ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
(ޕްރޮޖެކްޓް ނަންބަރު: TES/2022/C-002)
Affordable Housing Scheme Project
Loan No..:763/14
Assignment Title:Consultancy Services for Design & Supervision of 400 Housing Units at Hulhumale’
1. ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ އެހީގައި އެފޯޑަބަލް ހައުސިންގ ސްކީމް ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވާ ފައިސާއިން ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 400 ހައިސިންގ ޔުނިޓް ޑިޒައިންކޮށް ސުޕަވައިޒް ކޮށްދޭނެ ކޮންސަލްޓަންސީ ފާރމެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
2. މިކޮންސަލްޓެންސީ ޚިދުމަތުގެ ތެރޭގައި، (i) ޓެންޑަރ ޑޮކިއުމަންޓުތައް ތައްޔާރުކުރުން؛ (ii) އީ.އައި.އޭ ރިޕޯޓް ތައްޔާރުކުރުން؛ (iii) ޑީޓެއިލްޑް ޑިޒައިން ރިވިއުކުރުން؛ (iv) ކޮންޓްރެކްޓަރގެ މަސައްކަތްް ސުޕަރވައިޒް ކުރުން ހިމެނެއެވެ.
3. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ "ގައިޑްލައިން ފޯ ޔޫސް އޮފް ކޮންސަލޓަންޓްސް" އާއި އެއްގޮތަށް ކުއަލިޓީ އެންޑް ކޯސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުޞޫލުންނެވެ.
4. މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
5. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖްރިބާ އަދި މަސައްކަތަށް ހުށަހާޅާ ފަރާތްތަކަށް ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މަޢްލޫމާތު ހުށަހަޅަން ވާނެއެވެ. ޝޯޓްލިސްޓިންގް ކްރައިޓީރިއާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ހިމެނިފައިވާނެއެވެ.
6. ކޮންސަލްޓަންޓުގެ ޤާބިލިއްޔަތުކަން ހުރި މިންވަރު އިތުރު ކުރުމަށްޓަކައި އެހެން ފަރާތްތަކާއި އެސޯސިއޭޓްވެވިދާނެއެވެ. ނަމަވެސް އެ އެސޯސިއޭޝަނަކީ ޖޮއިންވެންޗަރ އެއް ކަން ނުވަތަ ސަބް ކޮންސަލްޓަންސީއެއްކަން ސާފުކޮށް އެނގެން އޮންނަންްވާނެއެވެ. ޖޮއިންޓްވެންޗަރއެއްނަމަ، މިމަސައްކަތަށް އެފަރާތެއް ހޮވިއްޖެނަމަ، އެ ޖޮއިންޓްވެންޗަރގައި ހިމެނޭ ހުރިހާ ފަރާތްތަކުން ކޮންޓްރެކްޓުގައި ބަޔާންކުރާ އެންމެހާ ޒިންމާތައް އަދާކުރަންވާނެއެވެ.
7. ވީމާ، މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އެޕްރީލް 2023 ވާ ބުދަ ދުވަހު 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހެޅޭ "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ބަލައެއްނުގަނެވޭނެއެވެ.
ފާޠިމަތު ރިޝްފާ އަޙްމަދު،
ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް،
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : +960 3349147, +960 3349106, +960 3349113
އީމެއިލް : [email protected]
ކޮޕީ : [email protected]