ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2023 ވަނަ އަހަރު މިސުކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
- 2023 މެއި 1 ން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް މިސުކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 މާރިޗު 09 ން 2023 މާރިޗު 14 ގެ ނިޔަލަށް ކެންދޫ ސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވާގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 މާރިޗު 16 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ނުވަތަ ސިޓީއަކުން މިސްކޫލަށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 މާރިޗު 22 ވާ ބުދަ ދުވަހުގެ 11:00 ގައިކެންދޫ ސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކެންދޫ ސްކޫލް
ފޯން: 6600315
އީ-މެއިލް: [email protected]
`
|
ބީލަން ފޮތް |
ޕްރޮޖެކްޓްގެ ނަން: ކެންދޫ ސްކުލްގެ ސެކިއުރިޓީ 01 އަހަރަށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން ޕްރޮޖެކްޓްގެ ނަންބަރު: 01/2023 އިޢުލާން ނަންބަރު: GS132/2023/01
|
9/3/2023 |
މިނިސްޓްރީ އޮފް އެޑިޔުކޭޝަން މާލެ، ދިވެހިރާއްޖެ |
ސެކްޝަން 1 |
||||||||||||||||||||||||||||||
ބީލަން ޝީޓް |
||||||||||||||||||||||||||||||
|
ސެކްޝަން 2 - ބީލަށް ހުށަހަޅާ ފަރާތްތަކަށްދެވޭ އިރުޝާދު |
||
(ހ) އާންމު މަޢުލޫމާތު |
||
|
1.1.
|
މި ބީލަމަކީ ބީލަން ޝީޓުގައި ބަޔާންކޮށްފައިވާ ޚިދުމަތް ނުވަތަ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލެވިފައިވާ ބީލަމެކެވެ. މި ބީލަމުން ހޯދަންބޭނުންވާ ޚިދުމަތް ނުވަތަ މަސައްކަތުގެ މަޢުލޫމާތު ބީލަން ޝީޓުގައި ބަޔާންކޮށްފައިވާނެއެވެ. |
|
2.1. |
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ. |
|
2.1.1 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް. |
|
|
2.1.2 ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް. |
|
|
|
2.1.3 ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް. |
|
|
2.1.4 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް. |
|
2.2. |
މި މާއްދާގެ 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް |
|
2.3. |
މިމާއްދާގައި ބަޔާންކުރާ ފަރާތްތަކުގެ އިތުރުން އެހެން ފަރާތްތަކަކަށް ބީލަމަށް ކުރިމަތިލެވޭނަމަ އެކަން ބީލަން ޝީޓްގައި ބަޔާން ކޮށްފައިވާނެއެވެ. |
|
3.1. |
ބީލަންތައް އޮންނަންވާނީ މި ލިޔުމުގެ އެނެކްސް 1 ގައިވާ، ބީލަން ހުށަހަޅާ ފަރާތްތަކުގެ ޗެކުލިސްޓު ގައިވާ ލިއުންތަކާއި ޑޮކިއުމަންޓުތައް ހިމެނޭގޮތަށް ތަރުތީބުން ބައިންޑު ކުރެވިފައެވެ. |
3.2. |
ބީލަން އޮންނަންވާނީ ދިވެހިބަހުން، ފަސޭހައިން ކިޔަން އެނގޭ ފޮންޓަކުން (ފަރުމާ ފޮންޓް ފަދަ) ޓައިޕު ކުރެވިފައެވެ. ނުވަތަ އަތުން ލިޔާނަމަ ލިޔެފައި ހުންނަންވާނީ ކިޔަން އެނގޭގެ ގޮތަށެވެ. އަދި ބީލަމުގެ ހުރިހާ ސަފްހާއެއްގައި ބީލަން ހުށަހަޅާ ފަރާތުގެ ނުވަތަ އެފަރާތުން އައްޔަން ކުރާ ފަރާތުގެ ސޮޔާއި ތައްގަނޑު ޖަހާފައި އޮންނަން ވާނެއެވެ. އަދި ބީލަމުގެ ކޮންމެ ޞަފުޙާއެއްގައި ވެސް އެއީ ކިތައް ޞަފުހާގެ ތެރެއިން ކިތައް ވަނަ ޞަފުޙާކަން އެނގޭގޮތަށް ތަރުތީބުން ޞަފުޙާ ނަންބަރުވެސް ޖަހަންވާނެއެވެ. |
|
3.3. |
3.3.1 ޕްރައިވެޓް ލިމިޓެޑް ކުންފުނިތަކުން މެނޭޖިންގ ޑިރެކްޓަރ ނޫން އެހެން ފަރާތަކުން ބީލަމުގައި ސޮއިކުރާނަމަ އެ ފަރާތަކަށް ސޮއި ކުރުމުގެ ހުއްދަ ދެވިފައިވާކަން ބަޔާންކުރާ "ޕަވަރ އޮފް އެޓާރނީ"ގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. 3.3.2 ޕާޓްނަރޝިޕްތަކުގެ މެނޭޖިންގ ޕާޓްނަރު ނޫން އެހެން ފަރާތަކުން ބީލަމުގައި ސޮއިކުރާނަމަ އެ ފަރާތަކަށް ސޮއި ކުރުމުގެ ހުއްދަ ދެވިފައިވާކަން ބަޔާންކުރާ "ޕަވަރ އޮފް އެޓާރނީ"ގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. 3.3.2 ކޯޕަރޭޓިވް ސޮސައިޓީތަކުގެ ޗެއަރޕާރސަން ނޫން އެހެން ފަރާތަކުން ބީލަމުގައި ސޮއިކުރާނަމަ އެ ފަރާތަކަށް ސޮއި ކުރުމުގެ ހުއްދަ ދެވިފައިވާކަން ބަޔާންކުރާ "ޕަވަރ އޮފް އެޓާރނީ"ގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. 3.3.4 ފަރުދީ ވިޔަފާރިތަކުގައި ވެރިފަރާތް ނޫން ފަރާތެއް ބީލަމަށް ހުށަހަޅާ ލިޔުންތަކުގައި ސޮއިކުރާނަމަ އެފަރާތަކަށް ސޮއިކުރުމުގެ ހުއްދަ ދެވިފައިވާކަން ބަޔާންކުރާ "ޕަވަރ އޮފް އެޓާރނީ"ގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. |
|
|
|
3.3.5 ސަރުކާރު ކުންފުނިތަކާއި، ޕަބްލިކް ލިމިޓެޑް ކުންފުނިތަކުން ބީލަމުގެ ލިޔުންތަކުގައި ސޮއިކުރާއިރު، ޒިންމާދާރު ކޮންމެފަރާތަކަށްވެސް ސޮއި ކުރެވިދާނެއެވެ. |
|
4.1. |
ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ބީލަމެވެ. އެއް ބީލަމަށްވުރެ ގިނަ ބީލަށް އެއްވެސް ފަރާތަކުން ހުށަހަޅާފިނަމަ އެފަރާތުން ހުށަހަޅާގައިވާ ހުރިހާ ބީލަމެއް ބާތިލް ކުރެވޭނެއެވެ. |
|
5.1. |
ބީލަން ތައްޔާރުކުރުމަށާއި ބީލަން ހުށަހެޅުމަށް ކުރާ އެންމެހައި ޚަރަދެއް ކުރާނީ އެބީލަމެއް ހުށަހަޅާ ފަރާތަކުންނެވެ. މިކަމަށް ހިނގާ އެއްވެސް ޚަރަދަކަށް ބީލަމަށް ހުޅުވާލި ފަރާތުން ޒިންމާއެއް ނުނަގާނެއެވެ. |
|
6.1. |
ބީލަން ހުށަހަޅާ ފަރާތަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ އެއްވެސް އިދާރާއެއްގެ ވެރިއެއް ނުވަތަ މުވައްޒަފަކާ ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ފަރާތެއް ކަމުގައިވާނަމަ ނުވަތަ މި މިނިސްޓްރީގެ ދާއިރާގެ އެއްވެސް އޮފީހެއްގައި ވަޒީފާ އަދާކުރާ ފަރާތެއް ނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއް ހުށަނާޅާ ހުއްޓާ އެކަން އެނގިއްޖެނަމަ އިތުރު އެންގުމަކާ ނުލައި އެ ބީލަން ބާތިލް ކުރެވޭނެއެވެ. |
(ށ) ބީލަމާގުޅޭ ލިޔުންތައް |
||
|
7.1. |
ބީލަމާގުޅޭ ލިޔުންތަކުގައި ހިމެނެނީ ތިރީގައިވާ ލިސްޓްގައިވާ ލިޔުންތަކާއި، އެމެންޑްމަންޓްތަކެވެ. |
|
7.1.1 ބީލަން ޝީޓް (ސެކްޝަން-1) |
