފުރާ މީހުންނާއި، ނުވަތަ މާލޭގެ އެކިލޮކޭޝަންތަކަށް ފޮނުވަންޖެހޭ މީހުންނާއި ތަކެތި އުފުލުމަށް ބޭނުންވާ އިންތިޒާމްތައް ރާވާ ހަމަޖެއްސުމާއި، ލޯޑްކުރުމާއި އަންލޯޑްކުރުމުގެ އިންތިޒާމްތައް ރޭވުމާއި، ވެހިކަލް ހަމަޖެއްސުން؛
  • ކުންފުނީގެ ޢިމާރާތްތަކުގެ ދިދަ ނެގުމާއި ދިދަ ތިރިކުރުމާއި ދިދަ ބާވެހަލާކުވާނަމަ ސްޕަވައިޒަރުންގެ ސަމާލުކަމަށް ގެނައުން؛
  • ކުންފުނީގެ ފަރާތުން ބަލަހަށްޓަންޖެހޭ އެންމެހާ ތަންތަނުގެ ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުމުގައި އެހީތެރިވެދިނުމާއި ސެކިއުޓީ އޮފިސަރުންގެ މަސައްކަތްތައް މޮނިޓަރކުރުމާއި، ކުންފުނީގެ ސެކިޔުރިޓީއާބެހޭ ސިޔާސަތު ތަންފީޒުކުރުމުގައި އެހީތެރިވެދިނުމާއި، އަދި ގުޅުންހުރި ފަރާތްތަކަށް ރިޕޯޓުކުރުން؛
  • ކުންފުނީގެ ޢިމާރާތްތަކާއި ގޯތިތެރެއަށް ވަނުން ހުއްދަކުރެވިފައި ނުވާ މީހަކު ވަނަނުދިނުމަށާއި ވަދެގެން އުޅޭކަން އެނގޭނަމަ ސެކިޔުރިޓީ އޮފިސަރުން މެދުވެރިކޮށް ނެރުމާއި އެކަންކަމުގެ ރެކޯރޑް ބެލެހެއްޓުން؛
  • ފުރޮންޓް އޮފީސް ހުޅުވާފައިނެތް ގަޑިތަކުގައި އަންނަ މެހުމާނުން ވަދެނިކުމެއުޅުމުގެ ކަންކަން ބެލެހެއްޓުމާއި ސެކިއުރިޓީ އޮފިސަރުންނާއި ގުޅިގެން ވިޒިޓަރސް ފާސް ދޫކުރުމާއި ބަލައިގަތުން؛
  • ޑިއުޓީ ގަޑިތަކުގައި އޮފީހުގެ ޢިމާރާތުގައި ބޮޑުކަމެއް ދިމާވެއްޖެނަމަ އެދިމާވާ މައްސަލަތައް ލޮގްކޮށް ސުޕަވައިޒަރަށް ވަގުތުން ރިޕޯޓްކުރަންޖެހޭ ޙާދިސާތައް ރިޕޯރޓްކުރުމާއި، އެކަމަކާ ގުޅޭގޮތުން ވީއެންމެ އަވަހަކަށް ޙަރަކާތްތެރިވުން؛
  • ސުޕަވައިޒަރުން އަންގާގޮތުގެމަތިން ލޮޖިސްޓިކް ދަތުރުތަކުގެ ރިޕޯރޓް ތައްޔާރުކޮށް ހުށަހެޅުމާއި، ކުންފުނީގެ ފަރާތުން ކުރާ އެހެނިހެން މަސައްކަތްތަކުގައި ކަމާގުޅޭފަރާތްތަކުން އަންގާގޮތުގެމަތިން ބައިވެރިވުމާއި އެހީތެރިވުން.
  • ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރިޔަށް ގެންދިއުމުގާ ބައިވެރިވެ ޢަމަލީގޮތުން ޙަރަކާތްތެރިވުން.
  • ކުންފުނީގެއެކި ޑިޕާޓްމަންޓްތަކުން އިންތިޒާމްކުރާ ކަންތައްތަކަށް ކޯޕަރޭޓް ސާވިސް ޑިޕާޓްމަންޓުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ލިބިދިނުމާއި، އެހީތެރިވެދިނުން؛
  • ޚާއްޞަ ޙާލަތެއް މެދުވެރި ވުމުގެ ސަބަބުން  ކޮންމެހެން ކުރަންޖެހޭ ކުންފުނީގެ މަސައްކަތެއް ކުރުމަށް ޑިޕާޓްމަންޓްގެ ވެރިޔާ ނުވަތަ ސުޕަވައިޒަރު އަންގައިފިނަމަ މި ބަޔާނުގައި ހިމެނިފާ ނުވިނަމަވެސް އެ މަސައްކަތެއް ކުރުން؛

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 27 މާރޗް 2023 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364 އާއި ގުޅުއްވުން އެދެމެވެ.

                           21 ޝައުބާން 1444

13 މާރިޗު 2023