ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ، ކުޅުދޫ އަވަށު ގަބުރުސްތާން ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރި ނަންބަރު (IUL)286-PRJ/286/2023/12 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ބީލަންތަކެއް ލިބިފައިނުވާތީއާއި މަސައްކަތުގެ ސްޕެސިފިކޭޝަނަށް ބަދަލުތަކެއް އައުމުން ކުރިން ކުރެވުނު އިޢުލާން ބާޠިލުކޮށް އަލުން މިމަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ވީމާ މިކައުންސިލުން ދޭ ކުރެހުމާއި މަސައްކަތުގެ ސްޕެސިފިކޭޝަނާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސެޝަންގައި ބައިވެރިވެ އެކަމަށް އެދި ބީލަން ހުށައެޅުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިބީލަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
މިބީލަމާއި ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި، މަސައްކަތުގެ ކުރެހުމާއި، ހުށައަޅަންޖެހޭ އެންމެހާ ފޯމްތަކާއި އަދި ބީލަން ވަޒަންކުރާނެގޮތް އަންގައިދޭ ކަރުދާސް މިއިޢުލާނާއެކު ގެޒެޓްކުރެވިފައި ވާނެއެވެ.
ސުންގަޑިތައް:
ބިޑު ރަޖިސްޓްރޭޝަން |
16 މާރިޗު 2023، 14:00 ގެ ނިޔަލަށް |
|
މަޢުލޫމާތު ސެޝަން |
21 މާރިޗު 2023، 11:00 |
ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް |
ބީލަން ހުޅުވުން |
28 މާރިޗު 2023، 11:00 |
ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް |
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.
17 ޝައުބާން 1444
09 މާރިޗު 2023