|
|
7.1.2ބީލަށް ހުށަހަޅާ ފަރާތްތަކަށްދެވޭ އިރުޝާދު (ސެކްޝަން-2) |
|
|
|
7.1.3 އެއްބަސްވުމުގެ އާންމު އަދި ހާއްސަ މާއްދާތައް (ސެކްޝަން-3) |
|
|
7.1.4 ޖަދުވަލުތައް (ސެކްޝަން-4) |
|
|
7.1.5 ކޮންޓްރެކްޓް ޑާޓާ ޝީޓް (ސެކްޝަން - 5 ) |
|
|
7.1.6 އެއްބަސްވުން (ސެކްޝަން -6 ) |
|
|
7.1.7 މަސައްކަތާބެހޭ މަޢުލޫމާތު (ސެކްޝަން–7 ) |
|
8.1. |
ބީލަމުގައި ބައިވެރިވުމަށް އިޢުލާނުގައިވާ މުއްދަތުގެ ތެރޭގައި އިޢުލާނުގައި ދީފައިވާ އިރުޝާދާ އެއްގޮތަށް ރަޖިސްޓްރީ ކުރަންވާނެއެވެ. |
8.2. |
ބީލަން ހުށަހެޅޭނީ އިޢުލާނުގައި ރަޖިސްޓަރީ ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. |
|
|
9.1. |
މި ބީލަމާއި ގުޅޭ ޕްރީބިޑް މީޓިން އޮންނާނެ ތާރީޚާއި ގަޑި "ބީލަން ޝީޓް" ގައި ބަޔާންކޮށްފައިވާނެއެވެ. |
9.2. |
ބީލަމާގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ ބީލަން ޝީޓްގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުމުން، އެކަމުގެ މަޢުލޫމާތު ސާފުކޮށްދިނުމަށްފަހު ހުރިހާ ބީލަންވެރިންނަށް ލިޔުމުން ފޮނުވޭނެއެވެ. |
|
9.3. |
މި ބީލަން ފޮތުގައިވާ މަޢުލޫމާތާއި ގުޅިގެން ނުވަތަ މި ބީލަމާ ގުޅޭގޮތުން އިތުރަށް ސާފުނުވާ ކަމެއް އޮތް ނަމަ އެ ކަމެއްގެ މައުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާ އެކެވެ. |
|
|
10.1. |
ބީލަން ހުޅުވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ބީލަމަށް ކޮންމެހެން ގެންނަންޖެހޭ ބަދަލެއް ގެނައުމަށް ފެނިއްޖެ ހިދެއްގައި، އެމެންޑްމަންޓެއް (އުނި/އިތުރު) ގެނެވޭނެއެވެ. |
|
10.2. |
0.11 ގައިވާ ގޮތަށް ދޫކުރާ އެމެންޑްމަންޓަކީ ބީލަމުގެ ބައެކެވެ. އަދި އެ އުނިއިތުރު ބީލަމުގެ މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވި ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. ނުވަތަ އެފަރާތަކާ އެލިޔުން ޙަވާލުކުރަންވާނެއެވެ. |
(ނ) ބީލަން ތައްޔާރުކުރުން |
||
|
11.1. |
ބީލަން ހުށަހަޅާ ފަރާތުން ބީލަން ތައްޔާރު ކުރަންވާނީ ބީލަމާއިއެކު ދީފައިވާ ނަމޫނާއާ އެއްގޮތަށް ދިވެހިބަހުންނެވެ. އަދި ބީލަމާއިއެކު ހުށަހަޅަންޖެހޭ ރިފަރެންސް ލިޔުންތައް އިގިރޭސި ބަހުން ހުށަހެޅިދާނެއެވެ. |
|
12.1. |
މި ބީލަމުގައި އަގު ކުރެވިފައި ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ. |
|
13.1. |
ބީލަމަށް ވަކި ގޮތަކަށް އަގު ހުށަހަޅަންޖެހޭނަމަ އެކަން ބީލަން ޝީޓްގައި ބަޔާންކޮށްފައިވާނެއެވެ. |
|
13.2. |
ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްނަމަ އަގު ހުށަހަޅަންވީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ. އަދި ޖީ.އެސް.ޓީއަށް ދައްކާ އަދަދު ވަކިން އެނގެން އޮންނަންވާނެއެވެ. |
|
14.1. |
މަސައްކަތްކޮށްދިނުމަށް މުއްދަތު ހުށަހަޅަންޖެހޭނީ ބަންދު ދުވަސްތައް ހިމަނައިގެން ދުވަހުގެ އަދަދުންނެވެ. |
|
14.2. |
މަސައްކަތްކޮށްދިނުމަށް ހުށަހަޅާ މުއްދަތަކީ އެމަސައްކަތެއް ކުރުމަށް އެކަށީގެންވާ މުއްދަތެއް ކަމުގައި ވާންވާނެއެވެ. |
|
14.3. |
ވަކިމުއްދަތަކަށް ނިންމުމަށް ކަނޑައަޅާފައިވާ މަސައްކަތެއްނަމަ، އެމަސައްކަތެއް އެމުއްދަތަށް މަސައްކަތް ނިންމަންވާނެއެވެ. |
|
15.1. |
ބީލަމުގެ މުއްދަތު ހަމަވާ ތާރީޚް އޮންނަންވާނީ ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން މަދުވެގެން 30 ދުވަސް ދުވަހުގެ މުއްދަތަށެވެ. |
|
16.1. |
ބީލަން ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ. |
|
16.1.1 ފުރިހަމަ ކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް (ޖަދުވަލު 2 ) |
|
|
16.1.2 ކުންފުނި/ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ. |
|
|
6.1.3 ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ (ފުރަތަމަ އިޢުލާން ނަމަ) |
|
|
16.1.4 ކޯޓޭޝަން/ ބީ.އޯ.ކިޔު (ހުށަހަޅަންޖެހޭނެ ކަމަށް ބީލަން ޝީޓްގައި ބުނެފައިވާނަމަ ހުށަހަޅަންޖެހޭނެއެވެ.) |
|
|
|
16.1.5 ފުރިހަމަކޮށްފައިވާ ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް (ޖަދުވަލު 3) |
|
|
16.1.6 ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީ.އެސް.ޓީއަށް ރެޖިސްޓްރީކޮށްފައިވާނަމަ) |
|
|
16.1.7 ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ބީލަމެއްނަމަ ހުށަހަޅާ ބިޑް ސެކިއުރިޓީ |
|
|
16.1.8 ފުރިހަމަކޮށްފައިވާ ސްޕެސިފިކޭޝަން ފޯމް |
|
16.2. |
ބީލަން ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ މާރކްސް ނުލިބޭނެއެވެ. |
|
|
16.2.1 ބީލަން ހުށަހަޅާ މަސައްކަތާގުޅުންހުރި މަސައްކަތުގެ ތަޖްރިބާގެ ލިޔުންތައް އަދި ޖަދުވަލު 5 ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންވާނެއެވެ. |
|
|
16.2.2 ބީލަން ހުށަހަޅާ ފަރާތުގެ މާލީ ދަލީލު އަދި ޖަދުވަލު 4 ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންވާނެއެވެ. |
|
|
(ހ) ބޭންކް ރިފަރެންސް ލެޓަރ ނުވަތަ ސްޓޭޓްމަންޓްގައިވާ އެކައުންޓްގެ ވެރިފަރާތަކީ ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްކަމުގައި ވާންޖެހޭނެއެވެ. |
|
|
(ށ) އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ބީލަން ހުށަހަޅާނަމަ، އެފަރާތުގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ އެކައުންޓްގެ ބޭންކް ރެފަރެންސް ލެޓަރ ނުވަތަ ސްޓޭޓްމަންޓްވެސް ގަބޫލުކުރެވޭނެއެވެ. |
|
|
(ނ) ފާއިތުވި މަހުގެ ބޭންކް ބެލެންސް އަދަދު އިނގޭނެހެން ބޭންކް ރިފަރެންސް ސިޓީ އެއް ނުވަތަ ބޭންކު ސްޓޭޓްމަންޓް ހުށަހަޅަންވާނެއެވެ. |
|
|
16.2.3 ކްރެޑިޓް ރެފަރެންސް ސިޓީތައް. ހުށަހަޅާ ކްރެޑިޓް ރެފަރެންސް ސިޓީތަކުގައި ތިރީގައިވާ ޝަރުތުތައް ހަމަވާންޖެހޭނެއެވެ. |
|
|
(ހ) ރަޖިސްޓްރީކޮށްފައިވާ މާލީ އިދާރާއަކުން ދޫކޮށްފައިވާ ލިއުމެއްކަމުގައި ވާންވާނެއެވެ. |
|
|
(ށ) ހުށަހެޅޭ ކްރެޑިޓް ރެފަރެންސް އަކީ ޚާއްސަކޮށް މިޕްރޮޖެކްޓަށް ދޫކުރެވިފައިވާ ސިޓީއެއްކަމުގައި ވާންވާނެއެވެ. |
