Tournament
Number: (IUL)376/376/2023/11
Published Date: 09 Mar 2023
Published Time: 14:38
Deadline: 30 Mar 2023 13:00
Secretariat of the Ban'didhoo Council, South Nilandheatholhu
Maldives
1444 ވަނައަހަރު ރަމަޟާންމަހު މި ކައުންސިލްއިން ބާއްވާ ޤުރްއާން މުބާރާތް ސްޕޮންސާރ ކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

                މި ކައުންސިލްއިން ކޮންމެ ރަމްޟާން މަހަކު ބާއްވަމުން އަންނަ ޤުރުއާން މުބާރާތް، މި އަހަރުވެސް ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް އޮންނާނީ 1444 ވަނަ އަހަރު ރަމަޟާން މަހުގެ ފަހު 10 ގައެވެ. މި މުބާރާތް ކުރިއަށްދާނީ 2 ގޮތްޕަކަށް ބަހާލާއިގެންނެވެ. މި މުބާރާތް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ތަޖްވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވަން ދަންނަ ފަރާތްތައް ބަނޑިދޫގައި އިތުރުކުރުމާއި ޤުރްއާން ކިޔެވުމަށް އާއްމު ރައްޔިތުންގެ މެދުގައި ޝައުވެރިކަން އުފެއްދުން ހިމެނެއެވެ. އަދި ރަމަޟާން މަހަކީ އަޅުކަމުގެ މަސްވަރުކަމަށްވުމާއިއެކު ދީނީ ރޫޙާއި ވަޙްދަތު އާލާކުރުމަކީވެސް މި މުބާރާތް ރަމަޟާން މަހު ބޭއްވުމުގެ އެއްބޭނުމެވެ. މިފަދަ މުބާރާތެއް ބޭއްވުމަށް އާއްމު އެކި ފަރާތްތަކުގެ އެހީއާއި މަދަދު ބޭނުންވާ ހިނދު މި މުބާރާތް ސްޕޮންސަރ ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ    

 

                 މުބާރާތުގެ ޓައިޓަލް ސޮޕޮންސަރ ކުރުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ -/50000 (ފަންސާސް ހާސް) ރުފިޔާއެވެ. ވީމާ، މިމުބާރާތް ސުޕޮންސަރކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 30 މާރިޗު 2023 ވާ ބުރާސްފަތި ދުވަހު 13.00 ގެ ކުރިން ތިރީގައިވާ މައުލޫމާތު ހިމެނޭގޮތަށް ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

  1.  ސުޕޮންސާއަށް ހުށަހަޅާ ފައިސާގެ އަދަދާއި އެހެނިހެން ކަންތައްތައް
  2.  މުބާރާތުގެ ޓައިޓަލް ގޮތުގައި ހުށައަޅަން އެދޭގޮތް

 

                  މިމުބާރާތަށް 1 ފަރާތަށް ވުރެގިނަފަރާތްތަކުން ސުޕޮންސަރއަށް އެދި ހުށަހަޅައިފިނަމަ މުބާރާތް ހިންގާނީ އެންމެ ބޮޑު އެހީފުޅެއް ހުށަހަޅާ ފަރާތެއްގެ ނަމުގައެވެ.

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 Mar 2023