ޢާންމު މަޢުލޫމާތު
ނަންބަރު: (PR)239-CAS/239/2023/2
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 12 ޑިސެންބަރު 2023 00:00
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުކައުންސިލްތަކުގެ 2022 ވަނަ އަހަރުގެ މާލީބަޔާން

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 102 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، ރަށު ކައުނސިލްގެ އާމްދަނީއާއި ޚަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، އަތޮޅުކައުންސިލަށް، ރަށު ކައުންސިލްގެ ރައީސް ހުށަހަޅަން ޖެހެއެވެ.

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް 2022 ވަނަ އަހަރުގެ މާލީ ހިސާބުތައް ހުށަހަޅުއްވާފައިވާ، މިއިދާރީ ދާއިރާގެ 8 ރަށު ކައުންސިލްގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

  1. ކޮޅުމަޑުލު ބުރުނީ ކައުންސިލް
  2. ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް
  3. ކޮޅުމަޑުލު ގުރައިދޫ ކައުންސިލް
  4. ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލް
  5. ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލް
  6. ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލް
  7. ކޮޅުމަޑުލު ކިނބިދޫ ކައުންސިލް
  8. ކޮޅުމަޑުލު އޮމަދޫ ކައުންސިލް

 

ދެންނެވުނު ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލުތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

 

                17 ޝަޢުބާން 1444

                09 މާރިޗު 2023

09 މާރިޗު 2023