ވަޒީފާގެ ފުރުޞަތު
ނަންބަރު: MGPL-HR/AD/14-25
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 07 ޖަނަވަރީ 2015 13:00
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ފައިނޭންސް މެނޭޖަރ

ފައިނޭންސް މެނޭޖަރ

މަޤާމު:

  • ކުންފުނީގެ އަމާޒަށް ވާސިލުވުމަށްޓަކައި ހާސިލުކުރަންޖެހޭ ފައިނޭންޝަލް ލަނޑުދަނޑިތައް ތައްޔާރުކޮށް ގަވާއިދުން ރިވިއުކުރުން.
  • ފައިސާއާބެހޭ މަސައްކަތްތައް ރާވައި ހިންގާނެ ގޮތުގެ ހަރުދަނާ މިންގަނޑުތަކާއި އުސޫލެއް ތައްޔާރުކޮށް، ތަންފީޒުކޮށް ގަވާއިދުން މޮނިޓަރކުރުން.
  • ކުންފުނީގެ ތަރައްޤީއާއި ކުރިއެރުމަށް އެކުލަވާލެވޭ އަދި ހިންގޭ އެކިކަންކަމާއި ޕްލޭންތައް ތަންފީޒުކުރުމުން އެ މުޢާމަލާތްތަކުން ނުކުމެދާނެ ނަތީޖާތަކާމެދު ބޯޑު ޑިރެކްޓަރުންނަށާއި މެނޭޖިންގ ޑިރެކްޓަރަށް ފަންނީ ލަފާދިނުން.
  • ކުންފުނީގެ މާލީޙާލަތު ދެނެގަތުމަށާއި ފުދުންތެރިކަން އިތުރުކުރުމަށް ދުރުރާސްތާގެ ފައިސާއާބެހޭ ލަނޑުދަނޑިތައް އެކުލަވާލައި ހާސިލުވާ މިންވަރު ބެލެހެއްޓުން.
  • ކުންފުނިން ވާސިލުވާން ބޭނުންވާ އަމާޒުތަކަށާއި ކުންފުނީގެ އާމްދަނީއާއި ހަރުމުދަލަށް ކުރެވޭ ޚަރަދުތަކާ އަޅާކިޔައި ކުންފުނީގެ ބަޖެޓް ހަރުދަނާ ނިޒާމެއްގެ ދަށުން ކޮންޓްރޯލްކުރުން.
  • ކުންފުނީގެ ފައިސާއާ ބެހޭ ވާޖިބުތައް އަދާކުރުމަށް ބޯޑު ޑިރެކްޓަރުންނާއި މެނޭޖިންގ ޑިރެކްޓަރާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކުންފުންޏަށް މާލީގޮތުން ދިމާވާ ގޮންޖެހުންތައް ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކަށް އެކަންކަން ހުށަހަޅާ، އެކަންކަން ހައްލުކުރުމަށް ހަރުދަނާ އުސޫލެއްގެ މަތިން މަސައްކަތްކުރުން.
  • ކުންފުނީގެ ހަރުމުދަލަށް ކުރެވޭ އިންވެސްޓްމަންޓް ސްޓްރެޓަޖީ އަދި ޕްލޭންސް ތައްޔާރުކޮށް، ހަރުމުދާ ބެލެހެއްޓުމުގައި އަމަލުކުރާނެ ހަރުދަނާ ފައިނޭންޝަލް ކޮންޓްރޯލް ސިސްޓަމެއް އެކުލަވާލައި ބެލެހެއްޓުން އަދި ކުންފުނީގެ އިންވެސްޓްމަންޓުތަކަށް ފައިސާލިބޭނެ މަގުތައް ދެނެގަތުން.
  • ފައިނޭންސް ޑިޕާޓްމަންޓުގެ ހިންގުން ހަރުދަނާކޮށް، މުވައްޒަފުން ޒިންމާދާރުކުރުވައި މުވައްޒަފުން ބިނާކުރުމަށް ބޭނުންވާ ތަމްރީނުތަކަކީ ކޮބައިތޯ ދެނެގަތުން.
  • ކުންފުނީގެ މަސައްކަތްތަކާ ފައިސާގެ މުއާމަލާތްތަކާ ގުޅޭގޮތުން ގުޅުން ބާއްވަންޖެހޭ ހުރިހާ ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް ދިމާވާ މައްސަލަތައް ދެފަރާތުން އެއްބަސްވާ ގޮތަކަށް ނިންމޭފަދަ މާހައުލެއް ބިނާކުރުން.
  • ކުންފުނީގެ މާލީ ހިސާބުތަކާއި ބަޔާންތައް ކަނޑައެޅިފައިވާ ގޮތުގެ މަތިން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.
  • ބޯޑު ޑިރެކްޓަރުން ބޭނުންވެލައްވާ ތަފާތު ހިސާބުތައް ތައްޔާރުކުރުމާއި، ކުންފުނީގެ ޕާރފޯމަންސާ ބެހޭގޮތުން ބޯޑު ޑިރެކްޓަރުންނަށް މަޢުލޫމާތުތައް ހިއްސާކުރުމާއި އޮޅުންފިލުވައި ދިނުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

ތަޖުރިބާ އާއި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް.

މުސާރަ:

- އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ CA / ACCA / CIMA / CPA ފަދަ ޕްރޮފެޝަނަލް ކޮލިފިކޭޝަންއެއްގެ ފައިނަލް ސްޓޭޖް ފުރިހަމަކޮށްފައިވުން.

- ކުންފުންޏެއްގެ އިސް މަޤާމެއްގައި ނުވަތަ މަސައްކަތުގެ ދާއިރާގައި 5 – 3 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

- ހުނަރުވެރި އަދި ބިނާކުރުވަނިވި ދުރުވިސްނައި މީހެއްކަމުގައިވުން.

- އިނގިރޭސިބަހާއި ދިވެހިބަހުން ފަސޭހަކަމާއި ފުރިހަމަކަމާއެކު ޢިބާރާތްކޮށް މުޢާމަލާތްކުރަން އެނގުން.

- މުވައްޒަފުންގެ އެއްބާރުލުން ހޯދައިގެން، މީހުންނާއި ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރަން އެނގުން.

- މާލީ އަދި އިޤްތިޞާދީ ދާއިރާގެ ޤާނޫނުތަކާއި އުސޫލުތަކަށް ހޭލުންތެރިވެފައިވުން.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރާ މީހެއްކަމުގައިވުން އަދިި މަސައްކަތްތައް ރާވައިގެން ހިންގޭފަދަ ޤާބިލިއްޔަތުކަން ހުރުން.

- ގޮންޖެހުންތަކަށް ކުރިމަތިލުމާއި، ބަދަލުގެނައުމާއި އެދެވޭ ނަތީޖާ ނެރެވުމުގެ ޤާބިލުކަންހުރުން.

ފެންވަރު ނުވަތަ ޝަރުޠު:

- މަޤާމަށް އެދިހުށަހަޅާ ސިޓީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިކަމުގެ ލިޔުން

ހުށަހަޅަންޖެހޭ ތަކެތި:

7 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން

ސުންގަޑި:

މަޤާމަށް އެދި ހުށަހުޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ސިޓީ ފޮނުވާނީ:

ހިއުމަން ރިސޯސް ޑިޕާޓްމަންޓް

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް

2#-21 އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ

އޯކިޑްމަގު، މާލެ

ފޯން: 3335614   ފެކްސް: 3335615

އީމެއިލް:  career@maldivegas.com

އިތުރު މައުލޫމާތު:

29 ޑިސެންބަރު 2014