ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)AAAH-A-AD/AAAH/2014/12
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:06
ސުންގަޑި: 06 ޖަނަވަރީ 2015 14:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަސައްކަތު

މި ހޮސްޕިޓަލްގެ ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ. މި މަޤާމަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު:

ބޭނުންވާ އަދަދު

މަސައްކަތު

01

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފު ގްރޭޑް 1

ރޭންކް: SS1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަޤާމު އޮތް ތަން

އއ. އަތޮޅު ހޮސްޕިޓަލް

ޢާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭތަން

އއ. އަތޮޅު ހޮސްޕިޓަލް / ނާރސިން  / އެޑްމިން އެންޑް ހ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ހޮސްޕިޓަލްގެ ވޯޑްތަކާއި، ފާޚާނާތަކާއި، ބޭސްއަޅާކޮޓަރި، ލޭބަރ ރޫމް، ތިއޭޓަރ، ލެބޯޓްރީފަދަ އަދިވެސް އެހެނިހެން ކްލިނިކަލް އޭރިޔާގައި ބޭނުން ކުރެވޭ އެންމެހާ ފަރުނީޗަރ އަދި މެޝިނަރީޒް ފަދަ ތަކެތި ކޮންމެ ޑިއުޓީއެއްގައި ސާފުކޮށް ބެލެހެއްޓުން.
  2. ހޮސްޕިޓަލްގެ ޢިމާރާތްތަކުގެ އެތެރެއާއި، ގޯތިތެރެ ކުނިކަހައި ފޮޅައި ސާފުކުރުމާއި، ކުނިއުކަމުން ގެންދިޔުން.
  3. ހޮސްޕިޓަލްގައި ބޭނުންކުރެވޭ އެންމެހާ އިންސްޓްރޫމެންޓް ދޮވެ ސާފުކޮށް ރަނގަޅަށް ބަލަހައްޓަމުން ގެންދިއުން.
  4. ނަރުހުންނަށް އެހީތެރިކަންދީ ނަރުހުން އަންގާ ގޮތެއްގެ މަތީން ވޯޑްތެރޭގައި މަސައްކަތް ކުރުން.
  5. ކަނޑައެޅިފައިވާ ޑިއުޓީ ރޯސްޓާއާއި އެއްގޮތަށް މަސައްކަތް ކުރަމުން ގެންދިއުން.
  6. ހޮސްޕިޓަލުގައި ބޭނުން ކުރުމަށް ހޯދާފައިވާ ތަކެތި ދަބަރުޖަހައި ހަލާކުވިޔަ ނުދިނުމުގެ ގޮތުން އެފަދަ ތަކެތި ދަބަރުފިލުވައި ސާފުކަންމަތީ ބެލެހެއްޓުން.
  7. ބަލިމީހުން ބަލާ ކޮޓަރިތައް ސާފްކުރުން.

ޝަރުޠު

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

ޢިނާޔަތްތައް

- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- ރިސްކް އެލަވަންސް.

- ޝިފްޓް ޑިއުޓީ އެލަވަންސް ( ޑިއުޓީ އުސޫލުން މަސައްކަތް ކުރައްވާނަމަ )

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ފޯމު މި ހޮސްޕިޓަލްގެ ކައުންޓަރުންނާއި، އަދި ސިވިލް ސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުން ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ނުވަތަ އެކްރެޑިޓް ކޮށްދޭނޭކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރެޓީގެ ލިޔުން.)
  4. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގައި ބައިވެރިވި ކަމުގެ ލިޔުންތައް.
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލައްވާ ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީގެ މުއްދަތު އެނގޭ ގޮތުގެ ލިޔުންތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނޭ ކަންތައްތައް

- ތަޢުލީމާއި ތަމްރީނު

- މަސައްކަތުގެ ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

- ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު

ސުންގަޑި

- މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުމުގެ އެންމެފަހުގެ ތާރީޚަކީ 06 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި ހޮސްޕިޓަލްގެ އިދާރީ ސެކްޝަނަށް. އަދި މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.

- ދެންނެވިފައިވާ މުއްދަތުގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނޭ ވާހަކަވެސް ދަންނަން.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

- މި މަޤާމަށް ކުރަތިލާ މީހުންނާއި އިންޓަވިއު ކުރުން އޮންނާނީ މި ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލުގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ ޖަނަވަރީ މަހުގެ ތެރޭގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6660645 އެވެ.

22 ނޮވެންބަރު 2014