މުބާރާތް
ނަންބަރު: (IUL)249-B/249/2023/19
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 16 އޭޕްރިލް 2023 13:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެލާ ކައުންސިލްގެ ވޮލީމުބާރާތް 2023

ކެލާ ކައުންސިލްގެ ވޮލީ މުބާރާތް 2023

           ހއ. ކެލާގެ ސަރުކާރުގެ މުއައްސަސާތަކާއި، ހއ. ކެލާގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުލަބު ޖަމުއިއްޔާތަކަށާއި، ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ޓީމްތަކަށް އަދި ކެލާ ކައުންސިލްއިން ދައުވަތުދޭ އެހެން ކަންސިލްތަކުގެ ޓީމްތަކަށް ހުޅުވައިލައިގެން ކެލާ ކައުންސިލްގެ ފަރާތުން އަންހެން އަދި ފިރިހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ވޮލީ މުބާރާތެއް 29 އެޕްރީލް 2023 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

           މި މުބާރާތުގެ ޤަވާއިދު އަދި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމު 12 މާރިޗް 2023 ވަނަ ދުވަހުން ފެށިގެން 15 އެޕްރީލް 2023 ގެ ނިޔަލަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން އަދި އިދާރާގެ ވެބްސައިޓް www.kelaa.gov.mv  އިން ލިބެން ހުންނާނެއެވެ.އަދި މުބާރާތުގައި ބައިވެރިވެލެއްވުމަށް ފޯމު ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 16 އެޕްރީލް 2023 ވާ އާދިއްތަ ދުވަހުގެ 13:00 ކުރިން ކަމުގައި ދަންނަވަމެވެ.

           އަދި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން އަދި އިދާރާގެ ވެބްސައިޓް www.kelaa.gov.mv  އިން ލިބެން ހުންނާނެއެވެ.

           ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 މާރިޗު 2023