ވަޒީފާގެ ފުރުޞަތު
ނަންބަރު: ASND-HCM-IUL-2023-035
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 20 މާރިޗު 2023 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކްލައެންޓް އެކްސްޕީރިއަންސް އޮފިސަރ

މި ކުންފުނީގެ ނަންބަރު ASND-HCM-IUL-2023-021 އިއުލާނަށް އެކަށީގެންވާވަރަށް ކެޑިޑޭޓުން ކުރިމަތި ލައްވާފައި ނުވާތީ، އަލުން މިމަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

 

އިޢުލާން ނަންބަރު: ASND-HCM-IUL-2023-035

މަޤާމް: ކްލައެންޓް އެކްސްޕީރިއަންސް އޮފިސަރ

ބޭނުންވާ އަދަދު: 01 (އެކެއް)

 

މިމަގާމުގެ މަސްއޫލިއްޔަތުތަކާއި މިމަޤާމަށް ކަނޑައެޅިފައިވާ ޝަރުތުތައް ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

ކުރިމަތިލުމުގެ ސުންގަޑި:  20 މާރިޗް 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން

 

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،ތިރީގައިމިވާ ތަކެތި،އާސަންދަ ކުންފުނީގެ ހެޑް އޮފީސް،ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ،[email protected] އަށް ފޮނުވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  2. ސީވީ.
  3. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ
  4. މަސައްކަތާގުޅޭ ތަޖުރިބާ ދައްކުވައިދޭ އެހެނިހެން މަސައްކަތްތަކުގެ ޕޯޓްފޯލިއޯ.
  5. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތް.

  • ތަޢުލީމާއި ތަމްރީން: %20
  • މަސައްކަތު ތަޖުރިބާ: %20
  • އިންޓަރވިއު: 60%

ޚާއްޞަ ސަމާލުކަމަށް:

- ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

13 މާރިޗު 2023