ދިވެހިރާއްޖެ
އިޢުލާން
ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު:
ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 107 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން މިކައުންސިލުން ތަންފީޒު ކުރަމުންދާ މި ހިނގާ 5 އަހަރުގެ ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "2023 ޖަނަވަރީ - ފެބުރުވަރީ" މި މަސްތަކުގެ "ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ ރިޕޯޓް" މި އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައިހުންނާނެއެވެ.
ދާއިރާ ނަންބަރު |
ދާއިރާ |
ލަނޑުދަނޑި |
ތަންފީޒު ކުރުމަށް ހިންގާނެ ހަރަކާތް |
ތަންފީޒުވި މިންވަރު |
|
ޖަނަވަރީ |
ފެބުރުވަރީ |
||||
1.2.4 |
ދީނީ މުޖުތަމަޢެއް ބިނާކުރުން |
އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ދިރުވުން |
ހަދާން އާކޮށްދިނުމުގެ މެސެޖްތަކާއި ޕޯސްޓްތައް ފޯރުކޮށްދިނުން |
13% |
|
1.5.1 |
ޒަމާނީ ފެންވަރަށް މިސްކިތްތައް ބަދަލުކުރުން |
މިސްކިތު އާބާތުރަ ފިލުވުން |
80% |
100% |
|
2.6.3 |
އަސާސީ ޙިދުމަތްތަކާއި، ރަށްވެހި ޚިދުމަތް ފޯރުކޮށްދިނުން |
ބަނދަރާއި، ދޯނިއެހެލާ ބަނދަރާއި، ފާލަމާއި ފެރީ ޓާރމިނަލް ފަދަ ތަންތަން ހަދައި ބެލެހެއްޓުން |
ރަށު ރަމްޒު ނިންމުމާއި ހުޅުވުން |
80% |
100% |
7.2.3 |
އިޤްތިޞާދު ކުރިއެރުމާއި ވަޒީފާ އިތުރުކުރުން |
ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުން |
ދަނޑުވެރިކަމަށް ދޫކުރެވޭ ބިންތައް ދޫކުރުން |
30% |
50% |
7.3.2 |
ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުން |
ގެސްޓްހައުސް އެޅުމަށް ބިން ދޫކުރުން |
30% |
50% |
|
7.4.3 |
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުން |
ޕެޓްރޯލް/ޑީސެލް ޝެޑެއް އެޅުމަށް ބިން ދޫކުރުން |
30% |
50% |
|
7.4.8 |
އޭޓީއެމެއް ޤާއިމް ކުރުން |
100% |
|
||
10.3.6 |
މިންތީގެ ހަމަހަމަކަން |
ދެޖިންސުގެ މެދުގައި ކުޅިވަރު ކުޅުމުގެ ރޫހު އަށަގަންނުވާ، އެކި މުބާރާތްތައްރާވާ ހިންގުން |
ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވުން |
50% |
100% |
11.1.1 |
ހިންގުން ހަރުދަނާކުރުމާއި އޯގާތެރި ކައުންސިލް |
ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާކުރުން |
ޒަމާނީ ވަސީލަތްތައް ޤާއިމްކުރުން |
100% |
100% |
11.1.2 |
އިމާރާތް ތަރައްޤީކުރުމާއި ޖާގަ ތަނަވަސްކުރުން |
100% |
100% |
||
11.2.1 |
ރައްޔިތުންގެ ބާރުވެރިކަން |
ލާމަރުކަޒީ ދުވަސް ފާހަގަ ކުރުން |
|
100% |
|
11.6.1 |
ސްމާޓް ކައުންސިލް |
ކައުންސިލްގެ ރަސްމީ ވެބްސައިޓު ލާންޗް ކުރުން |
|
100% |
|
11.6.5 |
ކޭބަލް ޓީވީ ގެ ޚިދުމަތްދީ ބެލެހެއްޓުން |
100% |
100% |
މި ރިޕޯޓުގައި ހިމަނާފައިވާނީ ތަރައްޤީގެ ޕްލޭންގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން މިއަހަރު ތަންފީޒުކުރުމަށް ވޯކިންގ ޕްލޭންގައި ރޭވި، މި ދެމަހު ހިންގުނު ހަރަކާތްތަކެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ ކައުންސިލުން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ކައުންސިލުންދޭ ރަށްވެހިކަމުގެ ޚިދުމަތްތަކާއި މިކައުންސިލުން ބަލަހައްޓަމުންދާ ރަށުގެ މަގުތަކާއި ބަނދަރުތައް ދިއްލާ ބެލެހެއްޓުމާއި އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުންފަދަ ދުވަހުން ދުވަހަށް އާންމުކޮށް ކުރަމުންދާ ކަންކަން މިރިޕޯޓުގައި ހިމަނާފައިނުވާނެއެވެ.މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.