ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2023/15
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 30 މާރިޗު 2023 14:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު އުތުރު އަވަށު ހިއްކިބިމުގެ ސަރަހައްދުގައި އެހެލާފައިހުރި (P7316A-01(01-N ދޯނި އެތަނުން ނަގާ ތަން ހުސްކުރުން

މިރަށު އުތުރު އަވަށު ހިއްކިބިމުގެ ސަރަހައްދުގައި އެހެލާފައިހުރި (P7316A-01(01-N ދޯނި އެތަނުގައިހުރެ ގިނަދުވަސްތަކެއް ވޭތިވެގެން ދިޔައިރުވެސް އެދޯނި ބޭލުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއް ކުރަމުންދާކަން މިކައުންސިލަށް ފާހަގަ ކުރެވިފައެއް ނުވެއެވެ. އެހެންކަމުން އެތަނުގައި ހުރިދޯނި ފަހަރުނަގާ ތަންސާފުކުރުމުގެ މަސައްކަތް މިކައުންސިލުން ކުރަމުންދާތީ، ރަޖިސްޓްރީ ނަމްބަރު: (P7316A-01(01-N ދޯނީގެ ވެރިއަކު ހުރިނަމަ 30 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، މިކައުންސިލަށް ލިޔުމަކުން އަންގާ ދެއްވުމަށްފަހު، 30 އެޕްރީލް 2023ވާ އާދީއްތަ ދުވަހުގެ ނިޔަލަށް އެދޯނި ބޭލުމަށް ނުވަތަ މިކައުންސިލުން ދައްކާ ތަނަކަށް ބަދަލުކޮށް މިހާރުދޯނި އެހެލާފައިހުރި ސަރަހައްދު ހުސްކޮށްދިނުމަށް ޢާއްމުކޮށް އަންގަމެވެ. އަދި މިދެންނެވި މުއްދަތުގައި (30 މާރިޗު 2023 ވަނަދުވަހުގެ 14:00 އަށް) އެދޯނީގެ ވެރިޔެއްގެ މަޢުލޫމާތު ލިޔުމަކުން މިކައުންސިލަށް އަންގާފައި ނުވާނަމަ، އެއީ ވެރިއަކުނެތި ދޫކޮށްލެވިފައިވާ ދޯންޏެއް ކަމަށްބަލާ އެދޯނި ނައްތާލުމުގެ މަސއްކަތް މިކައުންސިލުން ކުރިއަށް ގެންދާނެކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރަމެވެ.  

12 މާރިޗު 2023