ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
- މަޤާމު: ޕްރީސްކޫލު ޓީޗަރު
މަސައްކަތް ހަމަޖެހިފައިވާތަން: ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ޕްރީސްކޫލު
ބޭނުންވާ އަދަދު: 1
މަޤާމު |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މުސާރަ |
ސަރވިސް އެލަވަންސް |
އެސިސްޓެންޓް ޓީޗަރ |
GS1 |
ޕްރީސްކޫލު ޓީޗަރ 1 |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ޑީ ފާސްލިބިފައިވުމާއެކު، ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން. |
3565.00 |
1500.00 |
ޓީޗަރ |
GS2 |
ޕްރީސްކޫލު ޓީޗަރ |
ޕްރީސްކޫލު ޓީޗިންގގެ ދާއިރާއިން ސެޓްފިކެޓް 2 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން. |
4000.00 |
1500.00 |
ޓީޗަރ |
GS3 |
ޕްރީސްކޫލު ޓީޗަރ 3 |
ޕްރީސްކޫލު ޓީޗިންގގެ ދާއިރާއިން ނުވަތަ އާލީ ޗައިލްޑް ހުޑް ޑިވެލޮޕްމަންޓް އިން ސެޓްފިކެޓް 3 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން. |
4465.00 |
1500.00 |
ޓީޗަރ |
GS4 |
ޕްރީސްކޫލު ޓީޗަރ 4 |
ޕްރީސުކޫލް ޓީޗިންގގެ ދާއިރާއިން ނުވަތަ އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް އިން ސެޓްފިކެޓް 4 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ސެޓްފިކެޓް ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
5020.00 |
2500.00 |
ޓީޗަރ |
MS1 |
ޕްރީސުކޫލް ޓީޗަރ 5 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީސުކޫލް ޓީޗިންގގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން. |
6295.00 |
2500.00 |
ޓީޗަރ |
MS2 |
ޕްރީސުކޫލް ޓީޗަރ 6 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީސުކޫލް ޓީޗިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން. |
7035.00 |
2500.00 |
ވަޒީފާގެ މަސްޢޫލިއްޔަތުތައް:
- ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.
- މުޤައްރަރާ އެއްގޮތަށް ދަރިވަރުންނަށް ތަކެތި އުނގަންނައިދީ، އެކުދިންނަށް އެކަން ހާސިލުވާންޖެހޭ އެންމެ ފުންމިނުގައި ހާސިލުވިކަން ކަށަވަރުކުރުން.
- ޕޭރަންޓް މީޓިންގތަކުގައްޔާއި، ޓީޗަރެއްގެ ހައިސިއްޔަތުން ބައިވެރިވާންޖެހޭ ކޮންމެ ބައްދަލުވުމެއްގައި ބައިވެރިވުން.
- ކުދިންގެ ފޮތްތައް ދުވަހުން ދުވަހަށް ބަލައި، މާކްކޮށް، ދަރިވަރުންގެ ހުރިހާ ރެކޯޑްތައް ބަރާބަރަށް ލިޔެ ބެލެހެއްޓުން.
- ދަރިވަރުންގެ އަޚްލާޤީ، ސުލޫކީ، ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
- ޕްރީސުކޫލްގެ އިދާރީ މަސައްކަތް ކުރުން.
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.
- ޖީ.ސީ.އީ، އައި.ޖީ. ސީ.އެސްއީ، އެސް.އެސް.ސީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.
- ސުކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯކޮޕީ.
- ވަޒީފާގެ ތަޖުރިބާ ލިޔުންތަކުގެ ފޮޓޯކޮޕީ.
- މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)
- އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ފ. ބިލެތްދޫ ކައުންސިލްގެ އިދާރާ ( ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތަކާއި، އީމެއިލްކުރާ އެޕްލިކޭޝަންތައްވެސް ބަލައިގަނެވޭނެއެވެ.)
- ސުންގަޑި: 2015 ޖަނަވަރީ 6 ވަނަ ދުވަހުގެ 14.00 ގެ ކުރިން.
(ނޯޓް: މި މަޤާމްތަކަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުއެވެ.)
މި މަޤާމުގެ އިންޓަވިއު އޮންނާނީ، 2015 ޖަނަވަރީ 7 ވާ ބުދަ ދުވަހުގެ 9.00 އާއި 14.00 އާ ދެމެދުގެ ވަގުތެއްގައެވެ.
މި މަޤާމުތަކަށް މީހުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިގެން އެންމެ މަތީ މާކްސް ލިބޭ ފަރާތެވެ. ވަޒީފާގެ އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.
- މަޤާމު: އެސިސްޓެންޓް ޓީޗަރ
މަސައްކަތް ހަމަޖެހިފައިވާތަން: ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ޕްރީސްކޫލް
ބޭނުންވާ އަދަދު: 2
މަޤާމު |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މުސާރަ |
ސަރވިސް އެލަވަންސް |
އެސިސްޓެންޓް ޓީޗަރ |
GS1 |
ޕްރީސްކޫލު ޓީޗަރ 1 |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން. |
3565.00 |
1500.00 |
ވަޒީފާގެ މަސްޢޫލިއްޔަތުތައް:
- ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.
