ދިވެހިރާއްޖެ
އިޢުލާން
މަޤާމު: |
ސޯޝަލް ވޯކަރ |
ބޭނުންވާ އަދަދު: |
1 (އެކެއްް) |
ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޑިރެކްޓަރ |
ރޭންކް: |
އެމް.އެސް 3 |
އަސާސީ މުސާރަ: |
7035.00 ރުފިޔާ |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް 2000.00 ރުފިޔާ. - ޖުޑީޝަލް އެލަވަންސް މުސާރައިގެ %40 - އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
އަސާސީ ޝަރުޠު: |
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛ - މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، MS 2 ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
- އާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ހުށަހެޅޭ މައްސަލަތަކުގައި ކުރަންޖެހޭ ދިރާސާތަތައް ކުރުން. - ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އާއިލާތަކަށާއި، ވަކިވަކި ފަރުދުންނަށް ދިމާވާ ދަތިތަކުގައި އެހީތެރިވުމުގެގޮތުން ކައުންސިލިންގ ދިނުން. - މައްސަލަތަކާ ގުޅިގެން އާއިލާތައް ދިރިއުޅެމުންދާ މާޙައުލު ބަލަންޖެހޭ ޙާލަތްތަކުގައި އެ ގޭގެއަށް ޒިޔާރަތްކޮށް، އެކަންކަން ބަލައި، އެކަމާ ގުޅޭ ރިޕޯޓް ތައްޔާރުކުރުން. - ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ޢަމަލުކުރަންވީގޮތާއި، މުޖުތަމަޢުގެ އެހެނިހެން ޚިދުމަތްތައް ހޯދާނެގޮތާއި، ޤާނޫނީ ލަފާ ނުވަތަ ވަކީލުންގެ އެހީތެރިކަން ހޯދިދާނެގޮތުގެ މައުލޫމާތު ބެނުންވާ ފަރާތަކަށް ފޯރުކޮށްދިނުން. - މައްސަލަ ކުރިއަށްދާވަރަކުން މައްސަލަ ޙައްލުވުމުގައި އަންނަ ބަދަލުތައް ދެނެގަތުމާއި، ކަމާގުޅޭ ދިރާސާތައް ކުރުމާއި، މި ދާއިރާގެ ސްޓެޓިސްޓިކްސް ބެލެހެއްޓުން. - ސެކްޝަނަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، ފާހަގަކުރެވުނު ކައްތައްތަކުގެ މައްޗަށް ރެކޮމެންޑޭޝަން ތައްޔާރުކޮށް، ޝަރީޢަތާބެހޭ ސެކްޝަނަށް ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސުން. - ސެކްޝަންގެ އެހެން މުވައްޒަފުންގެ މަސައްކަތުގެ ލަނޑުދަނޑި ކަނޑައެޅުމާއި، މަސައްކަތް ދުވަހުން ދުވަހަށް ބަލައި ނިންމަން ކަނޑައެޅިފައިވާ މިންވަރު ހާސިލުވޭތޯ ނުވަތަ ނުވޭތޯ ބަލައި، ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދާ އެއްގޮތަށް ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތްކުރުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- އެހެން މީހުންނާއި ގުޅިގެން މަސައްކަތް ކރުމުގެ ޤާބިލުކަން. - ދިވެހިބަހާއި އިނގިރޭސިބަހުން މުޢާމަލާތުކުރުމުގެ ހުނަރު. - އެޓިޓިއުޑް. - ދިވެހިބަހުން ތަކެތި ލިޔުމާއި ޖުމްލަ ހަމަޖެއްސުމުގެ ހުނަރު. - ރިޕޯޓް ލިޔުމުގެ ހުނަރު. - ވާހަކަދެއްކުމުގެ ހުނަރު. - ޓީމް ވަރކް. - އިސްނެގުން. - މައްސަލަ ޙައްލުކުރުމުގެ ޤާބިލުކަން ހުރި މިންވަރު. |
ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދޭ ފޯމް (މި ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ. - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. |
ނޯޓް: |
- ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށްއެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. - އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. - މި ވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަރވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
ސުންގަޑި: |
2015 ޖަނަވަރީ 12 ގެ 14:30 ގެ ކުރިން. |
އިތުރު މަޢުލޫމާތު: |
- ސޯޝަލް ސައިންސާ ގުޅުންހުރި ދާއިރާއިން ތަޖުރިބާ ހާސިލްކުރައްވާފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނީ، ފެމިލީ ކޯޓުން ކަނޑައަޅާ އިންޓަރވިއު ޕެނަލުގައި، މި މަޤާމުގެ ވާޖިބުތައް އާދަކޮށްދެވޭނެކަން ސާބިތުކޮށްދިނުމުންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން، މި މަޤާމުގެ ޝަރުތުފުރިހަމަ ނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލްކުރެވޭނެއެވެ. |
3 ރަބީޢުލްއައްޥަލް 1436 |