ޢާންމު މަޢުލޫމާތު
ނަންބަރު: (PP)252/252/2023/2
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 11:26
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ވެހިކަލްތަކުގެ ޙިދުމަތް ފޯރުކޮށްދިނުމުގެ އުޞޫލް

ކައުންސިލްގެ ވެހިކަލްތައް ކުއްޔަށް ދިނުމުގެ އުޞޫލު

 

  ތަޢާރަފް : 

މިއުޞޫލަކީ ފިއްލަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 71 ވަނަ އާންމު ބައްދަލުވުމުން، ކައުންސިލްގެ  ވެހިކަލްތައް ކުއްޔަށް ދޫކުރުމުގެ ގޮތުން ކައުންސިލުން އެކަށައަޅާ ފާސްކުރެވިފައިވާ އުޞޫލެވެ.

 

 ޢަމަލު ކުރަން ފަށާތާރީޚް:

މިއުޞޫލަށް ޢަމަލު ކުރަންފަށާނީ ކައުންސިލުން މިއުޞޫލު ފާސްކޮށް، ދިވެހި ސަރުކާރު ގެޒެޓްގައި ޝާޢިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

  1. އަގު:

1.1    އާންމު ފަރުދުންނަށް އެކްސްކަވޭޓަރ ދޫކުރެވޭނީ ގަޑިއަކު 1000ރ (އެއްހާސް) ރުފިޔާގެ ރޭޓުންނެވެ. ވިޔަފާރިތަކަށް ދޫކުރެވޭނީ 1500ރ (އެއްހާސް ފަސްސަތޭކަ) ރުފިޔާގެ ރޭޓުންނެވެ.

1.2    އާންމު ފަރުދުންނަށް ރަށުޕިކަޕް ދޫކުރެވޭނީ ގަޑިއަކަށް 100ރ (ސަތޭކަ) ރުފިޔާގެ ރޭޓުންނެވެ. ވިޔަފާރިތަކަށް ދޫކުރެވޭނީ 200ރ (ދުއިސައްތަ) ރުފިޔާގެ ރޭޓުންނެވެ.

2. ވެހިކަލްތައް ކުއްޔަށް ދިނުމުގައި ބަލާނެ މިންގަނޑުތައް.

2.1 އެކްސްކަވޭޓަރ ކުއްޔައް ދޫކުރުމަށް ހަމަޖެހިފައިވަނީ މަދުވެގެން 1 (އެކެއް) ގަޑިއިރަށެވެ. އަދި އިތުރުވާ ވަގުތަށް އަގު ނަގާނީ ފަހަރަކު ގަޑިއިރަކުން އިތުރުކުރާ ގޮތަށެވެ.

2.2   ރަށު ޕިކަޕް ކުއްޔަށް ދޫކުރާނީ މަދުވެގެން 30 (ތިރީސް) މިނެޓަށެވެ. މިގޮތުން ކުއްޔަށް ދިނުމުގައި އަގު ނަގާނީ ގަޑި އިރަކަށް ޖެހޭ ރޭޓުން ބަލައިގެންނެވެ. އަދި އިތުރުވާ ވަގުތަށް އަގު ނަގާނީ ފަހަރަކު ބައިގަޑިއިރަކުން އިތުރުކުރާ ގޮތަށެވެ.

2.3   ވެހިކަލް ކުއްޔަށް ދޫކުރެވޭނީ، ވެހިކަލް ކުއްޔަށް ދޫކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ފޯމް އަދި އެހެނިހެން   ލިޔެކިޔުންތައް ހުށައެޅުމުންނެވެ.

2.4   ވެހިކަލް ކުއްޔަށްނަގާ ވަގުތު ގުނާނީ މަސައްކަތްކުރާ ސައިޓަށް ވެހިކަލް  ދާހިސާބުން ފެށިގެން، މަސައްކަތްކޮށް ނިންމާ ވެހިކަލް އެ ސައިޓަކުން ނިކުންނަ ހިސާބަށެވެ.

2.6    އަމިއްލަ ފަރާތަކުން ވެހިކަލް ކުއްޔަށް ނަގައިގެން ކުރަންވާނީ އެމީހެއްގެ އަމިއްލަ މަސައްކަތެވެ. އަދި އެއްވެސް ކުންފުންޏަކަށް، މުއައްސަސާއަކަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް މަސައްކަތް ކޮށްދިނުމަކީ މަނާކަމެކެވެ.

2.7     މި އުސޫލުގެ 2 ވަނަ ނަންބަރުގެ 6 ވަނަ މާއްދާއާއި ޚިލާފަށް އެއްވެސް މަސައްކަތެއް ކުރާކަން އެނގިއްޖެ ހިނދެއްގައި އެމަސައްކަތެއް ހުއްޓުވައި، ވެހިކަލް ކުއްޔަށް ހިފިފަރާތް 5000ރ (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

2.8  އެއްވެސް ތަނަކަށް ނުވަތަ މީހެއްގެ މުދަލަކަށް ގެއްލުންވާފަދަ ގޮތަކަށް އެއްވެސް މަސައްކަތެއް ކުރުވުމަކީ މަނާކަމެކެވެ.

