ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-AHI/309/2023/53
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 11:48
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

 

އިޢުލާން

              ރައްޔެތުންގެ މެދުގައި ދީނީ އަދި ދިވެހި އަދަބިއްޔާތަށް ލޯބިޖައްސާ މަދަޙަ ކިޔުމުގެ ފަންނު ދިރުވާ އާލާ ކުރުމުގެ ރޫޙު އިތުރު ކުރުމުގެ ގޮތުން އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުޞަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ މަދަހަ މުބާރާތް 16 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

                 ވީމާ، މުބާރާތުގެ ބައިވެރިވި ބައިވެރިންނާއި، ބެލެނިވެރިން އެގަޑިއަށް ރ.އިނގުރައިދޫ ތަބުލީޣުލް ޤުރުއާން ކުލާސް ހިންގާ ޢިމާރާތް ( ޖަމުއިއްޔާގެ ) އަށް ވަޑައިގަންދެއްވުން އެދި ދައުވަތުއެރުވީމެވެ. މަދަޙަ މުބާރާތުގައި ބައިވެރިވެލެއްވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ފައިނަލް ލިސްޓް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި އެވަނީއެވެ.

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.  

13 މާރިޗު 2023