މުބާރާތް
ނަންބަރު: (IUL)376/376/2023/11
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 30 މާރިޗު 2023 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނައަހަރު ރަމަޟާންމަހު މި ކައުންސިލްއިން ބާއްވާ ޤުރްއާން މުބާރާތް ސްޕޮންސާރ ކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

މި އިޢުލާންވަނީ 09 މާރިޗު 2023 14:35 ގައި ބާތިލް ކުރެވިފައެވެ.


                މި ކައުންސިލްއިން ކޮންމެ ރަމްޟާން މަހަކު ބާއްވަމުން އަންނަ ޤުރުއާން މުބާރާތް، މި އަހަރުވެސް ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް އޮންނާނީ 1444 ވަނަ އަހަރު ރަމަޟާން މަހުގެ ފަހު 11 ގައެވެ. މި މުބާރާތް ކުރިއަށްދާނީ 2 ގޮތްޕަކަށް ބަހާލާއިގެންނެވެ. މި މުބާރާތް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ތަޖްވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވަން ދަންނަ ފަރާތްތައް ބަނޑިދޫގައި އިތުރުކުރުމާއި ޤުރްއާން ކިޔެވުމަށް އާއްމު ރައްޔިތުންގެ މެދުގައި ޝައުވެރިކަން އުފެއްދުން ހިމެނެއެވެ. އަދި ރަމަޟާން މަހަކީ އަޅުކަމުގެ މަސްވަރުކަމަށްވުމާއިއެކު ދީނީ ރޫޙާއި ވަޙްދަތު އާލާކުރުމަކީވެސް މި މުބާރާތް ރަމަޟާން މަހު ބޭއްވުމުގެ އެއްބޭނުމެވެ. މިފަދަ މުބާރާތެއް ބޭއްވުމަށް އާއްމު އެކި ފަރާތްތަކުގެ އެހީއާއި މަދަދު ބޭނުންވާ ހިނދު މި މުބާރާތް ސްޕޮންސަރ ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ    

 

                 މުބާރާތުގެ ޓައިޓަލް ސޮޕޮންސަރ ކުރުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ -/50000 (ފަންސާސް ހާސް) ރުފިޔާއެވެ. ވީމާ، މިމުބާރާތް ސުޕޮންސަރކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 30 މާރިޗު 2023 ވާ ބުރާސްފަތި ދުވަހު 13.00 ގެ ކުރިން ތިރީގައިވާ މައުލޫމާތު ހިމެނޭގޮތަށް ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

  1.  ސުޕޮންސާއަށް ހުށަހަޅާ ފައިސާގެ އަދަދާއި އެހެނިހެން ކަންތައްތައް
  2.  މުބާރާތުގެ ޓައިޓަލް ގޮތުގައި ހުށައަޅަން އެދޭގޮތް

 

                  މިމުބާރާތަށް 1 ފަރާތަށް ވުރެގިނަފަރާތްތަކުން ސުޕޮންސަރއަށް އެދި ހުށަހަޅައިފިނަމަ މުބާރާތް ހިންގާނީ އެންމެ ބޮޑު އެހީފުޅެއް ހުށަހަޅާ ފަރާތެއްގެ ނަމުގައެވެ.

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 މާރިޗު 2023