ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2023/007
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 17:08
ސުންގަޑި: 18 މާރިޗު 2023 18:45
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ ޢާއްމު ޖަލްސާ 2023

                       

އިޢުލާން

އަހަރީ ޢާއްމު ޖަލްސާ 2023

 

05 މާރިޗު 2023 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2023 ވަނަ އަހަރުގެ 02 ވަނަ ޖަލްސާގައި މިއެސޯސިއޭޝަންގެ އަހަރީ ޢާއްމު ޖަލްސާ 18 މާރިޗު 2023 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާކަން އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

ހިންގާ ޤަވާޢިދުގެ 13(ތޭރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ގެ ތެރެއިން ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ މެމްބަރުން އަދި ހިންގާ ޤަވާޢިދުގެ 16(ސޯޅަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ 18 އަހަރުން މަތީގެ ޕޫލް މެމްބަރުން  31 ޖަނަވަރީ 2023 ވީ އަންގާރަ ދުވަހުގެ ނިޔަލަށް، 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް މެމްބަރޝިޕްފީ ދައްކަވާ މެމްބަރުންނަށް މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ.

އެސޯސިއޭޓް މެމްބަރުން (ކްލަބު) ގެ ތެރެއިން، މިއެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 12(ބާރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން މިއެސޯސިއޭޝަންގައި ރަޖިސްޓްރީވެ ހަރަކާތްތެރިވެފައިވާ އެސޯސިއޭޓް މެމްބަރުން (ކްލަބު) ގެ ތެރެއިން 31 ޖަނަވަރީ 2023 ވީ އަންގާރަ ދުވަހުގެ ނިޔަލަށް، 2023  ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީ ދައްކަވާ ފާއިތުވި 2 އަހަރުގެ މިއެސޯސިއޭޝަންގެ މެމްބަރ ކްލަބް ތަކަށް މިޖަލްސާގައި ބައިވެރިވުމުގެ ހައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ.އަދި  މިއެސޯސިއޭޝަންގެ މެމްބަރ ކްލަބް ތަކުން ފާއިތުވި ދެ އަހަރު އެސޯސިއޭޓް މެމްބަރުން (ކްލަބް) ގެ ގޮތުގައި މިއެސޯސިއޭޝަންގައި ރަޖިސްޓްރީވެ މުބާރާތްތަކުގައި ވާދަކޮށްފައިވާ ކްލަބް ތަކަށް މިޖަލްސާގައި ވޯޓް ލުމުގެ ހައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ

ޝަރުތުހަމަވާ ކްލަބް ޖަމިއްޔާ އަދި ފުރިހަމަ މެމްބަރުންގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. އަހަރީ ޢާއްމު ޖަލްސާ އަށް އެންމެހާ މެމްބަރުން، މެމްބަރޝިޕް ކާޑް އަދި އައި.ޑީކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

      15 މާރިޗު 2023 ވާ ބުދަ ދުވަހު އާޢްމު ޖަލްސާ ބޭއްވޭނެ ތަނާއި ގަޑި އިޢުލާން ކުރެވި ގެޒެޓް ކުރެވޭނެކަން އެންމެހާ މެމްބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

 

 

 

09 މާރިޗު 2023