|
|
(ނ) މިރެފަރަންސްގައި ޕްރޮޖެކްޓްގެ ނަން، ފައިސާގެ/ ކްރެޑިޓްގެ ޢަދަދު، ސިޓީ ދޫކުރެވުނު ތާރީޚް، ކްރެޑިޓްގެ ސިޓީގެ މުއްދަތު ހަމަވާނެ ތާރީޚް އަދި ރެފަރަންސް ދޫކުރާ ފަރާތުގެ ނަމާއި ސޮއި އަދި ސްޓޭމްޕް ސާފުކޮށް އެނގެން އޮންނަންވާނެއެވެ. |
|
|
(ރ) މިރެފަރަންސް ވާންވާނީ ރެފަރަންސް ދޫކުރިފަރާތުން ދޫކޮށްފައިވާ އޮރިޖިނަލް ރެފަރަންސްއަކަށެވެ. މިފަދަ ރެފަރަންސްތަކުގެ ކޮޕީ ބަލައެއް ނުގަނެވޭނެއެވެ. |
|
|
(ބ) އަމިއްލަ ފަރުދުން ދޫކޮށްފައިވާ ކްރެޑިޓް ރިފަރެންސް ބަލައެއްނުގަނެވޭނެއެވެ. |
|
16.3. 1 |
އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ހުށަހަޅަންޖެހޭ ލިޔުންތައް |
|
|
16.3.1 މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ޓެކްސް ކްލިއަރެންސް ރިޕޯޓްގެ ކޮޕީ (ދޫކުރިފަހުން 3 މަސް ހަމަނުވާ) |
|
|
16.3.2 ގަވާއިދުން ޕެންޝަން ފައިސާ ދައްކާކަމުގެ ލިޔުމުގެ ކޮޕީ (މުވައްޒަފުންނެތްނަމަ ނެތްކަމަށް ޕެންސަން އޮފީހުންދީފައިވާ ލިޔުން) (ދޫކުރިފަހުން 3 މަސް ހަމަނުވާ). |
(ރ) ބީލަން ހުށަހެޅުން |
||
|
17.1. |
ބީލަން އޮންނަންވާނީ ބަންދު ކުރެވިފައެވެ. މިނޫންގޮތަކަށް އޮންނަ ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. |
|
17.2. |
ސިޓީ އުރައިގެ ބޭރުގައި ބީލަމުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. |
|
17.3. |
ސިޓީ އުރައިގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަމްބަރު ލިޔެފާ އޮންނަން ވާނެއެވެ. |
|
17.4. |
ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައިގައި ބީލަން ޝީޓްގައިވާ ގޮތަށް އެޑްރެސް ކުރެވިފައެވެ. |
|
18.1. |
މި މަސައްކަތަށް ނުވަތަ ޚިދުމަތަށް އެދި ހުށަހަޅާ ބީލަންތައް ހުށަހަޅަންވީ ސުން ގަނޑި ބީލަން ޝީޓްގައި ބަޔާންކޮށްފައިވާނެއެވެ. |
18.2. |
މި މާއްދާގެ 18.1 ގައި ބަޔާން ކުރެވިފައިވާ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިފިނަމަ ބީލަން ހުށަހަޅަންޖެހޭ އެންމެފަހު ތާރީޚަކަށް ވާނީ ޖެހިގެން އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގެ ބީލަން ޝީޓްގައިވާ ގައިވާ ސުންގަޑީގައެވެ. |
|
|
18.3. |
އީމެއިލް އަދި ފެކްސް އިން ފޮނުވާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. |
|
19.1. |
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. |
(ބ) ބީލަން ހުޅުވުމާއި އިވޭލުއޭޓް ކުރުން |
||
|
20.1. |
މި މަސައްކަތަށް ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައި ވަނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ނުވަތަ އެފަރާތުން ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ފޮނުވާ ފަރާތެއްގެ ހާޒިރުގައި ބީލަން ޝީޓްގައިވާ ތާރީޚްގައެވެ. |
|
20.2. |
ބީލަން ހުޅުވުން އޮންނާނީ ބީލަން ޝީޓްގައި ބަޔާންކޮށްފައިވާ އެޑްރެހުގައެވެ. |
|
20.3. |
ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ ބީލަން ޝީޓްގައިވާ ގައިވާ ސުންގަޑީގައެވެ. |
|
21.1. |
ޝަރުތު ފުރިހަމަވާ ބީލަންތަކުގެ ހިސާބުކުރުމުގެ މައްސަލައެއް އުޅޭނަމަ ތިރީގައި މިވާ ގޮތްތަކުގެ މަތިން އިސްލާޚް ކުރެވޭނެއެވެ. |
21.2. |
ބީލަމުގައިވާ ފައިސާގެ އަދަދާއި ދިވެހި ބަހުން ލިޔެފައިވާ ފައިސާގެ އަދަދު ތަފާތުވާނަމަ، ރަގަޅު އަދަދުކަމުގައި ބަލާނީ ދިވެހި ބަހުން ލިޔެފައިވާ ފައިސާ އަދަދެވެ. |
|
|
22.1. |
ބީލަންތައް އިވެލުއޭޓްކުރުމުގެ ކުރިން ތިރީގައިވިމާ ކަންކަން ފުރިހަމަވޭތޯ ބެލޭނެއެވެ. |
|
22.1.1 ބީލަމަށް ޝަރުތު ފުރިހަމަވާ ފަރާތެއްކަން. |
|
|
22.1.2 ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިވާ ފަރާތެއްކަން |
|
|
22.1.3 ބީލަމުގައިވާ އުސޫލްތަކަށްބަލައި އެކަށީގެންވާ ބިޑެއްތޯ ކަނޑައެޅުން (ރެންޕޮންސިވްނަސް) |
|
|
23.1. |
ހުށަހަޅާ ބީލަންތަކުގެ ތެރެއިން އިވެލުއޭޓް ކުރެވޭނީ 22.1 ގައިވާ ކަންކަން ފުރިހަމަވާ ބީލަންތަކެވެ. |
|
24.1. |
ބީލަން ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ، ބީލަން ވަޒަންކުރުމަށް ބޭނުން ކުރާނެ މިންގަނޑަށް ބަލައިގެން އެންމެގިނަ މާކްސްލިބޭ ފަރާތަކަށެވެ. |
|
25.1. |
އިޢުލާނާ ގުޅިގެން ބީލަން ހުށަހަޅާއިރު ފުރިމަކުރަންޖެހޭ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިނުވާނަމަ ބީލަންތައް ބަލައިނުގަތުމުގެ އިޚްތިޔާރު ވެރިފަރާތަށް ލިބިގެންވެއެވެ. އަދި ބީލަންތައް ބަލައިގަތުމަށްފަހުވެސް ފުރިހަމަނުވާ ބީލަންތައް ބާތިލްކުރުމުގެ އިޚްތިޔާރުވެސް ވެރިފަރާތަށް ލިބިގެންވެއެވެ. އަދި ބީލަންތައް ބަލައިގަތުމަށްފަހު ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންނުވާ އަގުތަކެއްނަމަ ނުވަތަ އެކަށީގެންވާ އަދަދަކަށް ބީލަން ހުށަހަޅާފައިނުވާނަމަ ބީލަންތައް ކެންސަލްކުރުމުގެ އިޚްތިޔާރު މަސައްކަތުގެ ވެރިފަރާތަށް ލިބިގެންވެއެވެ. |
|
26.1. |
ބީލަން ކާމިޔާބުވި ފަރާތަށާއި، ކާމިޔާބުނުވި ފަރާތްތަކަށް ލިޔުމުން އަންގާނެއެވެ. |
|
27.1. |
ބީލަން ކާމިޔާބުކުރިފަރާތަށް އެކަމުގެ ލިޔުން ފޮނުވާތާ ގިނަވެގެން ބަންދުނޫން 05 (ފަހެއް) ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބުކުރި ފަރާތާއި ދެމެދު މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ. |
|
27.2. |
27.1 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މުއްދަތުގައި އެއްބަސްވުމުގައި ސޮއި ނުކުރައްވައިފިނަމަ، މިމަސައްކަތް ހަވާލުކުރުމަށް ނިންމާފައިވާ ނިންމުން ބާތިލްކުރެވޭނެއެވެ. |
|
27.3. |
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަސައްކަތް ދޫކޮށްލައިފިނަމަ ނުވަތަ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަސައްކަތްފުރިހަމަ ނުކޮށް މަސައްކަތް ދޫކޮށްލައިފިނަމަ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 17.19 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅުއެޅޭނެއެވެ. |
