ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
އައްޑޫ ސިޓީގެ ސަރަހައްދުގައި ދެކުނު އާޓްސް އެންޑް ކަލްޗަރ ސެންޓަރު ގެ ކޮންސެޕްޓު ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ (IUL)473-AP/473/2023/12އިއުލާނުގެ މައުލޫމާތު އިސްލާހުކުރެވިފައިވާތީދެންނެވިފައިވާ އިޢުލާން ބާޠިލުކޮށް،އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ.
ތަފްސީލް |
ތާރީޚް (ދުވަސް) |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
16މާރިޗު 2023 (ބުރާސްފަތި) |
11:00 |
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު ބިލްޑިންގ) |
ބީލަން ހުށައެޅުން |
30 މާރިޗު 2023 (ބުރާސްފަތި) |
12:00 |
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު ބިލްޑިންގ) |
މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބިޑުގައި ބައިވެރި ނުވެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3036999 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
21 ޝައުބާން 1444