ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)220-AS/1/2023/25
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 16:07
ސުންގަޑި: 19 މާރިޗު 2023 11:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ- އައި.ޓީއާ ގުޅޭ ތަކެއްޗާއި ހިދުމަތް

މި އޮތޯރިޓީއަށް ތިރީގައި މި ދަންނަވާ ތަކެތި/ޙިދުމަތް ފޯރުކޮށްދޭން ފަރާތެއް ހޯދަން ބޭނުންވެގެން 21 ފެބުރުވަރީ 2023 ގައި ގެޒެޓް ކޮށްފައިވާ ނަންބަރު (IUL)220-AS/1/2023/16 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ ދެންނެވުނު ތަކެތި/ޙިދުމަތް ފޯރުކޮށްދޭން ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

  • Smart Touch Panel
  • FortiSIEM License and Support renewal
  • BigIP Advanced Web Application Firewall Support renewal
  • Laptop Battery
  • Single Mode Fiber SFP module

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި

14 މާރިޗު 2023

އަންގާރަ

12:00

އަންދާސީހިސާބު ހުށަހެޅުން

19 މާރިޗު 2023

އާދިއްތަ

11:00

 

 

v     ބީލަމުގައި ރަޖިސްޓްރީ ވުމަށް ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

  • އިޢުލާނު ނަންބަރު
  • ބީލަން ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ކުންފުންޏެއްނަމަ ކުންފުނީގެ ނަމާއި ރަޖިސްޓްރޭޝަން ނަންބަރު، އަމިއްލަ ފަރުދެއްނަމަ ވިޔަފާރީގެ ނަމާއި ވެރިފަރާތުގެ ނަން އަދި އައިޑީ ކާޑު ނަންބަރު)
  • ފޯނު ނަންބަރު

 

v     މަތީގައި ބަޔާންކޮށްފައިވާ އީމެއިލް މި އޮތޯރިޓީއަށް ލިބުމުން، އެ އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން [email protected]  މެދުވެރިކޮށް އަންގާނެ ވާހަކަ ދަންނަވަމެވެ. ރެޖިސްޓްރީ ކުރުމަށް އެދި ފޮނުއްވާ އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.

v     ބީލަން ތައްޔާރުކުރަންވާނީ މި އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.

v     މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 14 މާރިޗު 2023 ވާ އަންގާރަ ދުވަހު 14:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

v     މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށް އެކަންޏެވެ.

v     ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

v     ބީލަން ހުށަހަޅުއްވާއިރު ކޯޓޭޝަން ހުށަހަޅުއްވަންވާނީ ކޮންމެ ލޮޓަކަށްވެސް ވަކި ކޯޓޭޝަންއެއްގެ ގޮތުގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3019611, 3339513 އަށް ގުޅުއްވުން އެދެމެވެ.

09 މާރިޗު 2023