ދިވެހިރާއްޖެ
ދ. ބަނޑިދޫ ވޮލީކޯޓްގެ ޓާފް، ލައިޓް ޕޯސްޓް އަދި ވޯކްވޭ އިންސްޓޯލްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރ (IUL)376/376/2023/4 އިޢުލާނާއި ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓުގައި ފުށޫއަރުންތަކެއް ހުރިކަން މިކައުންސިލަށް ފާހަގަކުރެވިފައިވާތީ އެއިޢުލާން ބާތިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މިމަސައްކަތް ކުރުމަށް ޝައުވެރިވާ ފަރާތްތަކުން 20 މާރޗް 2023 ވަނަ ދުވަހުގެ 11:00 ގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ކަނޑައެޅިފައިވާ ތާރީޚަށް ބިޑްގައި ބައިވެރިމަށްއެދި މިކައުންސިލްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި މިކަމަށް އެދި ހުށަހެޅޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ 100 ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.
މި އިޢުލާނާއި ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ 29 މާރޗް 2023 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި، މިކަމަށް އެދި ހުށަހަޅާ ހުރިހާ ފަރާތެއްގެ އެއް ހާޒިރުގައި ބަނޑިދޫ ކައުންސިލްގެ އިދާރާގައެވެ. އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 20 މާރޗް 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން މޮބައިލް ނަންބަރ 7992129/9650005 އަށް ގުޅައިގެން ނުވަތަ މިކައުންސިލްގެ އީ-މެއިލް [email protected] އަށް މެއިލްކޮށްގެން މައުލޫމާތޫ ސާފުކުރުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.