ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-REG/23/2023/2
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 16 މާރިޗު 2023 00:00
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
Tetracycline Hydrochloride ophthalmic Ointment USP 1% އާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ                                  

  މިނިސްޓްރީ އޮފް ހެލްތު                                                            

   މާލެ، ދިވެހިރާއްޖެ            

                               (IUL)182-REG/23/2023/2  :ނަންބަރު                                                                                                   

އެލާރޓް

Tetracycline Hydrochloride ophthalmic Ointment USP 1% އާއި ގުޅޭ

 

                         ތިރީގައި ބަޔާންކޮށްފައިވާ ބޭސް އުފައްދާ ކުންފުނީގެ ފާހަގަކޮށްފައިވާ ބޭހުގެ ބެޗްތަކުގައި މައްސަލަތަކެއް ދިމާވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެލާރޓް ނަންބަރު RPQ/REG/ISF/Alert N°2/2023 އިން ވަނީ އެލާޓް ކުރައްވާފައެވެ.  

 

                         މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި (އެޕްރޫވްޑް ޑްރަގް ލިސްޓްގައި) ހިމެނޭ ބޭހެއް ނޫނެވެ. އެހެން ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯރޓް ކޮށްފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ދެންނެވީމެވެ.

             

                         އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާ އިރު  ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

                         މިއޮތޯރިޓީގެ ބޭހާއި ގުޅުންހުރި ކަންކަމުގައި ގުޅުއްވާނީ އެމްޓީޖީގެ ހޮޓްލައިން ނަންބަރ 7200321 އަށެވެ.

Tetracycline Hydrochloride Ophthalmic Ointment USP 1% Product Name
Tetracycline Hydrochloride Active Pharmaceutical Ingredient
Galentic Pharma (India) Pvt. Ltd Manufacturer
R-673, T.T.C MIDC Rabale, Thane-Belapur Road, Navi Mumbai – 400701, Maharashtra, India Manufacturing Site

                          އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

 

                                            https://cdn.who.int/media/docs/default-source/substandard-and-falsified/n2_2023_tetracycline_eye_ointment_en.pdf?sfvrsn=e94c0b92_9

 

                                                      https://www.who.int/news/item/22-02-2023-medical-product-alert-n-2-2023-tetracycline-hydrochloride-ophthalmic-ointment

 

 

 

09 މާރިޗު 2023