މަސައްކަތް
ނަންބަރު: (IUL)253/253/2023/24
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 19 މާރިޗު 2023 11:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ރަށު ގޯޅިމަގުތަކުގައި ޖަހާފައިވާ ހޮޅިބުރި ތަކާއި ބަނދަރު ބައްތިތައް 2023 ވަނަ އަހަރު މަރާމާތުކޮށް ބެލެހެއްޓުން

މި ރަށު ގޯޅިމަގުތަކުގައި ޖަހާފައިވާ ހޮޅިބުރި ތަކާއި ބަނދަރު ބައްތިތައް 2023 ވަނަ އަހަރު މަރާމާތުކޮށް ބެލެހެއްޓުން

މި ރަށު އެކިއެކި ގޯޅިމަގުތަކުގައި ޖަހާފައިވާ ހޮޅިބުރިތަކާއި ބަނދަރު ބައްތިތައް ކޮންޓްރެކްޓް އުސޫލުން 2023 ވަނަ އަހަރު މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު: (IUL)253/253/2022/94 އިއުލާނާ ގުޅިގެން އެއްވެސްފަރާތަކުން މައުލޫމާތު ސާފުކުރުމަށް ވަޑައިގެންފައި ނުވާތީ، އަލުން އިޢުލާން ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، މި އިދާރާއިން ތަކެތިދީގެން މި މަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2023 މާރިޗު 19 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2023 މާރިޗު 21 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބުހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު، ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލްނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

16 ޝައުބާން 1444

8 މާރިޗު 2023

08 މާރިޗު 2023