2.9  ވެހިކަލް ކުއްޔަށް ނަގައިގެން ކުރާ އެއްވެސް މަސައްކަތަކުން މީހެއްގެ ނުވަތަ މުއައްސަސާއެއްގެ، ކުންފުންޏެއްގެ މުދަލަކަށް ތަނަކަށް ގެއްލުން ވެއްޖެނަމަ އެ ގެއްލުމެއްގެ ފުރިހަމަ ޒިންމާ ނަގަންވާނީ ވެހިކަލް ކުއްޔަށް ހިފާ ފަރާތުންނެވެ.

2.15  މަސައްކަތް ނިމުމަށްފަހު، ބިލް ފޮނުވާތާ ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާފިނަމަ އިތުރުވާ ކޮންމެ ދުވަހަކަށް 100ރ( އެއްސަތޭކަ ރުފިޔާ) ޖޫރިމަނާގެ ގޮތުގައި ނެގޭނެއެވެ.

2.16މި އުޞޫލުގައިވާ ގޮތުގެ މަތިން ވެހިކަލް އޮޕަރޭޓްކުރާ ޑްރައިވަރު އާއްމުގޮތެއްގައި ހަމަޖައްސާނީ މިކައުންސިލުންނެވެ. ނަމަވެސް ކައުންސިލުން ޑްރައިވަރު ހަމަޖެއްސެވެންނެތް ހާލަތެއްގައި ޑްރައިވަރެއް ހަމަޖެއްސުމާއި އެފަރާތަށް ދޭން ޖެހޭ އުޖޫރައެއް ހަމަ ޖެއްސުމަކީ ވެހިކަލް ކުއްޔައް ހިފާ ފަރާތުގެ ޒިންމާއެކެވެ. ވެހިކަލް އޮޕަރޭޓްކުރާ ފަރާތަކީ އެކަމަށް ބޭނުންވާ ލައިސަންސް އޮތް ކައުންސިލުން ގަބޫލުކުރާ ފަރާތަކަށް ވާންޖެހޭނެއެވެ.

2.17 މިއުޞޫލްގެ 2.16 ގައި ބަޔާންކޮށްފައިވާގޮތަށް، ކުއްޔަށްނަގާ ފަރާތްތަކުން ޑްރައިވަރ ހަމަޖައްސާ ހާލަތްތަކުގައި ޑްރައިވަރަށް ދޭންޖެހޭ މުސާރަ ދިނުމަކީ ކުއްޔަށްނަގާ ފަރާތުގެ ޒިންމާއެކެވެ.

 

 

3 - ވެހިކަލް ބޭނުންކޮށްގެން ކުރުން މަނާ މަސައްކަތް (ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ކޮށްގެން ލިބޭ ގެއްލުމެއްގެ ފުރިހަމަ ޒިންމާ ނަގަންވާނީ ކުއްޔަށްހިފާ ފަރާތުންނެވެ.)

3.1- އަމިއްލަ ގެޔަށް ނުވަތަ އެހެން މީހެއްގެ ގެއަށް އެޅުމަށް ކަޅުވެލިކޮނެ ލޯޑުކުރުން.

3.2- މޫދުން ވެލިނެގުން ނުވަތަ ހިއްކުން.

3.3- ތިމާވެއްޓަށް ގެއްލުންވާފަދަ އެއްވެސް މަސައްކަތެއް ކުރުން.

3.4- ވެހިކަލްތަކަށް ނުއުފުލޭ ނުވަތަ ނުހިފޭވަރަށް ލޯޑުކުރުން.

3.5- އެހެންމީހެއްގެ މުދަލަށް ގެއްލުމެއްވާފަދަ ގޮތަކަށް މަސައްކަތް ކުރުން.

3.6- ވެހިކަލް ކުއްޔަށް ހިފާފަރާތުން އެއްވެސް ވެހިކަލެއް ބޭނުންކޮށްގެން ކުރަންވާނީ ވެހިކަލް ކުއްޔަށްހިފާފަރާތުން ފުރިހަމަކޮށް ހުށައަޅާ ފޯމުގައި ބަޔާންކޮށްފައިވާ މަސައްކަތް ނުވަތަ މަސައްކަތްތައް އެކަންޏެވެ. އިސްވެ ބަޔާންކުރެވުނު ގޮތައް ފިއްލަދޫ ކައުންސިލުން ލިޔުމުން ހުއްދަނުދޭ އެއްވެސް މަސައްކަތެއް ކޮށްގެން ދިމާވާ އެންމެހާ ކަންކަމުގެ ފުރިހަމަ ޒިންމާ ވެހިކަލް ކުއްޔަށް ނެގިފަރާތުން އުފުލަން ވާނެއެވެ.

12 މާރިޗު 2023