ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 171-H3(PU)/IUL/2014/258
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 07 ޖަނަވަރީ 2015 11:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދަން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. އެކިއެކި ކުށްކުށުގައި މިސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މީހުން ބޭނުންކުރުމަށް ތިރީގައި މިދަންނަވާ ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

#

ބޭނުންވާ ތަކެތީގެ ތަފުސީލު

ބޭނުންވާ އަދަދު

01

މަދިރި ދުންދަނޑި (ފޮށްޓެއްގައި 10 ދުންދަނޑި)

2600

02

ސައިބޯނި ( ގިވް 80 ގްރާމް)

3000

03

ދަތް އުނގުޅާ ބޭސް ( 40 ގްރާމް)

1600

04

ރޭޒަރު ( ޑިސްޕޯސިބަލް)

3000

05

ކުނާ ( 6× 3  ސައިޒް )

500

06

ތުވާލި (40 × 24 އިންޗި )

3000

07

ބާލީސް (21 × 14 އިންޗި )  

500

08

ބާލީހު އުރަ  (23 × 15 އިންޗި )    

1000

09

ހާޕިކް ( 450 އެމް.އެލް )

1000

10

ވިމް ޕައުޑަރ (650 ގްރާމް)

1000

11

ކްލީން ކްލީން (100 އެމް.އެލް )

1000

12

ދޮންނަ ކުނޑި ( 01 ކިލޯ ގްރާމް)

1000

13

އާދައިގެ ޕްލާސްޓިކް ތަށި

500

14

އާދައިގެ ޕްލާސްޓިކް ޖޯޑު

500

15

ދަތް އުނގުޅާ ބުރުސް ( އެޑަލްޓް ސައިޒް )

3000

16

މުންޑު (60x60 ގެ)    

2200

 

       

                                            

 

 

 

 

 

 

 

 

 

2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2015 ޖަނަވަރީ 04 ވާ އާދިއްތަ ދުވަހުން ފެށިގެން 2015 ޖަނަވަރީ 07 ވާ ބުދަަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ -/200ރ (ދުއިސައްތަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

3. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 ޖަނަވަރީ 08 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި، އިސްކަންދަރު ބިލްޑިންގގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2015 ޖަނަވަރީ 07 ވާ ބުދަ ދުވަހުގެ 15:30 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2015 ޖަނަވަރީ 12 ވާ ހޯމަަ ދުވަހުގެ 11:30 އަށް މިސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

4. ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

28 ޑިސެންބަރު 2014