ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)321-A/321/2014/83
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 08 ޖަނަވަރީ 2015 15:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

              ތިރީގައިމިވާ މަޤާމުގައި މަސައްކަތްކުރާނެ މީހަކު މި އިދާރާއަށް ބޭނުންވެއްޖެއެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

ޖީ.އެސް 3

ރޭންކް:

އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން:

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

ކޯޕަރޭޓިވް އެފެއާޒް ސެކްޝަން:

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

4،465.00 ރުފިޔާ

މުސާރަ:

1,500.00 ރުފިޔާ

ސަރވިސް އެލެވަންސް:

1 ބޭނުންވާ އަދަދު:
  1. އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި ނުވަތަ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

  1.  ކައުންސިލް އިދާރާގެ ޔައުމިއްޔާއާއި، ރަށުގައި ހިނގާ މުހިއްމު ކަންކަމުގެ ޔައުމިއްޔާ ލިޔުން.
  2. ކައުންސިލްގެ އިދާރާގެ ލިޔެކިއުމާބެހޭ ފޮތްތަކާއި ލިޔުންތައް ބެލެހެއްޓުމާއި ފައިލްކުރުން.
  3. ލިބޭ ސިޓީ މެސެޖްފަދަ ތަކެތި އެންޓްރީކޮށް ހަވާލުކުރަންޖެހޭ ޝެކްޝަންތަކާ ހަވާލުކުރުން.
  4. އައި.ޑީ ކާޑު ހެއްދުމުގެ މަސައްކަތްކުރުން.
  5. އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް ރިޕޯޓް ފަދަ ތަކެތި ތައްޔާރުކޮށް ފޮނުވުން.
  6. ދުވަހުން ދުވަހަށް، މަހުންމަހަށް އަތޮޅު ކައުންސިލަށް ފޮނުވަންޖެހޭ ރިޕޯޓްތައް ލިޔެ ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތަށް އަތޮޅު ކައުންސިލަށް ފޮނުވުން.
  7. އެކިއެކި ކަންކަމުގައި ކައުންސިލް އިދާރާއަށް އަންނަ މީހުން ބަލައިގަނެ، އެމީހުންގެ ކަންކަން ހަމަޖައްސައިދިނުން.
  8. ވެރިން އަންގަވާ ގޮތެއްގެ މަތިން ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއާއި، ބިމާ ބެހޭގޮތުން ކުރަންޖެހޭ ކަންކަމުގައި އެހީތެރިވެދިނުމާއި ކުރުން.
  9. ކަނޑުއުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓާއި، ސާފުތާހިރުކަމުގެ ސެޓްފިކެޓް ހެއްދުމުގެ މަސައްކަތްކުރުން.
  10. ކައުންސިލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރާ އެހެނިހެން ކަންކަން ކުރުން.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، އިމްތިޙާނުކުރުން އޮންނާނެ ތަނާއި ތާރީޚާއި ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 15 ދުވަހުގެ ތެރޭގައި، އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތުު:

2015 ޖަނަވަރީ 8 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއަށެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީއާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ފޮޓޯ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ،  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
  5. ސިވިލް ސަރވިސް ކޮމިޝަނުގެ ނަމޫނާއާ އެއްގޮތަށް ނުވަތަ އެ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 ހުށަހަޅަންޖެހޭ ލިޔުންތައް:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600006 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6600006 އެވެ. މެއިލްކުރާނީ [email protected] އަށެވެ.      

 އިތުރު މަޢުލޫމާތުު:

                      6 ރަބީޢުލްއައްވަލް 1436 

28 ޑިސެންބަރު 2014