(ޅ) ހުށަހަޅަންޖެހޭ ސެކިޔުރިޓީތައް |
||
|
28.1. |
ބީލަމަށް ޝީޓްގައި ބަޔާން ކޮށްފައިވާ އަދަދު ބިޑް ސެކިއުރިޓީ ހުށަހަޅަންވާނެއެވެ |
|
28.2. |
ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހެވެ. |
|
28.3. |
ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ސަރުކާރުން ގަބޫލުކުރެވޭ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަޝަނަކުން މި ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ. ބިޑް ސެކިއުރިޓީ އޮންނަންވާނެ ގޮތުގެ ނަމޫނާއެއް ޖަދުވަލު 7 ގައި ވާނެއެވެ. |
|
28.4. |
ބީލަން ކާމިޔާބު ކުރާ ފަރާތަށް އެކަން އަންގާ ތާރީޚުން ފެށިގެން ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބު ނުވާ ފަރާތްތަކުގެ ބިޑް ސެކިއުރިޓީ އެފަރާތްތަކަށް ރައްދު ކުރެވޭނެ އެވެ. |
|
28.5. |
ބީލަން ހުޅުވުމަށްފަހު ބީލަން ހުށަހެޅި ފަރާތަކުން ބީލަމުން ވަކިވެއްޖެނަމަ ނުވަތަ ބީލަން ކާމިޔާބުކުރާ ފަރާތަށް ބީލަން ކާމިޔާބުވިކަމުގެ ލިޔުން ލިބުމަށްފަހު ބީލަން ކެންސަލް ކޮށްފިނަމަ އެފަރާތުން ހުށަހަޅާފައިވާ ބިޑް ސެކިއުރިޓީ ދައުލަތަށް ނެގޭނެއެވެ. |
|
29.1. |
އެޑްވާންސް ފައިސާ ދިނުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއްނަމަ، އެޑްވާންސް ފައިސާއަށްއެދި އެދި ކޮންޓްރެކްޓަރު ހުށަހެޅުމުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެޑްވާންސް ފައިސާ ދޫކުރެވިދާނެއެވެ. |
29.2. |
އެޑްވާންސް ފައިސާ ދޫކުރެވޭނީ ޕްރޮކިއުމަންޓްގެ ޖުމްލަ އަގު 250,000/- (ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުވާނަމައެވެ. |
|
29.3. |
އެޑްވާންސް ފައިސާ ހޯދުމަށްއެދި ހުށަހަޅާނަމަ، މަސައްކަތް ހަވާލުވާތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެޑްވާންސް ފައިސާއަށް އެދި ހުށަހަޅަންވާނެއެވެ. |
|
|
29.4. |
އެޑްވާންސް ފައިސާ ހޯދުމަށް ހުށަހަޅާނަމަ އެޑްވާންސް ޕޭމަންޓް ގެރެންޓީގެ ގޮތުގައި ސަރުކާރުން ގަބޫލުކުރެވޭ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން މި ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ހުށަހަޅަންވާނެއެވެ. އެޑްވާންސް ޕޭމަންޓް ސެކިއުރިޓީ އޮންނަންވާނެ ގޮތުގެ ނަމޫނާއެއް ޖަދުވަލު 9 ގައި ވާނެއެވެ. |
|
29.5. |
އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރެވޭނީ މަސައްކަތުގެ ޖުމްލަ އަގުގެ 15% (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނުވާ އަދަދެކެވެ. އަދި އެޑްވާންސްގެ ގޮތުގައި ދެވޭ ފައިސާ މަސައްކަތް ކުރަމުންދާއިރު ނުވަތަ ޚިދުމަތް ހޯދަމުންދާއިރު ހުށަހަޅާ ބިލްތަކުން، ކޮންޓްރެކްޓްގެ ޖުމްލަ އަގުގެ ނިސްބަތުން އުނިކުރެވޭނެއެވެ. |
|
30.1. |
ބީލަމަށް ހުށަހަޅާ އަގަކީ 250,000/- ރުފިޔާއަށްވުރެ މަތީގެ އަގެއްނަމަ ބީލަން ކާމިޔާބުކުރި ފަރާތުން ސަރުކާރު ގަބޫލުކުރާ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންވާނެއެވެ. |
|
30.2. |
ޕާރފޯމަންސް ގެރެންޓީ ބެހެއްޓުމަށް ބީލަން ކާމިޔާބުކުރި ފަރާތަށް ދެވޭ މުއްދަތުގައި ޕާރފޯމަންސް ގެރެންޓީ ނުބަހައްޓައިފިނަމަ، މިމަސައްކަތް ހަވާލުކުރުމަށް ނިންމާފައިވާ ނިންމުން ބާތިލްކުރުމަށްފަހު، އެފަރާތުން ހުށަހަޅާފައިވާ ބިޑް ސެކިއުރިޓީ ދައުލަތަށް ނެގޭނެއެވެ. |
|
30.3. |
ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންވާނީ ސަރުކާރު ގަބޫލުކުރާ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަޝަނަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ. ޕާރފޯމަންސް ގެރެންޓީ އޮންނަންވާނެ ގޮތުގެ ނަމޫނާއެއް ޖަދުވަލު 8 ގައި ވާނެއެވެ. |
|
31.1. |
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރެވޭނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 17 ގައިވާ "ބީލަމަކާ ގުޅިގެން މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" އާ އެއްގޮތަށެވެ. |
|
31.2. |
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް ހުށަހަޅަންވާނީ ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 18 ގައިވާ "ބީލަން އިޢުލާންކުރި އޮފީހުގެ ޕްރޮކިއުމަންޓް އޮފިސަރަށް ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް-ފުރަތަމަ މަރުހަލާ" PR-14 ފޯމުންނެވެ. |
|
31.3. |
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް ހުށަހެޅުމުން، މައްސަލަ ހުށަހަޅާ ތާރީޚުން ފެށިގެން ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މައްސަލަ ނިންމައި، މައްސަލަ ނިންމިގޮތް ލިޔުމަކުން މައްސަލަ ހުށަހެޅި ފަރާތަށް، ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 19 ގައިވާ "ބީލަމުގެ މައްސަލައާއި ގުޅިގެން ޕްރޮކިއުމަންޓް އޮފިސަރުދޭ ޖަވާބު" PR-14 ފޯމުން ޖަވާބު ތައްޔާރުކޮށް އަންގާނެއެވެ. |
|
31.4. |
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް ހުށަހެޅުމުން، ޕްރޮކިއުމަންޓް އޮފިސަރުދޭ ޖަވާބާމެދު ހިތްހަމަ ނުޖެހޭނަމަ އެކަން ބަޔާންކޮށް މައްސަލަ އަލުން ބެލުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އޮޑިޓް އެންޑް ކޮމްޕްލަޔަންސް ސެކްޝަނަށް ހުށަހެޅިދާނެއެވެ. |
|
32.1. |
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 17.11 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ދިމާވާ މައްސަލައަކާއި ގުޅިގެން އިދާރީކަންކަން އަލުން ބެލުމަށް "މުސްތަޤިއްލު ރިވިޔު ކޮމެޓީ" އަށް ހުށަހެޅުމުގައި، ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 21 ގައިވާ "ބީލަންވެރިޔާ ބީލަމުގެ މައްސަލަ އަލުން ބަލައިދިނުމަށް އެދި "ބީލަމުގެ މައްސަލަ އަލުން ބަލާ މުސްތަޤިއްލު ރިވިޢު ކޮމެޓީއަށް މައްސަލަ ހުށަހަޅާ ފޯމު" – އެޕީލް މަރުހަލާ" PR-16 ފޯމުން ހުށަހަޅިދާނެއެވެ. |
ސެކްޝަން - 3 |
||
އެއްބަސްވުމުގެ އާންމު މާއްދާތައް އަދި ހާއްސަ މާއްދާތައް |
||
|
33.1.
