ދިވެހިރާއްޖެ
|
|
ނަންބަރު: WAMCO-AD/IUL/2023/017
އިޢުލާން
ވެމްކޯއިން މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނައުމާއި ގުޅޭ:
ވެމްކޯއިން މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ޚިދުމަތް ދެމެހެއްޓެނިވި އުސޫލަކުން ކުރިއަށް ގެންދިއުމަށްޓަކައި މި ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި އިކޮނޮމިކް ކައުންސިލާއި އެކު ކުރެވުނު މަޝްވަރާތަކަށްފަހު، ކުނި މެނޭޖްކުރުމުގެ ޤާނޫނު (ޤާނޫން ނަންބަރު: 2022/24) އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2020/26) ގައި ވާގޮތުގެމަތިން ވެމްކޯއިން މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުތަކަށް 1 މާރިޗު 2023 އިން ފެށިގެން ބަދަލު ގެނައުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ވަނީ ފާސްކޮށްދެއްވާފައެވެ.
ވެމްކޯ އިން މާލެ ސަރަހައްދުގައި ފޯރުކޮށްދެމުން ގެންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ފާސްކޮށްފައިވާ އަގުތައް ތިރީގައި މިވަނީއެވެ.
- ގޭބިސީތަކަށް މަހަކު -/150 (ސަތޭކަ ފަންސާސް) ރުފިޔާ
- ވިޔަފާރިތަކާއި ކޮމާޝަލް ތަންތަނަށް ލީޓަރަކަށް 27/- (ހަތާވީސް ލާރި)
- ކޯލް އެންޑް ޕިކަޕް ސާވިސްއަށް ޓަނަކަށް -/330 (ތިންސަތޭކަ ތިރީސް) ރުފިޔާ
- ޓްރާންސްފަރ ސްޓޭޝަނަށް ގެންނަ ކުންޏަށް ޓަނަކަށް -/1060 (އެއްހާސް ފަސްދޮޅަސް) ރުފިޔާ
- ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓަނަކަށް -/2660 (ދެހާސް ހަސަތޭކަ ފަސްދޮޅަސް) ރުފިޔާ / ލީޓަރަކަށް1.27(އެއް ރުފިޔާ ހަތާވީސް ލާރި)
- ޕްރައިވެޓް ކޮމާޝަލް ކަލެކްޓަރސް އަށް ޓަނަކަށް -/2660 (ދެހާސް ހަސަތޭކަ ފަސްދޮޅަސް) ރުފިޔާ
- ގަވާއިދު ނަންބަރު 2013/R-58 (ކުނި މެނޭޖްކުރުމާއި ބެހޭ ގަވާއިދު) އަށް ގެނެވުނު 5 ވަނަ އިސްލާހާ އެއްގޮތަށް ވަކިނުކޮށް ޓްރާންސްފަރ ސްޓޭޝަނަށް ގެންނަ ކުންޏަށް ކޮންމެ ފަހަރަކު މަތީގައި ބަޔާންކުރެވުނު އަގަށް -/1000 (އެއްހާސް) ރުފިޔާ އިތުރުކުރުން
ވީމާ، އިސްވެ ދެންނެވުނު އަގުތައް 20 މާރިޗު 2023 އިން ފެށިގެން މި ކޯޕަރޭޝަނުން ތަންފީޒުކުރަމުން ގެންދާނެ ކަމުގައި ދަންނަވަމެވެ. އަދި މި ބަދަލާ ގުޅިގެން ގޭބިސީތަކުންނާއި، ވިޔަފާރިތަކާއި ކޮމާޝަލް ތަންތަނުން އަދި ކޯލް އެންޑް ޕިކަޕްގެ ޚިދުމަތަށް މިހާރު ނަގާ އަގުތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމުގައި ދަންނަވަމެވެ.
9 މާރިޗު 2023