ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/1/2014/264
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:12
ސުންގަޑި: 11 ޖަނަވަރީ 2015 14:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ   

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް: MS 3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ސްޕެޝަލްޑިއުޓީ އެލަވަންސް

މުސާރާގެ %35

މަސައްކަތް ކުރަންޖެހޭ ތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ / އޮފީސް އެޑްމިނިސްޓްރޭޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެމް. އެފް.ޑީ.އޭގެ އިދާރީ މަސައްކަތްތައް ޑިރެކްޓަރ ޖެނެރަލްގެ ލަފާއާއި މަޝްވަރާއާއެކު ރާވައި، ހިންގައި މޮނިޓަރކޮށް ބެލެހެއްޓުން.
  2. އެމް.އެފް.ޑީ.އޭގެ ބަޖެޓް/ އެކްޝަން ޕްލޭން/ ސްޓްރެޓެޖިކް ޕްލޭން ހަދައި އިމްޕްލިމެންޓް ކޮށް މޮނިޓަރ ކުރުން. އަދި އޮފީހުގެ މަރާމާތާއި މެޝިނަރީޒްގެ މަރާމާތު އަދި އޮފީހަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް މޮނިޓަރ ކުރުން. 
  3. މުވައްޒަފުންގެ ހާޒިރީ، އެޕްރައިސަލްސް، އަދި އިޞްލާޙީ ފިޔަވަޅުތައް ސިވިލް ސާރވިސް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކުރުވައި ސުޕަވައިޒްކޮށް ބެލެހެއްޓުން.
  4. އެމް.އެފް.ޑީ.އޭގެ އައި.ޓީ އާ ބެހޭ ކަންތައްތައް ވިލަރެސް ކޮށް ބެލެހެއްޓުމުގެ މަސައްކަތް ސުޕަވައިޒް ކުރުމާއި އެމް.އެފް.ޑީ.އޭ ގެ ވެބްސައިޓްާއި އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް ގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ  

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް:GS 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ސްޕެޝަލްޑިއުޓީ އެލަވަންސް

މުސާރާގެ %35

މަސައްކަތް ކުރަންޖެހޭ ތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ / އޮފީސް އެޑްމިނިސްޓްރޭޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޑިވިޜަންތަކުގެ މަސައްކަތް ހިނގާ މިންވަރު އަދި ފެންވަރު ބެލުމަށް ކުރާ މަސައްކަތް ޑިރެކްޓަރ ޖެނެރަލްގެ ލަފާޔާއެކު ކުރުން.
  2. ޑިރެކްޓަރ ޖެނެރަލް ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާތަކުގެ މިނިޓްސް ލިޔެ ޖަލްސާގެ ބައިވެރިންނަށް މިނިޓްސް ފޮނުވުން.
  3. އެމް.އެފް.ޑީ.އޭގެ އެޑްމިނިސްޓްރޭޝަނުން ލިޔަންޖެހޭ ސިޓީ، ރިޕޯޓު، ނޯޓް މެމޯ އަދި ޚިދުމަތަށް އެދޭ ފަދަ ތަކެތި ލިޔެ ފޮނުވަން ޖެހޭ ތަންތަނަށް ފޮނުވުން.
  4. ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ގަވާއިދުތަކާއި މިންގަނޑުތައް ހެދުމުގެ މަސައްކަތްތައް ސުޕަވައިޒަރގެ ބެލުމުގެ ދަށުން ކުރުމާއި ފުޑް ކޮންޓްރޯލް ޑިވިޝަންގެ ޕްރޮޖެކްޓުތައް ތަންފީޒު ކުރުމަށްޓަކައި އެހީތެރިވުން.

ތަޢުލީމާއި ތަޖުރިބާ

  1. މެނޭޖްމަންޓު ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު

ލެބޯޓްރީ ޓެކްނޮލޮޖިސްޓް  

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:MS 2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރާގެ %35

މަސައްކަތް ކުރަންޖެހޭ ތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ / ފުޑް ކޮންޓްރޯލް ޑިވިޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މެންޑޭޓް ހިންގުމަށްޓަކައި ފުޑް ކޮންޓްރޯލް ޑިވިޝަނުން އެކްޝަން ޕްލޭން ތަންފީޒް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި އެހީތެރިވެދިނުން.
  2. އެކްސްޕޯޓް ހެލްތު ސެޓްފިކޭޝަންގެ ސުޕަވައިޒަރެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން، ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ އިދާރީ ކަންތަކާއި، ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޝިފްޓުތަކުގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް ޔުނިޓް ހެޑަށް ހުށަހެޅުމާއި، އެކްސްޕޯޓް ކުރެވޭ ކާބޯތަކެތީގެ ރިކޯޑުތައް ޑޮކިއުމަންޓުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން.
  3. ހެލްތު ސެޓްފިކޭޝަން ޔުނިޓުގައި ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ހިންގާ މަސައްކަތްކުރުމަށް ހެދިފައިވާ ގަވާއިދުތަކާއި މި ގަވާއިދުތަކުގެ ދަށުން ޕްރޮސީޖަރތައް ހެދުމުގެ މަސައްކަތް ކުރުމާއި މިޕްރޮސީޖަރތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ކެމިސްޓްރީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 7 ނުވަތަ ލެވަލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ ސީވީ)

ސުންގަޑި

11 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު އަށް

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ގައި)

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014400 އެވެ.

 

24 ޑިސެންބަރު 2014