ބީލަން
ނަންބަރު: (IUL)468-APS/468/2023/73
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 09:00
ސުންގަޑި:
20 މާރިޗު 2023 10:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުވައްމުލަކު މިސްކިތްމަގު ލަކީސްޓަރ ގޯއްޗާއި އިންވެގެން އޮތް 975 އަކަފޫޓުގެ ބިމާއި އެ ބިމުގައި ކޮށްފައިވާ އިމާރާތް ކުއްޔަށް ދިނުމާއި ގުޅޭ.
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ފުވައްމުލަކު މިސްކިތްމަގު ލަކީސްޓަރ ގޯއްޗާއި އިންވެގެން އޮތް 975 އަކަފޫޓުގެ ބިމާއި އެ ބިމުގައި ކޮށްފައިވާ އިމާރާތް ކުއްޔަށް ދިނުމާއި ގުޅިގެން ކުރެވުނު ނަންބަރު (IUL)468-APS/468/2022/328 އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
- ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 15 މާރިޗު 2023 ގެ 10:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.
- ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.
- މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 19 މާރިޗު 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 19 މާރިޗު 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 20 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
09 މާރިޗު 2023