|
"މަސައްކަތުގެ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އެ މަސައްކަތެއް ކުރުމަށް ބޭނުންވާ މިނިސްޓްރީގެ ދާއިރާގެ ތަނަކަށެވެ. |
|
33.2. |
"މަސައްކަތް ހަވާލުވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ މަސައްކަތެއް ކޮށްދިނުމަށް އެދި ބީލަން ހުށަހަޅާ ފަރާތަށެވެ. |
|
33.3. |
"މަސައްކަތް" ކަމަށް ބުނެފައިއެވަނީ ބީލަން ޝީޓްގައި ބަޔާންކޮށްފައިވާ ޚިދުމަތް ނުވަތަ މަސައްކަތަކެވެ. |
|
33.4. |
"މަސައްކަތުގެ އަގު" ކަމަށް ބުނެފައިއެވަނީ އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ފުރިހަމަކުރުމުން މަސައްކަތް ހަވާލުވާ ފަރާތަށް ދައްކާ ފައިސާއަށެވެ. |
|
33.5. |
"އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، މަސައްކަތުގެ ވެރިފަރާތާއި، މަސައްކަތްކުރުމަށް ހަވާލުވާ ފަރާތާ ދެމެދު މަސައްކަތްކުރުމާބެހޭ ގޮތުން ވެވޭ އެއްބަސްވުމަށެވެ. |
|
34.1. |
މި އެއްބަސްވުމުގައި ޝާމިލުވާ ފަރާތްތަކުން މިއެއްބަސްވުމާއި ގުޅިގެން އެއް ފަރާތުން އަނެއް ފަރާތަށް އަންގަންޖެހޭ އެންމެހައި އެންގުންތައް އާއްމުގޮތެއްގައި އަންގާނީ ދިވެހި ބަހުން، ލިޔުމުންނެވެ. |
|
34.2. |
އެއްފަރާތުން އަނެއް ފަރާތަށް ފޮނުވާ ލިޔުން ރައްދުކުރާނީ އަތުން އަތަށް ނުވަތަ ރަޖިސްޓްރީ ފޯސްޓުން، ނުވަތަ ކަނޑައެޅިފައިވާއީމެއިލަށް، ބީލަމުގައި ބަޔާން ކޮށްފައިވާ އެޑްރެހަށެވެ. |
|
34.3. |
މިއެއްބަސްވުމުގައިވާ އެޑްރެސް ބަދަލުކުރާން ބޭނުންވާނަމަ، ބަދަލު ކުރާން ބޭނުންވާ ފަރާތުން އަނެއް ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. |
|
35.1. |
މިއެއްބަސްވުމުގެ ދަށުންކުރެވޭ މަސައްކަތުގެ އެއްވެސްބައެއް އެހެންފަރާތަކާއި ޙަވާލުކޮށްގެން ކުރަން ބޭނުންވާނަމަ އެކަން ބަޔާންކޮށް މަސައްކަތް ޙަވާލުވާ ފަރާތުން، ވެރިފަރާތަށް ލިޔުމުން ހުށަހަޅާ ހުއްދަހޯދަށްވާނެއެވެ. |
35.2. |
35.1 ގައިވާ ގޮތުގެމަތިން އެހެން ފަރާތަކާ މަސައްކަތުގެ އެއްވެސްބައެއް ހަވާލުކުރިކަމުގައިވިޔަސް މަސައްކަތް ޙަވާލުވާ ފަރާތުން މިއެއްބަސްވުމުގައިވާގޮތުގެމަތިން ފުރިހަމައަށް ޒިންމާ އުފުލަން ވާނެއެވެ. |
|
|
36.1. |
ތަކެތި ގުދަނަށް ގެނައުމުގެ 03 (ތިނެއް) ދުވަސް ކުރިން ތަކެތި ގުދަނަށް ގެނެވޭނެ ތާރީޚާއި ގަޑި މަސައްކަތް ވިލަރެސްކުރާ ފަރާތަށް އަންގަންވާނެއެވެ. |
36.2. |
ތަކެތި ގުދަނަށް ގެނައުމުން މަސައްކަތް ވިލަރެސްކުރާ ފަރާތުން (ގުދަނުން) ޙަވާލުވާނީ ތަކެތީގެ އަދަދާއެވެ. |
|
|
36.3. |
އެއްބަސްވުމުގައިވާ ގޮތަށް ތަކެތި/ޚިދުމަތް ލިބިފައިވޭތޯ ބަލާނީ ގުދަނަށް ޙަވާލުވުމަށްފަހު އިވެލުއޭޝަން ކޮމެޓީންނެވެ. ކޮލިޓީ ބެލުމަށްފަހު ސްޕެސިފިކޭޝަނާއި އެއްގޮތަށް މަސައްކަތް ނިންމާފައިވާކަމަށް ވާނަމަ އެގްރީމަންޓާ އެއްގޮތަށް ތަކެތި/ޚިދުމަތް ލިބުނުކަމަށްބެލޭނެއެވެ. އަދި އެއްބަސްވުމާ ޚިލާފަށް ފޯރުކޮށްދީފައިވާ ޚިދުމަތް/ތަކެތި އަނބުރާ ފޮނުވާލެވޭނެއެވެ. |
|
37.1. |
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ތަކެތި/ޚިދުމަތް ފޯރުކޮށްދޭންވާނެއެވެ |
37.2. |
މަސައްކަތް ހަވާލުވިފަރާތުގެ ބާރުނުފޯރާ ކަމެއް ނުވަތަ ޤުދުރަތީ ޙާދިސާއެއް/ކާރިޘާއެއް ނުވަތަ މެނިފެކްޗަރިންއާއި ގުޅޭކަމެއް ކުރިމަތިވެއްޖެނަމަ މުއްދަތު އިތުރުކުރުމަށްޓަކައި އެޙާދިސާއެއް/ކާރިޘާއެއް ނުވަތަ އެކަމެއް ދިމާވިކަން އެގޭފަދަ (ރަސްމީ ނުވަތަ ކަމާގުޅޭ ފަރާތްތަކުގެ) ލިޔުންތަކާއެކު މަސައްކަތް ނިންމަންޖެހޭ މުއްދަތު ހަމަވުމުގެ ކުރިން މަސައްކަތުގެ ވެރިފަރާތަށް ހުށަހަޅަންވާނެއެވެ. |
|
|
37.3. |
އެއްވެސް ސަބަބަކާއި ހުރެ މުއްދަތު އިތުރުކޮށްދިނުމަށް ހުށަހެޅިނަމަވެސް މުއްދަތު އިތުރުކޮށްދޭނީ "މުއްދަތު އިތުރުކޮށްދިނުމުގެ އުޞޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބިޑް ކޮމެޓީއަށް ހުށަހަޅައިގެންނެވެ. |
|
38.1. |
އެއްބަސްވުމުގައިވާ މުއްދަތަށް މަސައްކަތް ނުނިމޭނަމަ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 10.71 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ލިކުއިޑޭޓަޑް ޑެމޭޖަސް ކެނޑޭނެއެވެ. |
38.2. |
ޖުމްލަ އަގު 2,500,000/-ރުފިޔާއަށްވުރެ ދަށުގެ ބީލަމެއްނަމަ ފައިސާ ކަނޑާނީ، ޖުމްލަ އަގު 0.005 (ޕޮއިންޓް ސުމެއް ސުމެއް ފަހެއް) އާ ގުނަކުރުމުން ޖެހޭ އަދަދާ މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކުގެ އަދަދާ ގުނަކުރުމުން ޖެހޭ އަދަދެކެވެ. ލިކުއިޑޭޓެޑް ޑެމޭޖަސް = CP*0.005*LD CP (ކޮންޓްކެޓް ޕްރައިސް): ކޮންޓްރެކްޓްގެ ޖުމްލަ އަގު LD (ލޭޓް ޑިއުރޭޝަން): ކޮންޓްރެކްޓްގެ މުއްދަތަށްވުރެ އިތުރުވާ ދުވަސްތައް |
|
|
38.3. |
މަސައްކަތް ނުނިމި ލަސްވާ މުއްދަތަށް މަސައްކަތް ޙަވާލުވި ފަރާތުން ފައިސާ ދޭންޖެހިއްޖެނަމަ، މަސައްކަތް ޙަވާލުވި ފަރާތުން ހުށަހަޅާ ބިލަށް ފައިސާ ދޫކުރެވޭނީ މަސައްކަތް ނުނިމި ލަސްވީ މުއްދަތަށްވާ ފައިސާ ބިލްގައިވާ އަދަދުން ކެނޑުމަށްފަހު ބާކީ ފައިސާއެވެ. |
|
38.4. |
މަސައްކަތުގެ ޖުމްލަ އަގުގެ އިންސައްތަ އަށްވުރެ ލިކުއިޑޭޓަޑް ޑެމޭޖަސް ބޮޑުވެއްޖެނަމަ އެއްބަސްވުން ބާތިލްކުރެވޭނެއެވެ. |
|
39.1. |
އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތަށް މަސައްކަތް ކުރިޔަށް ނުދާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެއްބަސްވުންއެއްކޮށް ނުވަތަ އެއްބަސްވުމުގެ ބައެއް ބާތިލްކުރުމުގެ ފުރިހަމަ އިޚްތިޔާރު މަސައްކަތުގެ ވެރިފަރާތަށް ލިބިގެންވެއެވެ. |
|
39.2. |
އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ބާތިލްކޮށްފިނަމަ ބަންދުނޫން 3 ދުވަހުގެ ތެރޭގައި، އެހާތަނަށް ނިމިފައިވާ މަސައްކަތާއި، ނުނިމިހުރި މަސައްކަތުގެ ތަފްސީލް އަގާއެކު ލިޔެ، ދެފަރާތުން އެލިޔުމުގައި ސޮއިކުރަން ވާނެއެވެ. އަދި މަސައްކަތް ހިނގާ ސައިތްގައި ހުންނަ ކޮންޓްރެކްޓަރ ގެ ހުރިހާ ތަކެތީގެ ލިސްޓް ނަގައި އެތަކެތި ބަނދުނޫން 3 ދުވަހުގެ ތެރޭގައި ގެންދަންވާނެއެވެ. މި މުއްދަތުގެ ފަހުން މިއިން އެއްޗަކަށް ދިމާވާ އެއްވެސް މައްސަލައަކަށް ޒިންމާއެއް ނުވެވޭނެއެވެ. |
|
40.1. |
މި އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުމަށްފަހު ސަރުކާރުގެ އެއްވެސް ޤާނޫނެއް ނުވަތަ ގަވާއިދަކާ މި އެއްބަސްވުމާއި ތަޢާރުޟު ވާކަން އެނގިއްޖެނަމަ ނުވަތަ އެފަދަ ޤާނޫނެއް ނުވަތަ ގަވާއިދެއް ހެދިއްޖެނަމަ އެކަމެއްގެ ސަބަބުން މުޅި މިއެއްބަސްވުން ބާޠިލެއް ނުވާނެއެވެ. އެފަދަ މާއްދާއެއް މި އެއްބަސްވުމުގައި ހިމެނިފައިވާނަމަ އެ މާއްދާއެއް އިސްލާހްކޮށްގެން ނަމަވެސް މި އެއްބަސްވުން އުވާނުލައި ދެމެހެއްޓުމަށް ދެފަރާތުންވެސް އެއްބަސްވެ ޤަބޫލުކުރަމެވެ. |
|
41.1. |
މިމަސައްކަތާއި ގުޅިގެން ދައްކަންޖެހޭ ޓެކްސްތަކާއި، ކަސްޓަމްސް ޑިޔުޓީތަކާއި، އިމްޕޯޓް ލައިސަންސް ފީތައް އަދި އެހެނިހެއް ފީއެއް ދައްކަންޖެހިއްޖެނަމަ ފީއެއް ދައްކާނީ މަސައްކަތް ހަވާލުވި ފަރާތުންނެވެ. |
|
42.1. |
މި އެއްބަސްވުމުގައިވާ އެއްވެސް މާއްދާއަކަށް ބަދަލެއް ގެނެވޭނީ ދެފަރާތުގެ މެދުގައި ސޮއިކުރެވޭ އެއްބަސްވުމަކުންނެވެ. |
|
43.1. |
މި އެއްބަސްވުން ހިންގާނީ، އަދި ތަންފީޛު ކުރާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށެވެ. |
|
44.1. |
މިއެއްބަސްވުމާއިމެދު އުފެދޭ ދެބަސްވުން ދެފަރާތުގެ މެދުގައި ވާހަކަ ދައްކައިގެން ހައްލުނުކުރެވިއްޖެނަމަ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ނިންމާނީއެވެ. |
|
44.2. |
މިއެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރާނީވެސް ދެފަރާތުގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. ހައްލުނުވެއްޖެނަމަ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ނިންމާނީއެވެ. |
ސެކްޝަން - 4 |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ޖަދުވަލުތައް |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ޖަދުވަލު – 1 |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ބީލަން ހުށަހަޅާ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް އަދި ޗެކްލިސްޓް |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ޖަދުވަލު – 2 |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ބީލަން ހުށަހަޅާ ފޯމް |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ޖަދުވަލު – 3 |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ހުށަހަޅާ ފަރާތުގެ ޕްރޮފައިލް |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
ޖަދުވަލު – 4 |
މާލީ ތަނަވަސްކަމާއި ބެހޭ މަޢުލޫމާތު |
ބީލަން ހުށަހަޅާ ފަރާތުގެ އެކައުންޓްތަކުގެ މަޢުލޫމާތު |
||||||
2022 މާރޗް މަހުގެ ނިޔަލަށް ބެލެންސް (ދިވެހި ރުފިޔާއިން) |
އެކައުންޓްގެ ބާވަތް |
އެކައުންޓް ނަންބަރު |
# |
|||
|
|
|
|
|||
|
|
|
|
|||
|
ޖުމްލަ |
|||||
ކްރެޑިޓް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު |
||||||
ފައިސާގެ އަދަދު (ދިވެހި ރުފިޔާއިން) |
ދޫކުރެވުނު މުއްދަތު |
ދޫކުރެވުނު ތާރީޚް |
ކުރެޑިޓް ދޫކުރި ފަރާތުގެ ނަން |
# |
||
|
|
|
|
|
||
|
|
|
|
|
||
|
|
|
|
|
||
|
ޖުމްލަ |
|||||
ނޯޓް: އިވެލުއޭޝަނަށް ނަގާނީ ހުށަހަޅާއަގުގެ 20 އިންސައްތަ ޖުމްލަ އަދަދުން ހަމަވާނަމައެވެ. އަދި އިވެލުއޭޝަނަށް ނަގާނެ އެންމެ މަތީ އަދަދަކީ ހުށަހަޅާއަގުގެ 100 އިންސައްތައެވެ.
ޖަދުވަލު – 5 |
|||||||||||||||||||||||||||||||||||
ފާއިތުވި 36 (ތިރީސް ހައެއް) މަހުގެ ތެރޭގައި ކޮށްފައިވާ ގުޅުންހުރި މަސައްކަތްތައް (2022 މާރޗްގެ ނިޔަލަށް) |
|||||||||||||||||||||||||||||||||||
ނޯޓް: އިވެލުއޭޝަނަށް ނެގޭނީ ހުށަހަޅާއަގުގެ 20 އިންސައްތަ ހަމަވާ މަސައްކަތްތަކެވެ |
|||||||||||||||||||||||||||||||||||
ޖަދުވަލު – 6 |
|||||||||||||||||||||||||||||||||||
ބީލަން އިވޭލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަނޑު |
|||||||||||||||||||||||||||||||||||
|
ޖަދުވަލު – 7 |
|
||||||||||||||
ބިޑް ސެކިއުރިޓީ |
|
||||||||||||||
Form of Bid Security (Bank Guarantee)
Whereas, ………………………………………………..[name of Bidder] (hereinafter called “the Bidder”) has submitted his Bid for the Tender no……….issued by the Ministry of Education on ………………………………… …………..for Supplying/Purchasing of …………………………… …….[name of Contract] (hereinafter called “the Bid”).
Know all people by these presents that We ………………………………………. [name of Bank] of ……… …………………… [name of country] having our registered office at ………………………………………………………………………………….. (hereinafter called “the Bank”) are bound unto …………………………….[name of Purchaser] (hereinafter called “the Purchaser”) in the sum of *………………………………………….. for which payment well and truly to be made to the said Purchaser, the Bank binds itself, its successors, and assigns by these presents.
Sealed with the Common Seal of the said Bank this ……..day of …………….20……………..
The conditions of this obligation are:
(1) If, after Bid opening, the Bidder withdraws his Bid during the period of Bid validity specified in the Form of Bid; or (2) If the Bidder having been notified of the acceptance of his Bid by the Purchaser during the period of Bid validity: (a) fails or refuses to execute the Form of Agreement in accordance with the Instructions to Bidders, if required; or (b) fails or refuses to furnish the Performance Security, in accordance with the Instruction to Bidders; or (c) does not accept the correction of the Bid Price pursuant to Clause 27,
we undertake to pay to the Purchaser up to the above amount upon receipt of his first written demand, without the Purchaser’s having to substantiate his demand, provided that in his demand the Purchaser will note that the amount claimed by him is due to him owing to the occurrence of one or any of the three conditions, specifying the occurred condition or conditions.
This Guarantee will remain in force up to and including the date ………………………. days after the deadline for submission of bids as such deadline is stated in the Instructions to Bidders or as it may be extended by the Purchaser, notice of which extension(s) to the Bank is hereby waived. Any demand in respect of this Guarantee should reach the Bank not later than the above date.
Date…………………………… Signature of the Bank
Witness ……………………… Seal
[signature, name, and address]
|
|
||||||||||||||
ޖަދުވަލު – 8 |
|
||||||||||||||
ޕާރފޯމަންޓް ގެރެންޓީ |
|
||||||||||||||
Form of Performance Bank Guarantee (Unconditional)
To: …………………………………………………………………………………………………. [name &address of Purchaser] …………………………………………………………………………………………………. …………………………………………………………………………………………………. Whereas ……………………. [name and address of Supplier] (hereinafter called “the Supplier”) has undertaken, in pursuance of Contract No. …… dated ……………………… to execute …………………………… [name of Contract and brief description of Works] (hereinafter called “the Contract”);
And whereas it has been stipulated by you in the said Contract that the Supplier shall furnish you with a Bank Guarantee by a recognized bank for the sum specified therein as security for compliance with his obligations in accordance with the Contract;
And whereas we have agreed to give the Supplier such a Bank Guarantee;
Now therefore we hereby affirm that we are the Guarantor and responsible to you, on behalf of the Supplier, up to a total of *…………….. [amount of Guarantee] ……………………… [amount in words], such sum being payable in the types and proportions of currencies in which the Contract Price is payable, and we undertake to pay you, upon your first written demand and without cavil or argument, any sum or sums within the limits of ……………… [amount of Guarantee] as aforesaid without your needing to prove or to show grounds or reasons for your demand for the sum specified therein.
We hereby waive the necessity of your demanding the said debt from the Supplier before presenting us with the demand.
We further agree that no change or addition to or other modification of the terms of the Contract or of the Works to be performed there under or of any of the Contract documents which may be made between you and the Supplier shall in any way release us from any liability under this Guarantee, and we hereby waive notice of any such change, addition, or modification.
This Guarantee shall be valid until the date of issue of the Defects Correction Certificate. Signature and seal of the Guarantor ……………………….. Name of Bank …………………………………….. Address …………………………………….. …………………………………….. …………………………………….. Date ………………………………………
|
|
||||||||||||||
ސެކްޝަން - 5 |
|||||||||||||||
|
|||||||||||||||
|
ސެކްޝަން- 6 |
އެއްބަސްވުން |
މި އެގްރީމަންޓް ކުރެވިފައި ވަނީ، -------------------- (މި އެއްބަސްވުމުގައި މީގެ ފަހުން "ގަންނަފަރާތް") އާއި ------------ (މި އެއްބަސްވުމުގައި މީގެފަހުން "ވިއްކާފަރާތް") އާ ދެމެދު، މީލާދީ ސަނަތުން، ........... ވަނަ އަހަރުގެ ........................ މަހުގެ ....... (..................) ދުވަހު އެވެ. |
ދެންފަހެ، ............................ (މި އެއްބަސްވުމުގައި މީގެ ފަހުން "މަސައްކަތްތައް") ކުރުމަށް ގަންނަފަރާތުން ބޭނުންވި ހިނދު، އަދި އެކަމަށްޓަކައި ވިއްކާފަރާތުން ހުށަހަޅާފައިވާ އަންދާސީ ހިސާބު ގަންނަފަރާތުން ޤަބޫލުކުރި ހިނދު، ބުނެވިދިޔަ މަސައްކަތްތައް ވިއްކާފަރާތުން ކުރުމަށާއި، އަދި އެ މަސައްކަތްތައް ފޯރުކޮށްދިނުމުގައި ލިބޭ ގެއްލުމަކަށް ބަދަލު ދޭންޖެހޭނަމަ އެކަމެއް ކުރުމަށް ނިޔަތްގަނެ، އަންނަނިވި ކަންކަމަށް އެއްބަސްވަމެވެ. 1. މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުސްތަލަޙުތަކާއި އިސްތިލާޙުތައް މާނަކުރުމުގައި "އެއްބަސްވުމުގެ ޝަރުޠުތައް" ގައި އެ މުސްތަލަޙެއް ނުވަތަ އިސްތިލާޙެއް ބޭނުންކޮށްފައިވާ ގޮތަށް ބަލަންވާނެއެވެ. އަދި އެއީ، މި އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ބެލެވޭނެއެވެ. 2. މި އެއްބަސްވުމުގައި ކަނޑައަޅާފައިވާ އަގަށް، އަދި އެ އަގު ދެއްކުމަށް ކަނޑައަޅާފައިވާގޮތަށް ރިޢާޔަތްކޮށް އެއްބަސްވުމުގެދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އަދި އެ މަސައްކަތްކުރުމުގައި މި އެއްބަސްވުމުގެ ޝަރުޠުތަކާ އެއްގޮތްނުވާ މަސައްކަތްތަކަށް ލިބިދޭންޖެހޭ ބަދަލު ދިނުމަށް ވިއްކާފަރާތުން އެއްބަސްވެއެވެ. 3. މި އެއްބަސްވުމުގައި ކަނޑައަޅާފައިވާ މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމުމާއި، އަދި އިސްލާޙު ކުރަންޖެހޭ މަސައްކަތްތައް އެއްބަސްވުމުގެ ޝަރުޠުތަކާއި އެއްގޮތަށް އިސްލާޙުކުރުމާ ގުޅިގެން ވިއްކާފަރާތަށް ލިބިދޭންޖެހޭ މަސައްކަތުގެ އަގު ނުވަތަ އެއްބަސްވުމުގެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން ވިއްކާފަރާތުން ކޮށްނިންމާ މަސައްކަތްތަކަށް ދޭންޖެހޭ އެންމެހާ ފައިސާ ވިއްކާފަރާތަށް ދިނުމަށް ގަންނަފަރާތުން އެއްބަސްވެއެވެ. |
މި އެއްބަސްވުން އެކުލެވިގެންވަނީ ބީލަމާ ގުޅިގެން ދެވުނު މަޢުލޫމާތާއި، އެއްބަސްވުމުގެ އާންމު މާއްދާތަކާއި، މަސައްކަތް ހަވާލުވި ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގެ މައްޗަށެވެ. |
މި އެއްބަސްވުމަކީ، މި އެއްބަސްވުމުގެ އެންމެހައި މާއްދާތަކަށް އިޙްތިރާމްކުރުމާއި، އެއްބަސްވުމުގައި ބަޔާންކުރާ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި، ދެފަރާތުން މިއެއްބަސްވުމުގެ މުއްދަތަށް އެއްބަސްވުން ދެމެހެއްޓުމުގެ ނިޔަތުގައި ތިރީގައިވާ މީހުން ހެކިކޮށް، ދެފަރާތުގެ ފުރިހަމަ އިޚްތިޔާރާ އެކު ސޮއިކޮށްފައިވާ ޞައްޙަ އެއްބަސްވުމެކެވެ. |
މަސައްކަތުގެ ވެރިފަރާތް: |
މަސައްކަތާ ހަވާލުވާ ފަރާތް: |
ސޮއި: |
ސޮއި: |
ނަން: |
ނަން: |
މަޤާމް: |
މަޤާމް: |
ތައްގަނޑު: |
ތައްގަނޑު: |
ހެކިން: |
ހެކިން: |
ސޮއި: |
ސޮއި: |
ނަން: |
ނަން: |
މަޤާމް: |
މަޤާމް: |
އައި.ޑީ#: |
އައި.ޑީ#: |
މަސައްކަތުގެ ވެރިފަރާތުން ސްޕަވައިޒު ކުރާނީ |
މަސައްކަތް ހަވާލުވާ ފަރާތުން ސްޕަވައިޒު ކުރާނީ |
ސޮއި: |
ސޮއި:
|
ނަން: |
ނަން: |
މަޤާމް: |
މަޤާމް: |
އައި.ޑީ#: |
އައި.ޑީ#: |
ގުޅޭނެ ނަންބަރު: |
ގުޅޭނެ ނަންބަރު: |
އީމެއިލް އެޑްރެސް: |
އީމެއިލް އެޑްރެސް: |
ސެކްޝަން - 7 |
||||||
ބޭނުންވާ ޚިދުމަތް/ތަކެތި/މަސައްކަތުގެ ތަފްސީލް
ސެކިއުރިޓީ ބެލެހެއްޓުގުޅޭ މަޢުލޫމާތު
1- ސެކިރިޓީ ގާޑަކު ބަހައްޓައިގެން ސްކޫލްގެ ރަސްމީ ގަޑި ފިޔަވާ ހުރިހައި ވަގުތެއް (ބަންދު ދުވަސްތަކާއެކު) އިމާރާތާއި ގޯތި ތެރެ ސެކިއުރިޓީ ބެލެހެއްޓުން 2- ސެކިއުރިޓީގައި ބަހައްޓާ މީހަކީ ލިޔަން ކިޔަން އެގޭ އަދި ފޯނުން ވާހަކަ ދައްކާ ފޯނާއިކުޅެންއެގޭ އުމުރުން 65 އަހަރު ނުވާ ސިއްހަތު ރަހަގަޅު މީހަކަށްވުން 3- ސެކިއުރިޓީ ބަލަހައްޓާ މީހަކު ގޯތިތެރެއަށް ކަމާއި ނުގުޅޭ މީހަކު ވަދޭތޯ ބަލާ، މީހުން ވަދެއުޅޭނަމަ އެއީ ސްކޫލުން ހުއްދަ ދީގެން ވަދެ އުޅޭ ބައެއްތޯ ބަލާ، އެމީހަކާއި ގުޅޭ މަލޫމާތު ސާފުކޮށް ސްކޫލްގެ ކަމާއިގުޅޭމީހަކަށް ނުވަތަ ސެކިއުރިޓީ ގާޑުންގެ ސްޕަވައިޒަރ އަށް އެންގުން 4- ސްކޫލްގެ ބޭނުންތަކުގައި ވަންނަ މުވައްޒަފުން ނޫން އެހެންމީހުން ވަންނަނަމަ އެފަރާތެއްގެ މައުލޫމާތު ރިކޯޑު ކެރެވޭގޮތް ސެކިއުރިޓީ ބަލަހައްޓާފަރާތުން އިންތިޒާމް ހަމަޖައްސަންވާނެވެ. 5- ސެކިއުރިޓީގައި ހުންނަ މީހަކު ރޭކާއި، ދުވާލު 08 ގަޑިއިރަށް ވުރެ ގިނައިރު ޑިއުޓީގައި ނުބެހެއްޓުން. އަދި ބިޑްހުށަހަޅާއިރު ބޭނުންކުރާނެ ސެކިއުރިޓީ އޮފިސަރުންގެ ޢަދަދު ބަޔާން ކުރަންވާނެއެވެ. މިގޮތަށް ހުށަނާޅާ ނަމަ ސެކިއުރިޓީ އޮފިސަރުންނަށް ލިބެންވާ މާކްސްއެއް ނުލިބޭނެ ކަމުގައި ދަންނަވަމެވެ. 6- ސެކިއުރިޓީގައި ހުންނަ ފަރާތަކާއި ފޯނުން މުއާމަލާތްކުރެވޭގޮތަށް ފޯނެއް އޮންނަންވާނެވެ. އަދި އެފަރާތްތަކާއި ގުޅޭނެ ނަންބަރު ތަކާއި، ސެކިއުރީޓީގައިތިބޭ ގާޑުންގެ ނަމާއި އެޑުރެސް އައިޑީ ކާޑުކޮޕީ ސްކޫލްގެ ކަމާއިގުޅޭފަރާތައް ލިޔުމުން ހުށަހެޅުން 7- ސެކިއުރިޓީގައި ތިއްބަވާ ގާޑުން ސެކިއުރިޓީ ޔުނީފޯމްލުން ނުވަތަ ގާޑުންގެ ނަން އެގޭގޮތަށް ފޮޓޯއާއިއެކު ބޭނުންކުރުން. 8- 24 ގަޑިއިރު ޑިއުޓީކުރާއިރު 8 ގަނޑިން ހުސްކަމެއް ނާންނަގޮތަށް ޑިއުޓީ ބަދަލުކުރުން 9- ޑިއުޓީގައި ތިބޭފަރާތްތަކުން ގޯތީގެ އެއްވެސް ތާކަށް/އިމާރާތަށް އެއްވެސްމުދަލަކަށް ގެއްލުމެއް ދޭތޯއާއި ،ވައްކަމެއް ކުރަން އުޅޭނަމަ (ޝައްކުވާނަމަ) އެކަމެއް، ނުވަތަ ގުދުރަތީ ގެއްލުމެއް ކަމެއްވާނަމަ އެކަމެއް ލަސްނުކޮށް ސްކޫލްގެ ކަމާއިގުޅޭފަރާތަށް އެންގުން 10 - އަލިފާނުގެ ހާދިސާއެއް ހިގާކަން އެގިއްޖެނަމަ ވަގުތުން ފަޔަރ ރިސްއަށް އެންގުމަށްފަހު ސްކޫލްގެ ކަމާއިގުޅޭފަރާތަށް އެންގުން 11 - އިމާރާތުގައި ފެން ހޮޅި، އިސްކުރު ހަލާކުވުން ފަދަ އެއްވެސް ހާދިސާއެއް ހިގައިގެން އުޅޭނަމަ އެކަމެއް ސްކޫލްގެ ކަމާއި ގުޅޭ ފަރާތަށް އެންގުން. 12 ސެކިއުރިޓީ ބަލަހައްޓާ ފަރާތުގެ ހާޟިރީއެއް ސައިޓުގައި ބާއްވާ އެހާޟިރީގައި ޑިއުޓީ ފެށޭގަޑިއާއި ނިމޭގަޑި އެގޭގޮތަށް ސޮއިކުރުވުން. 13 – ސްކޫލްގައި ބޭއްވޭ އޯލެވެލް / އަދި އޭލެވެލް އިމްތިޙާނުގެ ސުވާލު ކަރުދާސްތައް ސްކޫލްގެ ސެކިއުރިޓީ ރޫމަށް ލީއްސުރެ، އެ އިމްތިޙާނުތައް ނިމިގެން ޖަވާބު ކަރުދާސްތައް ނެރެންދެން ސްކޫލްގެ ސެކިޔުރިޓީ ރޫމްގެ ސެކިޔުރިޓީ ސްކޫލުން އަންގާ ގޮތެއްގެ މަތިން އިތުރު އަގަކާނުލައި ބަލަހައްޓައިދޭންވާނެއެވެ. 14 – ރަމަޟާން މަހު އޮފީސްތައް އަވަހަށް ނިމޭތީވެ، ( ދެދަންފަޅިއަށް ) ހަވީރު 4.00 ގެ ފަހުން ސެކިއުރިޓީ ބަލަހައްޓައިދޭން ވާނެއެވެ.
15 – ޖޫރިމަނާ ކުރެވޭނެ ހާލަތްތަކާއި މިންވަރު
|