ދިވެހިރާއްޖެ
ކެނދިކުޅުދޫ ކައުންސިލަށް 30 ފޫޓް ދިގުމިނުގެ ދޯންޏެއް ގަންނަން ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ވީމާ މިކައުންސިލުން ދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް ދޯނި ފޯރުކޮށްދެވޭނެ ފަރާތަކުން 16 މާރިޗް 2023 ވަނަދުވަހުގެ 11:30 މިކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 22 މާރިޗް 2023 ވަނަ ދުވަހުގެ 11:30 ބިޑްހުށަހެޅުމަށް ދަންނަވަމެވެ.
މިބީލަމާއި ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި، ހުށައަޅަންޖެހޭ އެންމެހާ ފޯމްތަކާއި އަދި ބީލަން ވަޒަންކުރާނެގޮތް އަންގައިދޭ ކަރުދާސް މިއިޢުލާނާއެކު ގެޒެޓްކުރެވިފައި ވާނެއެވެ.
ސުންގަޑިތައް:
މަޢުލޫމާތު ސެޝަން |
16 މާރިޗު 2023، 11:30 |
ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް |
ބީލަން ހުޅުވުން |
22 މާރިޗު 2023، 11:30 |
ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް |
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.
13 މާރިޗު 2023