- މުޤައްރަރާ އެއްގޮތަށް ދަރިވަރުންނަށް ތަކެތި އުނގަންނައިދީ، އެކުދިންނަށް އެކަން ހާސިލުވާންޖެހޭ އެންމެ ފުންމިނުގައި ހާސިލުވިކަން ކަށަވަރުކުރުން.
- ޕޭރަންޓް މީޓިންގތަކުގައްޔާއި، ޓީޗަރެއްގެ ހައިސިއްޔަތުން ބައިވެރިވާންޖެހޭ ކޮންމެ ބައްދަލުވުމެއްގައި ބައިވެރިވުން.
- ކުދިންގެ ފޮތްތައް ދުވަހުން ދުވަހަށް ބަލައި، މާކުކޮށް، ދަރިވަރުންގެ ހުރިހާ ރެކޯޑްތައް ބަރާބަރަށް ލިޔެ ބެލެހެއްޓުން.
- ދަރިވަރުންގެ އަޚްލާޤީ، ސުލޫކީ، ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
- ޕްރީސުކޫލްގެ އިދާރީ މަސައްކަތް ކުރުން.
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.
- ޖީ.ސީ.އީ، އައި.ޖީ.ސީ .އެސްއީ، އެސް.އެސް.ސީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.
- ސުކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯކޮޕީ.
- ވަޒީފާގެ ތަޖުރިބާ ލިޔުންތަކުގެ ފޮޓޯކޮޕީ.
- މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)
- އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ފ. ބިލެތްދޫ ކައުންސިލްގެ އިދާރާ (ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތަކާއި، އީމެއިލްކުރާ އެޕްލިކޭޝަންތައް ބަލައިގަނެވޭނެއެވެ.
- ސުންގަޑި: 2015 ޖަނަވަރީ 6 ވަނަ ދުވަހުގެ 14.00 ގެ ކުރިން.
- (ނޯޓް: މި މަޤާމްތަކަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުއެވެ.)
- މި މަޤާމުގެ އިންޓަވިއު އޮންނާނީ، 2015 ޖަނަވަރީ 7 ބުދަ ދުވަހު 9.00 އާއި 14.00 އާ ދެމެދުގެ ވަގުތެއްގައެވެ.
- މި މަޤާމުތަކަށް މީހުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާއާއި އިންޓަވިއުއަށް ބަލައިގެން އެންމެ މަތީ މާކްސް ލިބޭ ފަރާތެވެ. ވަޒީފާގެ އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.
- - މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށާއި، މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓުކުރެވޭ 10 ފަރާތާއެވެ.
- މަޤާމު:މަސައްކަތު
މަސައްކަތް ހަމަޖެހިފައިވާތަން: ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ޕްރީސްކޫލް
ބޭނުންވާ އަދަދު: 1
|
|
|
||
ރޭންކް: އެސް.އެސް 1 |
ކްލެސިފިކޭޝަން:ސަޕޯޓް އޮފިސަރ ގްރޭޑް 1 |
|
||
ޝަރުޠު: ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން. |
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- ކޮންމެ ދުވަހަކު ކްލާސްރޫމު ތެރެ ފޮޅައި ސާފުކުރުން.
- ކޮންމެ ދުވަހަކު ޢިމާރާތުގެ ގޯތިތެރެ ކުނިކަހައި ސާފުކުރުން.
- ދަރިވަރުން ފާޚާނާއަށް ގެންދިއުމުގައި އެހީތެރިވުން.
- ކޮންމެ ދުވަހަކު ކްލާސްރޫމުގެ ގޮނޑި، މޭޒުތަކާއި ކަބަޑުތައް ފޮޅައި ސާފުކުރުން.
- މަސައްކަތު މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.
އިތުރު މަޢުލޫމާތު: ފޯން 6740013 ނަންބަރާ ގުޅުން އެދެމެވެ.
އީ-މެއިލް އެޑްރެސް: [email protected]
ސުންގަޑި:ޝަރުޠު ހަމަވާ ފަރާތްތަކުން، 2015 ޖަނަވަރީ 6 ވާ އަންގާރަދުވަހުގެ 15:00 ގެ ކުރިން، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، ފެލިދޫ ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ޝަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.
- ޖީ.ސީ.އީ، އައި.ޖީ. ސީ.އެސްއީ، އެސް.އެސް.ސީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.
- ސުކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯކޮޕީ.
- ވަޒީފާގެ ތަޖުރިބާ ލިޔުންތަކުގެ ފޮޓޯކޮޕީ.
- މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)
އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ފ. ބިލެތްދޫ ކައުންސިލްގެ އިދާރާ ( ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތަކާއި، އީމެއިލްކުރާ އެޕްލިކޭޝަންތައް ބަލައިގަނެވޭނެއެވެ.
ސުންގަޑި: 6 ޖަނަވަރީ 2015 ވަނަ ދުވަހުގެ 14.00 ގެ ކުރިން.
(ނޯޓް: މި މަޤާމްތަކަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުއެވެ.)
މި މަޤާމުގެ އިންޓަވިއު އޮންނާނީ، 2015 ޖަނަވަރީ 7 ބުދަ ދުވަހު 9.00 ން 14.00 އާ ދެމެދުގެ ވަގުތެއްގައެވެ.
މި މަޤާމުތަކަށް މީހުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިގެން، އެންމެ މަތީ މާކްސް ލިބޭ ފަރާތެވެ. ވަޒީފާގެ އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.
- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށާއި، މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެވެ.