ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2014/169
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:18
ސުންގަޑި: 08 ޖަނަވަރީ 2015 14:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު

ލީގަލް އޮފިސަރ

ރޭންކް/ކްލެސިފިކޭޝަން

 CS 9-2 / ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ޑިޕާޓްމަންޓް / ސެކްޝަން

ލީގަލް އެންޑް މޮނިޓަރިންގ

ބޭނުންވާ އަދަދު

1

މުސާރަ

-/10020 ރުފިޔާ

ސަރވިސް އެލަވަންސް

-/3600 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢްލީމާއި ތަޖްރިބާ

1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ  ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތު

1. މިނިސްޓްރީގެ ދާއިރާގެ ޤާނޫނުތަކާއި ގަވާއިދުތައް ހެދުމާއި، މިނިސްޓްރީގެ މަސައްކަތާ ގުޅިގެން ޤާނޫނީ ގޮތުން ލަފާދިނުމާއި، މީގެ އިތުރުންވެސް ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހާ ކަންކަންކުރުން.

މަޤާމު

ހިއުމަން ރިސޯސް އޮފިސަރ

ރޭންކް/ކްލެސިފިކޭޝަން

 MS2/ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސަރވިސް

ޓެކްނިކަލް ސަރވިސް

ޑިޕާޓްމަންޓް / ސެކްޝަން

ހިއުމަންރިސޯސް މެނޭޖްމަންޓް

ބޭނުންވާ އަދަދު

1

މުސާރަ

-/6295 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ

  1. ހިއުމަންރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ހިއުމަންރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. ހިއުމަންރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  4. ހިއުމަންރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު

1. މިނިސްޓްރީ އާއި އެމް.އެން.ޑީ.އެފްގެ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ބޭނުންކުރާ ސެޕް ސިސްޓަމުގައި ހިމެނޭ އެޗް.އާރު މޮޑިއުލްގެ މަސައްކަތްތައް ކުރުން.

2. އެމް.އެން.ޑީ.އެފްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަކިކުރުމާއި، މުވައްޒަފުންގެ މަޢުލޫމާތު ސިސްޓަމުން އަޕްޑޭޓުކޮށް ބެލެހެއްޓުން.

3. މިނިސްޓްރީއާއި އެމް.އެން.ޑީ.އެފްގެ ޔުނިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރިކޯޑު ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެޗް.އާރު ސިސްޓަމުން ހާޒިރީ ރިކޯޑުތައް ބެލެހެއްޓުމާއި އަދި ޗުއްޓީ ރިކޯޑުތައް ބެލެހެއްޓުން.

މަޤާމު

އެކައުންޓްސް އޮފިސަރ

ރޭންކް/ކްލެސިފިކޭޝަން

 MS2/ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސަރވިސް

ޓެކްނިކަލް ސަރވިސް

ޑިޕާޓްމަންޓް / ސެކްޝަން

ފައިނޭންސް އެންޑް އެކްއިޒިޝަން

ބޭނުންވާ އަދަދު

2

މުސާރަ

-/6295 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ

  1. ބަޖެޓް ނުވަތަ ފައިނޭންސްއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ބަޖެޓް ނުވަތަ ފައިނޭންސް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ބަޖެޓް ނުވަތަ ފައިނޭންސްއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ބަޖެޓް ނުވަތަ ފައިނޭންސް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. ބަޖެޓް ނުވަތަ ފައިނޭންސްއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  4. ބަޖެޓް ނުވަތަ ފައިނޭންސްއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު

1. މިނިސްޓްރީ އާއި އެމް.އެން.ޑީ.އެފްގައި މަސައްކަތްކުރާ ޢާއްމު މުވައްޒަފުންގެ މުސާރަތައް ހެދުމާއި، ފިނޭންސް މިނިސްޓްރީއަށް ވައުޗަރތައް ޕޯސްޓްކުރުން.

2. ފިނޭންސް މިނިސްޓްރީއަށް ޕޯސްޓްކުރާ ބިލްތަކުގެ ޖީ.އެލް ކޯޑުތައް މަހުންމަހަށް ރިޕޯޓުތައް ނަގައި ތައްޔާރުކުރުމާއި ކޮންމެމަހަކު ފޮނުވަންޖެހޭ ޚަރަދު ރިޕޯޓު ތައްޔާރުކުރުން.

3. ޑިރެކްޓަރ ޖެނެރަލް ލަފާގެ މަތިން ސެކްޝަންގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

8 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ ދުވަހު 14.00 ގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (ބަންޑާރަކޮށި/އަމީރުއަހްމަދު މަގު) އަށް

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެ).

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

3. ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ).

5. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

6. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރި ގޮތުގެ ލިޔުންތައް. (ޚިދުމަތްކުރި މުއްދަތު އެނގޭ ގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަމްރީނާއި މަސައްކަތު ތަޖުރިބާ

- މަސައްކަތު އަޚުލާޤު

- މަސައްކަތް ކުރުމުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

- ކޮމިއުނިކޭޝަން ސްކިލްސް ނުވަތަ މަޢުލޫމާތު ލިޔުމުންނާއި އަނގަބަހުން އެހެން ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ހުނަރު.

އިންޓަވިއު ކުރުން

މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނީ 13 ޖަނަވަރީ 2015 އިން ފެށިގެން މި މިނިސްޓްރީގައެވެ. އަދި އިންޓަވިއު އޮންނަ ތާރީޚުގެ 2 ދުވަސް ކުރިން އެމީހަކަށް އަންގާނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އަދި އިންޓަވިއު ކުރާނީ ޝޯޓްލިސްޓު ކުރެވުނު 10 ފަރާތާއެވެ.

މަސައްކަތް ކުރަންޖެހޭ ތަން

މި މަޤާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޢާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭނީ މާލޭގައެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3342967، 3313724 ނަންބަރު ފޯނާއެވެ.

03 ރަބީޢުލްއައްވަލް 1436

25 ޑިސެންބަރު 2014